Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރުކޮރެއާ

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

ވައިޓްހައުސްގެ އޮފިޝަލަކު ވިދާޅުވެފައިވަނީ މި ޓެސްޓްގެ މައުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އަރުވާފައިވާކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2017 | އާދީއްތަ 09:01
ލީޑަރު ކިމް ޖޮން އުން ބެލަސްޓިކް މިސައިލެއް ފޮނުވާލާ މަންޒަރު ބައްލަވަނީ

ލީޑަރު ކިމް ޖޮން އުން ބެލަސްޓިކް މިސައިލެއް ފޮނުވާލާ މަންޒަރު ބައްލަވަނީ

އުތުރު ކޮރެއާއިން ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި ކަމަށް އުތުރުކޮރެއާއިން ބުނެފިއެވެ.

މިއީ އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން އުރުރު ކޮރެއާއިން މިފަދަ މިސައިލެއް ފޮނުވާލި ފުރަތަމަ ފަހަރެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުން ވިދާޅުވީ މިސައިލް ފޮނުވާލާފައި ވަނީ ހޮނިހިރު ދުވަހު ޖީއެމްޓީ ގަޑިން 22:55ގައި ޖަޕާނު ކަނޑުން އިރުމައްޗަށްވާ ގޮތަށް 500 ވަރަކަށް ކިލޯ މީޓަރު ދުރަށެވެ.

ޕިޔޮންގްޔަންގއިން މިދިއަ އަހަރު ނިއުކްލިއަރ އެތައް ޓެސްޓްތަކެއް ކޮށްފައިވެއެވެ.

އުތުރުކޮރެއިން ތަކުރާރުކޮށް ނިއުކްލިއަރ ޓެސްޓް ކުރުމާ ގުޅިގެން ސަރަހައްދީ ގައުމުތަކުގެ ރުޅިވެރިކަންދަނީ ބޮޑުވަމުންނެވެ.

މި ޓެސްޓްގެ މައުލޫމާތު އެނގޭ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވި ކަމަށް ރޮއިޓާސްގައި ބުނެފައިވެއެވެ.

ވައިޓްހައުސްގެ އޮފިޝަލަކު ވިދާޅުވެފައިވަނީ މި ޓެސްޓްގެ މައުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އަރުވާފައިވާކަމަށެވެ.

ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝީޑީ ސޫގާ ވިދާޅުވީ މި ސައިލް ޖަޕާނުގެ އިހުތިސާސްގެ ތެރޭ ހިމެނޭ ކަނޑުގެ ސަރަހައްދަށް ފޯރާފައި ނުވާކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އުތުރު ކޮރެއާގެ މި ހަމަލާއާ ދެކޮޅަށް ޖަޕާނުން ވަރުގަދަ އިހުތިޖާޖެއް ކުރާނެ ކަމަށެވެ.

އުތުރު ކޮރެއާއިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު