Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރާއިލް-ފަލަސްތިން

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

ރިޕޯޓުތައް ބުނާގޮތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ބައިވެރިވި މީހުންގެ އަދަދު އުޅެނީ 700 އާއި 2000 ދެމެދު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 18 އެޕްރީލު 2017 | އަންގާރަ 14:38
މަރްވާން ބަރްގޫތީގެ މައްޗަށް ހިންގި ޝަރީއަތެއްގެ ތެރެއިން

މަރްވާން ބަރްގޫތީގެ މައްޗަށް ހިންގި ޝަރީއަތެއްގެ ތެރެއިން

އިޒްރާއިލްގެ ޖަލުތަކުގައި ތިބި އެތައް ސަތޭކަ ފަލަސްތީނު ރައްޔިތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ހޯމަ ދުވަހު ފަށާފައިވާއިރު މިހަފްތާގެ ހޯމަ ދުވަހަކީ ފަލަސްތީނުގައި، ފަލަސްތީނަށް ނިސްބަތްވާ ސިޔާސީ ކުއްވެރިން ދޫކޮށްލުމަށް އެދި ގޮވާލާ ފާހަނގަކުރާ ހާއްސަ ދުވަހެއް ވެސް މެއެވެ. ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ގައިދީން ގޮވާލަމުންދަނީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށެވެ. އޭގެ ތެރޭގައި ރަނގަޅު ބޭސްފަރުވާ ލިބުން ހިމެނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ބައިވެރިވާ މީހުންގެ އަދަދު އުޅެނީ 700 އާއި 2,000 ދެމެދުގައެވެ.

އިޒްރާއިލްގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެށި ސަބަބަކީ އިޒްރާއިލްގެ ޖަލެއްގައި ހުރި މަރްވާން ބަރްގޫތީ އެކަމަށް ގޮވާލުމުންނެވެ. ބަރްގޫތީއަކީ މީހަކު ގަސްތުގައި މަރާލަން އުޅުނު ކަމުގެ ދައުވާތަކުގައި 40 އަހަރު ޖަލުގައި ހޭދަކުރަން ޖެހިފައިވާ މީހެކެވެ. ބަރްގޫތީ ޖަލުގައި ހުއްޓަސް އޭނާގެ މަގުބޫލުކަން އަދިވެސް ބޮޑުއިރު، އަދިވެސް ފަަލަސްތީނުގެ ފަތަހް ޕާޓީގައި އޭނާއަކީ ލީޑަރެއްގެ ދަރަޖައިގައި ހުރި މީހެކެވެ.

ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް މިފެށީ، 1967 ވަނަ އަހަރު އިޒްރޭލާއި އަރަބީންނާ ދެމެދު ހިނގި 6 ދުވަހުގެ ހަނގުރާމައަށް 50 އަހަރު ފުރުމާ ގާތްވަމުންދާ ދުވަސްވަރެއްގައި ކަން ފާހަނގަކޮށްލެވެއެވެ. ފަލަސްތީނުގެ ބިންތައް އިޒްރޭލުން އިސްތިއުމާރު ކުރަން ފަށާފައިވަނީ ހަނގުރާމައިގެ ފަހުންނެވެ. އެކި އެކި ކުށްތަކުގައި 6,500 ފަލަސްތިނު ރައްޔިތުން އިޒްރޭލު ޖަލުތަކުގައި ތިބިއިރު އޭގެތެރޭގައި 300 ކުޑަކުދިން ވެސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު