Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނުގެ ހަމަނުޖެހުން

އީރާނުގައި އާދީއްތަ ދުވަހުގެ ރޭ ކުރެވުނު މުޒާހަރާތަކުގައި 10 މަރު

1 ޖެނުއަރީ 2018 | ހޯމަ 13:54

ހޯމަ ދުވަހު އިރާނުގެ ރައީސް ހަސަން ރޫހާނީ މުޒާހަރާތަކާ ބެހޭގޮތުން ވިދާޅުވީ މުޒާހަރާތަކާއި ފާޑުކިޔުންތަކަކީ ލިބޭ ފަހި ފުރުސަތެއް ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 1 ޖެނުއަރީ 2018 | ހޯމަ 13:54
އިރާނުގައި ކުރެވެމުންދާ މުޒާހަރާތަކުގެ ތެރެއިން

އިރާނުގައި ކުރެވެމުންދާ މުޒާހަރާތަކުގެ ތެރެއިން

އީރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރެވެމުންދާ މުޒާހަރާތަކުގައި، އާދިއްތަ ދުވަހުގެ ރޭ 10 މީހުން މަރުވެއްޖެ ކަމަށް ދައުލަތުގެ ޓީވީ އިން ބުނެފިއެވެ.

އީރާނުގެ ދައުލަތުގެ ޓީވީ އިން ބުނީ އީރާނުގެ އެކި ސިޓީތަކުގައި އާދީއްތަ ދުވަހުގެރޭ ކުރެވުނު މުޒާހަރާތަކުގައި ޖުމްލަ 10 މީހުން މަރުވެފައިވާ ކަމަށާއި، އަދި މިދިޔަ ބުރާސްފަތި ދުވަހު މުޒާހަރާތައް ފެށުނު ފަހުން މަދުވެގެން 12 މީހުން މަރުވެފައިވާ ކަމަށެވެ.

ހޯމަ ދުވަހު އީރާނުގެ ރައީސް ހަސަން ރޫހާނީ މުޒާހަރާތަކާ ބެހޭގޮތުން ވިދާޅުވީ، މުޒާހަރާތަކާއި ފާޑުކިޔުންތަކަކީ ލިބޭ ފަހި ފުރުސަތެއް ކަމަށާއި އެއީ ބިރެއް ނޫން ކަމަށެވެ. ރޫހާނީ އިތުރަށް ވިދާޅުވީ ގައުމަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރަން ގައުމުގެ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އިރާނުގެ ރައީސް ރޫހާނީ ކުރިން ވިދާޅުވެފައިވަނީ ގައުމުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއެކު މުޒާހަރާ ކުރުމުގެ މިނިވަންކަން އެބައޮތް ކަމަށެވެ.

އާދީއްތަ ދުވަހުގެ ރޭ ކުރެވުނު މުޒާހަރާތައް ހުއްޓުވުމަށް ފުލުހުންވަނީ ކަރުނަ ގޭހާއި އަދި ޕްރެޝަރގައި ފެން ޖަހާ އުޅަނދުތައްވެސް ބޭނުންކޮށްފައެވެ.

މުޒާހަރާތަކާ ގުޅިގެން އިރާނުގެ އެކި ސިޓީތަކުން 400 އެއްހާ މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބުރާސްފަތި ދުވަހު ކުރަން ފެށި މުޒާހަރާތައް ކުރަން ފަށާފައި ވަނީ ގައުމުގެ ކޮރަޕްޝަނުގެ ހާލަތާ ގުޅިގެންނާއި އަދި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުންނެވެ.

ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވުމުގެ މައްސަލައިގައި ފެށި މުޒާހަރާތަށް ފުޅާވެ، ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފައިވާއިރު، މުޒާހަރާގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން ރައީސް ހަސަން ރޫހާނީގެ އިސްތިއުފާ އަށް ވެސް ދަނީ ގޮވަމުންނެވެ. މީގެ އިތުރުން ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި، ފުލުހުންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އީރާނުގެ ސަރުކާރުން ކުރަން ނުޖެހޭ ޚަރަދުތައް ކުރަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

01 އޯގަސްޓު 2017

މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި

01 އޯގަސްޓު 2017
މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި
23 ޖުލައި 2017

ދެދުވަހުގެ ދަތުރުފުޅެއްގައި އުރުދުޣާން ގަލްފަށް

23 ޖުލައި 2017
ދެދުވަހުގެ ދަތުރުފުޅެއްގައި އުރުދުޣާން ގަލްފަށް
17 ޖުލައި 2017

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލައިފި

17 ޖުލައި 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލައިފި
11 ޖުލައި 2017

ހިއުމަން ރައިޓްސް އެކްޓިވިސްޓް ނަބީލް ރަޖަބަށް ދެއަހަރު ދުވަހުގެ ޖަލު ހުކުމެއް!

11 ޖުލައި 2017
ހިއުމަން ރައިޓްސް އެކްޓިވިސްޓް ނަބީލް ރަޖަބަށް ދެއަހަރު ދުވަހުގެ ޖަލު ހުކުމެއް!
22 މެއި 2017

އުތުރުކޮރެއާއިން އާދީއްތަ ދުވަހު ޓެސްޓްކުރީ ބެލިސްޓިކް މިސައިލެއްކަން ކަށަވަރުކޮށްދީފި

22 މެއި 2017
އުތުރުކޮރެއާއިން އާދީއްތަ ދުވަހު ޓެސްޓްކުރީ ބެލިސްޓިކް މިސައިލެއްކަން ކަށަވަރުކޮށްދީފި
29 މާރިޗު 2017

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

29 މާރިޗު 2017
އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް