Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤަތަރުގެ މައްސަލަ

ދެދުވަހުގެ ދަތުރުފުޅެއްގައި އުރުދުޣާން ގަލްފަށް

ސައުދީ އަރަބިއާ އާއި ޤަތަރުގެ އިތުރުން ކުވައިތަށް ވަޑައިގަންނަވާނެ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 23 ޖުލައި 2017 | އާދީއްތަ 04:12
ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން، ގަލްފުގެ ބައެއް ޤައުމުތަކަށް ކުރައްވާ ދެދުވަހުގެ ދަތުފުޅެއް ފައްޓަވައިފިއެވެ.

މި ދަތުރުފުޅުގައި ސައުދީ އަރަބިއާ އާއި ޤަތަރުގެ އިތުރުން ކުވައިތަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

އުރުދުޣާންގެ އޮފީހުން އިޢުލާނު ކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި އުރުދުޣާން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ކުވެއިތަށެވެ. ސައުދީ ކޯލިޝަނާއި ޤަތަރާ ދެމެދު އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް، މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ކުވެއިތާ އެކު، އެ މަސައްކަތް ހަލުވިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން އުރުދުޣާން މަޝްވަރާ ކުރައްވާނެއެވެ.

ކުވެއިތަށް ފަހު އުރުދުޣާން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ސައުދީ އަރަބިއާއަށެވެ. އުރުދުޣާންގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައި ވަނީ ޤަތަރުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ގަލްފުގެ މައްސަލައަށް އަވަސް ހައްލެއް ހޯދިދާނެ ގޮތްތަކާ ގުޅޭ ގޮތުން ސައުދީ ރަސްގެފަނާއި ޤަތަރުގެ އަމީރާ އެކު އުރުދުޣާން މަޝްވަރާ ކުރައްވާނެއެވެ.

ފަހުގެ ތާރީހެއްގައި އުފެދިފައި ނުވާވަރުގެ މައްސަލަތަކެއް ގަލްފުގައި އުފެދިފައިވަނީ، ޤަތަރުން ޓެރަރިޒަމަށް ވާގިވެރިވާކަމަށްބުނެ، ސައުދީ އަރަބިއާ އާއި، ސައުދީ ރަސްކަމުގެ ނުފޫޒުއޮންނަ ބައެއް ޤައުމުތަކުން ޖޫން މަހުގެ ކުރީކޮޅު ޤަތަރާއި ގުޅުން ކަނޑާލުމާއި ގުޅިގެންނެވެ. ގުޅުން ކަނޑާލުމަށް ފަހު ސައުދީ ކޯލިޝަނުން ވަނީ ޤަތަރާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލެއްގެ ގޮތުން ސައުދީ ކޯލިޝަނުން ޤަތަރަށް ކަންތައްތަކެއް ހުށަހަޅާފައިވާއިރު، އޭގެތެރޭގައި ތުރުކީން ޤަތަރުގައި ބިނާކުރަމުންދާ އަސްކަރީ ބޭސްގެ މަސައްކަތް ހުއްޓައިލުން ވެސް ހިމެނެއެވެ.

ބެލެވޭ ގޮތުގައި ރައީސް އުރުދުޣާންގެ ދަތުރުފުޅުގައި މި ބޭސްއާ ގުޅޭ ގޮތުން ސައުދީ އާއި މަޝްވަރާ ކުރައްވާނެއެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2018

ދެދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޓްރަމްޕް އިނގިރޭސި ވިލާތައް ވަޑައިގެންފި

12 ޖުލައި 2018
ދެދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޓްރަމްޕް އިނގިރޭސި ވިލާތައް ވަޑައިގެންފި
19 ޖޫން 2018

އުތުރު ކޮރެއާގެ ލީޑަރު ދެ ދުވަހުގެ ދަތުރުފުޅެއްގައި ޗައިނާ އަށް ވަޑައިގެންފި

19 ޖޫން 2018
އުތުރު ކޮރެއާގެ ލީޑަރު ދެ ދުވަހުގެ ދަތުރުފުޅެއްގައި ޗައިނާ އަށް ވަޑައިގެންފި
11 ޖޫން 2018

މިސްކިތްތައް ބަންދުކުރުމަކީ ހަނގުރާމައެއް ފެށިދާނެ ކަމެއް: އުރުދުޣާން

11 ޖޫން 2018
މިސްކިތްތައް ބަންދުކުރުމަކީ ހަނގުރާމައެއް ފެށިދާނެ ކަމެއް: އުރުދުޣާން
19 މެއި 2018

މުސްލިމު ގައުމުތައް ގުޅިގެން އިސްރާއީލާ ދެކޮޅަށް ނިކުންނަން ޖެހޭ: އުރުދުޣާން

19 މެއި 2018
މުސްލިމު ގައުމުތައް ގުޅިގެން އިސްރާއީލާ ދެކޮޅަށް ނިކުންނަން ޖެހޭ: އުރުދުޣާން
17 މެއި 2018

އދގެ ބޭނުމެއް ނެތް: އުރުދުޣާން

17 މެއި 2018
އދގެ ބޭނުމެއް ނެތް: އުރުދުޣާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު