Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިލިޕީންސް

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

ބިލް ގާނޫނަކަށް ވާނީ ސެނޭޓުން ގޮތެއް ނިންމައި ރައީސް ތަސްދީގުކުރެއްވުމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 8 މާރިޗު 2017 | ބުދަ 11:58
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލިސް

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލިސް

ފިލިޕީންސްގައި އަލުން މަރުގެ ހުކުމް ތަންފީޒުކުރަން އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ފާސްކޮށްފިއެވެ.

ގާނޫނު ހަދާ މަޖިލީހުން މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމީ ސީރިއަސް، މަސްތުވާތަކެއްޗާ ބެހޭ ކުށްތަކަށެވެ. މަރުގެ ހުކުމް އިއްވާ މީހުންގެ ހުކުމް ތަންފީޒު ކުރުމަށާއި އަދި ކުށުގެ ބާވަތުން އުމުރަށް ޖަލަށްލުމުގެ ހުކުމް އިއްވުމަށް މަގުފަހިވާ ގޮތަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ސަރުކާރުން ހުށަހެޅި ބިލާ މެދު ތިން ފަހަރެއްގެ މަތިން ބަހުސްކުރުމަށް ފަހު ބިލަށް ވޯޓަށް އެހުމުން ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ 216 މެމްބަރަކު ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓުދެއްވައިފައި ވެއެވެ. އަދި ބިލު ފާސްކުރަން ނުފެންނަ ކަމަށް 54 މެމްބަރަކު ވޯޓު ދެއްވިއެވެ. ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަނީ އެންމެ މެމްބަރެކެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ބޮޑު އަގުލަބިއްޔަތަކުން ބިލު ފާސްކުރުމުން އަދި ގާނޫނަކަށް ވެގެން ނުދާނެއެވެ. ފާސްކުރި ބިލް ދެން ހުށަހެޅޭނީ ސެނޭޓްގެ ބަހުސަށެވެ. ބިލް ގާނޫނަކަށްވާނީ ރައީސް ޑުޓަރޓޭ ތަސްދީގު ކުރެއްވުމުންނެވެ.

ރައީސް ޑުޓާޓޭ މީގެ އަށް މަހެއްހާ ދުވަސް ކުރިން ވެރިކަމަށް ވަޑައިގެންނެވި ފަހުން މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ލާއިންސާނީ ގޮތެއްގައި އެތައް ބަޔަކު މަރަމުންދާ ކަމުގެ ތުހުމަތުތައް ވަނީ އިތުރުވެފައެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ
20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު