Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރުކޮރެއާގެ މިސައިލް ޕްރޮގް

އުތުރުކޮރެއާއިން އާދީއްތަ ދުވަހު ޓެސްޓްކުރީ ބެލިސްޓިކް މިސައިލެއްކަން ކަށަވަރުކޮށްދީފި

މިސައިލް ދަތުރުކޮށްފައިވަނީ ޖަޕާނު ކަނޑާ ދިމާލަށް 560 ކިލޯ މީޓަރަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 22 މެއި 2017 | ހޯމަ 10:38
މިސައިލް ލޯންޗްކުރުން އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްލަވާފައިވޭ

މިސައިލް ލޯންޗްކުރުން އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްލަވާފައިވޭ

އުތުރު ކޮރެއާއިން އާދީއްތަ ދުވަހު މެދުރާސްތާގެ އިތުރު ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފިކަމަށް އެ ގައުމުން ކަށަވަރުކޮށްދީފިއެވެ.

އެ ގައުމުގެ ދައުލަތުގެ ނޫސްއިދާރާ ކޭސީއެންއޭއިން ބުނީ އެ ހަތިޔާރު މިހާރު ހުރީ އަސްކަރީ ބޭނުމަށް ބޭނުން ކޮށްލުމަށް ތައްޔާރުގައި ކަމަށެވެ.

ވައިޓް ހައުސްއިން ބުނީ މި ޓެސްޓަކީ އުތުރު ކޮރެއާއިން އެންމެ ފަހުން ފޮނުވާލި ތިން މިސައިލާ ބަލާއިރު ދަތުރުކުރާ ދުރުމިން ކުރު މިސައިލެއް ކަމަށެވެ.

އުތުރު ކޮރެއާއިން ވަނީ މިދިޔަ ހަފްތާގައިވެސް މިސައިލް ޓެސްޓެއް ކޮށްފައެވެ.

އެ ގައުމުން ބުނާ ގޮތުގައި އެ ދުވަހު ޓެސްޓްކޮށްފައިވަނީ ބޮޑެތި ނިއުކްލިއަރ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ އާ ވައްތަރެއްގެ ރޮކެޓެއްކަމަށެވެ.

މިދިއަ ހޯމަ ދުވަހު އދގެ ސަލާމަތީ މަޖިލީހުން ވަނީ އެފަދަ އިތުރު ޓެސްޓްތައް ނުކުރުމަށް އަނެއްކާވެސް ގޮވާލާފައެވެ.

މީގެ އިތުރުން އެ ކައުންސިލުންވަނީ އުތުރު ކޮރާއިން ވަގުތުން ވަގުތައް އިޚުލާސްތެރިކަން ދައްކައި ހަރުދަނާ ފިޔަވަޅުތަކަކާއެކު ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

އެ ކައުންސިލުން ވަނީ އަންގާރަ ދުވަހު ސިއްރު ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށްފައެވެ. މި ބައްދަލުވުން ބޭއްވުމަށް އެދިފައިވަނީ އެމެރިކާއާއި ދެކުނުކޮރެއާއާއި ޖަޕާނުންނެވެ.

އާދީއްތަ ދުވަހު ފޮނުވާލި ޕުކޫސޮންގ-2 މިސައިލް ލޯންޗްކުރުން އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްލަވާފައިވާކަމަށާއި މި މިސައިލް، ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ހަތިޔާރުގެ ތެރޭ ހިމެނުމަށް ހުއްދަ ދެއްވާފައިވާކަމަށް ކޭސީއެންއޭއިން ރިޕޯޓްކޮށްފައިވެއެވެ.

ދެކުނުކޮރެއާގެ ފޮރިން މިނިސްޓްރީއިން ކުރިން ބުނީ މި ޓެސްޓަކީ ޒިންމާދާރުކަމެއް ނެތް ނުރައްކާތެރި ޓެސްޓެއްކަމަށެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ސިފަކުރެއްވިގޮތުގައި އެއީ "މާޔޫސްކުރުވައި" އަދި "އުނދަގޫވާ" ކަމެކެވެ.

އެންމެ ފަހުން ފޮނުވާލި މިސައިލް ދަތުރުކޮށްފައިވަނީ ޖަޕާނު ކަނޑާ ދިމާލަށް 560 ކިލޯ މީޓަރަށް ކަމަށް ކޮރެއާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ވިދާޅުވިއެވެ.

މިދިއަ ހަފްތާގައި ފޮނުވާލި މިސައިލް 700 ކިލޯ މީޓަރަށް ދަތުރުކޮށްފައިވެއެވެ.

ޖަޕާނީސް ނިއުސް އޭޖެންސީން ބުނީ އެ މިސައިލް ވެއްޓުމުގެ ފުރުސަތު ބޮޑީ ޖަޕާން ކަނޑުގެ ބޭރު ސަރަހައްދަށް ކަމަށެވެ.

ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޯޝީޑީ ސޫގާ ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ އުތުރު ކޮރެއާއާ ދެކޮޅަށް އިހުތިޖާޖެއް ރޭވިފައިވާކަމަށެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި

29 އެޕްރީލު 2017
އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި
21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު