Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގެ ހެލްތްކެއަރ ބިލް

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

ބިލް އަނބުރާ ގެންދެވުމަކީ ރައީސް ޓްރަމްގެ ބޮޑު ނާކާމިޔާބެއްގެ ގޮތުގައި ވަނީ ސިފަކޮށްފައި

ރާއްޖެ އެމްވީ | 25 މާރިޗު 2017 | ހޮނިހިރު 18:56
ރައީސް ޓަރަމްޕް ހެލްތްކެއަރ ބިލް އަނބުރާ ގެންދެވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ރައީސް ޓަރަމްޕް ހެލްތްކެއަރ ބިލް އަނބުރާ ގެންދެވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

އެމެރިކާގެ ހައުސް އޮފް ކޮންގްރެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ކޮންޓްރޯލް ކުރަމުން ދަނިކޮށް ރައީސް ޓްރަޕް ހުށަހެޅުއްވި ހެލްތް ކެއަރ ބިލަށް ބޮޑު ނާކާމިޔަބާ ކުރިމަތިލާން ޖެހިއްޖެއެވެ.

ބިލް ފާސްވާ ވަރަށް ވޯޓު ލިބޭނެ ކަމަށް ނުފެންނާތީ އެންމެ ފަހު ވަގުތު ރައީސް ޓްރަމްޕް އަންގަވައިގެން ހުކުރު ދުވަހު ބިލް ވަނީ އަނބުރާ ގެންގޮސްފައެވެ.

ބިލް އަނބުރާ ގެންދެވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ ޑިމޮކްރަޓިކް ޕާޓީގެ އެންމެ ވޯޓެއްވެސް ބިލަށް ނުލިބުނު ކަމަށާއި އެހެން ކަމުން ބިލު އަނބުރާ ގެންދެވީ ކަމަށެވެ.

ފަހު ވަގުތު ބިލް އަނބުރާ ގެންދެވުމުން ރައީސް ޓްރަމްޕަށް ކުރިމަތިވެވަޑައިގަތީ ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.

އެމެރިކާގައި މިހާރު އަމަލު ކުރެވެމުންދާ ސިއްހީ އިންޝުއަރެންސް ނިޒާމު ކަމުގައިވާ "އޮބާމާކެއަރ" އުވާލެއްވުން އެއީ ރައީސް ޓްރަމްޕްގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ.

ބިލު އަނބުރާ ގެންދިއުމާ ގުޅޭ ގޮތުން ގާނޫނޫ ހަދާ މަޖިލީހުގެ ރައީސް ރިޕަބްލިކަން ޕާޓީގެ ޕައުލް ރަޔަން ވިދާޅުވީ، ބިލު އަނބުރާ ގެންދެވީ ރައީސް ޓްރަމްޕް އެދިވަޑައިގަތުމުން ކަމަށާއި، ބިލް ފާސްވުމަށް ރިޕަބްލިކަން މެމްބަރުންގެ ފަރާތުން ބޭނުންވާ 215 ވޯޓު ހަމަވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެމެރިކާގެ ސެނެޓާއި ހައުސް އޮފް ރިޕްރެސެންޓެޓިވްސްގެ މެޖޯރިޓީ އޮންނަނީވެސް ރިޕަބްލިކަން ޕާޓީއަށެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ތެރޭގައިވެސް ރައީސް ޓްރަމްޕް ހުށަހެޅުއްވި އެމެރިކަން ހެލްތްކެއަރ އެކްޓަށް ތާއީދު ނުކުރައްވާ 28 އާ 35 އާ ދެމެދުގެ އަދަދެއްގެ މެމްބަރުން އެބަތިއްބެވިއެވެ.

އޮބާމާކެއަރ އުވާލެއްވުމަށް ރައީސް ޓްރަމްޕް ހުށަހެޅުއްވި އައު ބިލަށް އެމެރިކާގެ އާއްންމުގެ ތާއީދު ނެތް ކަމަށްވެސް ޚިޔާލު ހޯދުމުގެ ސާވޭ ތަކުން ދައްކައެވެ.

ބިލް ފާސްނުވުމަކީ ރައީސް ޓްރަމްޕް ވެރިކަމަށް ވަޑައިގެން ކުރިމަތި ލެއްވި ފުރަތަމަ ސިޔާސީ އިމްތިހާނުން ފޭލްވެވަޑައިގަތުން ކަމަށް މީޑިއާ ތަކުންވަނީ ސިފަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި

ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި

26 މާރިޗު 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު