Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެޓަލޯނިއާ

ކެޓަލޯނިއާގެ ޤަނޫނު ހަދާ މަޖިލިސް އަނެއްކާ ވެސް ވަކިވެގަންނަން ބޭނުންވާ ޕާޓީތަކަށް

ވަކިވެގަންނަން ބޭނުންވާ ޕާޓީތަކުން 70 އަށް ވުރެ ގިނަ ގޮނޑި ވަނީ ކާމިޔާބުކޮށްފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2017 | ހުކުރު 05:24
ކެޓަލޯނިއާގެ ފުރިހަމަ މިނިވަންކަމަށް ކުރާ މަސައްކަތް އަނެއްކާ ވެސް ފެށޭނެ ކަމަށް ބެލެވޭ

ކެޓަލޯނިއާގެ ފުރިހަމަ މިނިވަންކަމަށް ކުރާ މަސައްކަތް އަނެއްކާ ވެސް ފެށޭނެ ކަމަށް ބެލެވޭ

ސްޕެއިންގެ ކެޓަލޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު، އެސަރަހައްދުގެ މިނިވަންކަމަށް މަސައްކަތްކުރާ ޕާޓީތަކުން އަނެއްކާވެސް ކާމިޔާބުކޮށްފިއެވެ.

ކެޓަލޯނިއާގެ ސަރަހައްދީ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބާއްވާފައި މިވަނީ އެސަރަހައްދުގެ މިނިވަންކަން އިއުލާންކުރި މައްސަލައިގައި ސްޕެއިންގެ މައި ސަރުކާރުން ކެޓަލޯނިއާގެ ސަރަހައްދީ ޤާނޫނު ހަދާ މަޖިލިސް އުވާލުމާ ގުޅިގެންނެވެ. ކެޓަލޯނިއާގެ ސަރަހައްދީ ޤާނޫނު ހަދާ މަޖިލީހުން ސްޕެއިންގެ މައި ސަރުކާރުން ވަކިވެ، އޮކްޓޯބަރު 27 ވަނަ ދުވަހު މިނިވަންކަން އިއުލާންކުރުމާ އެކު، ސްޕެއިންގެ މައި ސަރުކާރުން ވަނީ އެސަރަހައްދަށް ދީފައިވާ ސަރަހައްދީ މިނިވަންކަން ނިގުޅައިގަނެ، ޤާނޫނު ހަދާ މަޖިލިސް އުވާލައި، ޑިސެމްބަރު 21 ގައި އިންތިޚާބު ބާއްވަން އިއުލާންކޮށްފައެވެ.

ސަތޭކަ ތިރީސް ފަސް ގޮނޑި ހިމެނޭ ކެޓަލޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ 70 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ޕާޓީތަކުންނެވެ. އެޕާޓީތަކަކީ ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުއިޖެމޮންޓްގެ ޓުގެދަރ ފޮރ ކެޓަލޯނިއާ ޕާޓީ، ޕުއިޖެމޮންޓްގެ ކުރީގެ ނައިބު އުރިއަލް ޖުންކެރާސްގެ ޕާޓީ ރިޕަބްލިކަން ލެފްޓް އޮފް ކެޓަލޯނިއާގެ އިތުރުން ޕޮޕިއުލަރ ޔުނިޓީ ޕާޓީއެވެ. މިޕާޓީތަކުން މެޖޯރިޓީ ނެގި ނަމަވެސް، ކެޓަލޯނިއާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ސިޓިޒަންސް ޕާޓީއަށް 37 ގޮނޑި ލިބިފައިވާތީ އެޕާޓީއަށް ވެސް ނެގޯޝިއޭޓިންގ ޕަވަރ ލިބެއެވެ. ސިޓިޒަންސް ޕާޓީއަކީ އެހެން ޕާޓީތަކާއި ޚިލާފަށް ކެޓަލޯނިއާ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ސަރަހައްދީ މިނިވަންކަން ލިބިގެންވާ ސްޕެއިންގެ ބައެއްގެ ގޮތުގައި އޮތުމަށް ތާޢީދުކުރާ ޕާޓީއެކެވެ.

ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުއިޖެމޮންޓް

މި އިންތިޚާބުގައި ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޯއީގެ ޕޮޕިއުލަރ ޕާޓީއަށް ލިބިފައި ވަނީ އެންމެ ތިން ގޮނޑިއެވެ. އުވާލެވުނު މަޖިލީހުގައި އެޕާޓީގެ 11 މެމްބަރުން ތިއްބެވިއެވެ.

ކެޓަލޯނިއާގެ މިނިވަން ކަމަށް ކުރެވުނު މަސައްކަތާ ދެކޮޅަށް ސްޕެއިންގެ މައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން މައި ސަރުކާރާ މެދު އެސަރަހައްދުގެ ރައްޔިތުންގެ ހިތުގައި އޮތް ރުޅިވެރިކަން ވަނީ އިތުރުވެފައެވެ. އަދި އިންތިޚާބުގެ ނަތީޖާ ނިކުތް ގޮތުން މިނިވަން ކަމަށް ކުރެވޭ މަސައްކަތް އަނެއްކާ ވެސް ފަށާނެ ކަމަށް ބައެއް މުހައްލިލުން ލަފާކުރެއެވެ.

އިންތިޚާބުގެ ނަތީޖާއާ ބެހޭ ގޮތުން ސްޕެއިންގެ މައި ސަރުކާރުން އަދި ވާހަކަ ދައްކާފައެއް ނުވެއެވެ. އަދި ވިލާތުގެ އިއްތިޙާދުން ބުނެފައި ވަނީ ކެޓަލޯނިއާގެ މައްސަލައަކީ ސްޕެއިންގެ ދާޚިލީ މައްސަލައެއް ކަމަށާއި، އެމައްސަލައިގައި އީޔޫ އިން ބުނާނެ ވާހަކައެއް ނެތް ކަމަށެވެ.

ވަކިވެގަތުމަށް މަސައްކަތްކުރާ ޕާޓީތަކުން އިންތިޚާބު ކާމިޔާބުކުރި ނަމަވެސް، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ކާލްސް ޕުއިޖެމޮންޓް ހުންނެވީ އަމިއްލައަށް އަރުވާލެވިގެން ބެލްޖިއަމްގައެވެ. އަދި އޭނާގެ ނައިބު އުރިއަލް ޖުންކެރާސް ހުންނެވީ ސްޕެއިންގެ މައި ސަރުކާރުން ޖަލުގައި ބަންދުކޮށްފައެވެ.

ކެޓަލޯނިއާއަކީ ސްޕެއިންގެ އާބާދީގެ 16 އިންސައްތަ ދިރިއުޅެމުންދާ ސަރަހައްދެވެ. މިސަރަހައްދަކީ ސްޕެއިންގެ އެހެން ސަރަހައްދުތަކާއި ތަފާތު ސަޤާފަތަކާއި އާދަކާދަތަކެއް ލިބިގެންވާ ސަރަހައްދެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު