Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ ހަނގުރާމަ

ސީރިޔާ ހަނގުރާމައިގައި ހޮސްޕިޓަލްތަކަށް ހަމަލާތައް ދަނީ އަމާޒުވަމުން: އެހީދޭ ފަރާތްތައް

ހަނގުރާމަވެރިންގެ އަތްދަށުގައިވާ 10 ހޮސްޕިޓަލަކަށް ފާއިތުވެދިޔަ 10 ދުވަސްތެރޭ ސީދާ ވައިގެ ހަމަލާ ދީފައިވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 6 ޖެނުއަރީ 2018 | ހޮނިހިރު 17:05
ސީރިޔާ ހަނގުރާމައިގައި ބިމާ ހަމަވެފައިވާ އިމާރާތެއް

ސީރިޔާ ހަނގުރާމައިގައި ބިމާ ހަމަވެފައިވާ އިމާރާތެއް

ސީރިޔާގެ ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަހައްދުތަކުގައިވާ ހޮސްޕިޓަލްތަކަށް ވައިގެ ހަމަލާތައް ދީފައިވާ ކަމަށް އެހީދޭ ފަރާތްތަކުން ބުނެފިއެވެ.

އެގޮތުން ހަނގުރާމަވެރިންގެ އަތްދަށުގައިވާ 10 ހޮސްޕިޓަލަކަށް ފާއިތުވެދިޔަ 10 ދުވަސްތެރޭ ސީދާ ވައިގެ ހަމަލާ ދީފައިވާ ކަމަށް އެހީދޭ ފަރާތްތަކުން ބުނާއިރު ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ސީރިޔާ ސަރުކާރާއި އަދި ސަރުކާރަށް ވާގިވެރިވާ ރަޝިއާ އިން ވަނީ ތަކުރާރުކޮށް އާންމުން އުޅޭ ތަންތަނަށް ހަމަލާ ނުދޭ ކަމަށް ބުނެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި ހަމަލާ އަމާޒުވި ސިއްހީ ތަންތަނުގެ ތެރޭގައި އިދްލީބް ޕްރޮވިންސްގެ ހޮސްޕިޓަލެއް ހިމެނޭ ކަމަށާއި އެ ހޮސްޕިޓަލަކީ ހަތަރު ދުވަސްތެރޭ ތިން ފަހަރު ވައިގެ ހަމަލާ އަމާޒުވެފައިވާ ތަނެއް ކަމަށެވެ.

އަދި ބުދަ ދުވަހު ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި ފަސް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަރަބި ރަބީއުގެ ކޮޅިގަނޑުގެ ތެރެއިން ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށިފައިވަނީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ. އދ އިން މަނާކޮށްފައިވާ ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ދެވުނު އެތައް ހަމަލާތަކެއްގެ ޝިކާރައަކަށް ވެސް އެގައުމުގެ ރައްޔިތުން ވެގެން ގޮސްފައިވެއެވެ. ސީރިޔާގެ ހަނގުރާމައިގެ ތެރޭގައި ހަތިޔާރު ގެންގުޅެމުންދާ އެތައް ޕާޓީތަކެއް އޮތްއިރު ބައެއް ހަމަލާތައް ދެނީ ކޮންބައެއްކަން ނޭނގިވެސް އެތައް ހަމަލާތަކެއް ދެވިފައި އެބަހުއްޓެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
07 ފެބުރުއަރީ 2017

ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

07 ފެބުރުއަރީ 2017
ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު