Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިޤްތިސާދީ މާހިރުގެ ހިސާބުޖެއްސެވުން، ވާނުވާއެއް ނޭނގޭ!

ރައީސް ވިދާޅުވީ، އެހެން ސަރުކާރުތަކުގެ ދަރަނި ދެއްކުމަށް 13 ބިލިއަން ހަރަދުކުރިކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2017 | ހޯމަ 03:29
ޕީޕީއެމުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން

ޕީޕީއެމުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން

ރައީސް އަބްދުﷲ ޔާމީން އަކީ ވަރަށް ވެސް މޮޅު އިޤްތިސާދީ މާހިރެކެވެ. އެފަދަ ދެ ވަނައެއް ނުވާ ބޭފުޅެކެވެ. އެހެނީ ދެ އަހަރު ދުވަހުގެ ތެރޭގައި ދަރަނި ބޮޑު ބަޖެޓެއް އެއޮތީ، އަރަނި ބަޖެޓަކަށް ހައްދަވާފަވިއްޏާ އެވެ.

އައިހެވަން ޕްރޮޖެކްޓާއެކު އިހަވަންދިއްޕޮޅު އެޔޮއްތީ ތަރައްޤީވެކޮށް ނިންމާލާ، ބޮޑު ޓްރާންޝިޕްމެންޓް ބަނދަރެއްވެސް ޤާއިމްކޮށް ނިންމާލާފަ އެވެ. އަދިމިވަރުން އިޤްތިސާދީ މާހިރުގެ މޮޅު ވާހަކަ ދައްކާ ނިމުނީއެއް ނޫނެވެ.

އެސްއީޒެޑާއެކު މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެންނަނީ ބޮޑެތި އިންވެސްޓްމެންޓްތަކެވެ. އެއްލައްކައަށް ވުރެ ގިނަ ވަޒީފާ އުފައްދާ، މުޅި ޤައުމުގައި ގިނަވެގެން އުކަން އެއޮތީ ބޮޑެތި ވަޒީފާތަކެވެ. މިވަރުން އެމަނިކުފާނަކީ އިޤްތިސާދީ މާހިރެއްކަމާމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް އޮތް ކަމަކަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ކިޔެއްތަ، އެއްވެސް ރައްޔިތަކުވެސް އެކަމާއި ސުވާލު އުފައްދާނެ ޖާގައެއްވެސް ނެތެވެ.

އިޤްތިސާދީ މާހިރުގެ މޮޅެތި އެ ވާހަކަތައް އެއްފަރާތްކޮށްލުމަށް ފަހު، އެމަނިކުފާނުގެ ހިސާބު ޖެއްސެވުމަށް ޖެހިލާނަމެވެ. ވެރިކަމަށް 4 އަހަރު ވެގެންދިޔައިރު، ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ވިދާޅުވެ، ފިނޭންސް މިނިސްޓަރާއި، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް އެމަނިކުފާނު ވަނީ ތަފްސީލްކޮށްދެއްވާފަ އެވެ.

ޕީޕީއެމުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ދަރަނި އަރާނީ އެންމެ 14 ބިލިއަން ރުފިޔާއަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ ދަރަނި ބޮޑުވީ އެހެން ސަރުކާރުތަކުގެ ދަރަނި ދެއްކުމަށް މަސައްކަތް ކުރެއްވުމުން ކަމަށާއި، އެގޮތުމަތީން 13 ބިލިއަން ރުފިޔާ ހަރަދުކުރެއްވީ ދަރަނި ދެއްކުމަށް ކަމަށެވެ. އެހެނީ އެމްޑީޕީގެ ސަރުކާރުގެ ދަރަނި 29 ބިލިއަން ރުފިޔާއަށް އަރާތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ނަޝީދުގެ ސަރުކާރުގައި 13 ބިލިއަން ރުފިޔާގެ ދަރަނި ދެއްކުމަށް ފަހު، މި ސަރުކާރުން ދަރަނީގެ ގޮތުގައި ނަގާފައިވަނީ އެއް ބިލިއަން ރުފިޔާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ހަމައެއާއެކު އެ މަނިކުފާނު ވިދާޅުވީ މިހާރު ދައުލަތުގެ ޖުމްލަ ދަރަނި 43 ބިލިއަން ރުފިޔާގައި އުޅޭ ކަމަށެވެ.

"މި ސަރުކާރުން އުފެއްދި ދަރަންޏަކީ 14 ބިލިއަން، ކުރީގެ ސަރުކާރުގެ ނުކުޅެދުންތެރިކަމާ ހެދި ވާރުތަވެގެން އައި ދަރަނީގެ 13 ބިލިއަން ރުފިޔާ މި ސަރުކާރުން މި ވަނީ ދައްކާ ހަލާސްކޮށްފައި، އެހެންވީމަ އެއްގޮތަކުން ބަލާ ކަމަށް ވާނަމަ މި ސަރުކާރުގެ ޖުމުލަ ދަރަންޏަކީ އެއް ބިލިއަން ރުފިޔާ، އެހެން ބައެއްގެ ނުކުޅެދުންތެރިކަން އަޅުގަނޑުމެން ފިލުވާލަދީ އެކަން ކުރަން ނުޖެހުން ނަމަ އަޅުގަނޑުމެންގެ ދަރަނި އޮންނާނީ އެއް ބިލިއަން ރުފިޔާގައި،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން -- ފޮޓޯ: ރައީސް އޮފީސް

އަޅުގަނޑު ވިސްނަ ވިސްނާވެސް އެ މަނިކުފާނުގެ ހިސާބުޖެއްސެވުން ދިމާވާގޮތެއް ނުވި އެވެ. ފަހަރުގައި އިޤްތިސާދީ މޮޅު މާހިރެއްގެ ވިސްނުމާ އެއްވަރަށް އަޅުގަނޑުގެ ވިސްނުން މަސައްކަތް ނުކުރަނީކަމަށް ވެސް ވެދާނެ އެވެ.

ކޮންމެއަކަސް އެމަނިކުފާނު ވެސް ވިދާޅުވާގޮތުގައި ދައުލަތުގެ ޖުމްލަ ދަރަނި މިހާރު އުޅެނީ 43 ބިލިއަން ރުފިޔާގަ އެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު އެމްޑީޕީ ސަރުކާރުގެ 29 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ. އަދި އެ ދަރަނި ދެއްކުމަށް އެމަނިކުފާނު 14 ބިލިއަން ރުފިޔާ ނެންގެވުމަށް ފަހު، އޭގެ ތެރެއިން 13 ބިލިއަން ރުފިޔާގެ ދަރަނި ދައްކާ ހަލާސްކުރެއްވި އެވެ. އެހެން ކަމަށްވާނަމަ އަދިވެސް ދަރަނީގެ ގޮތުގައި 43 ބިލިއަން އޮންނަންވީ ކީއްވެ ހެއްޔެވެ؟

އެމްޑީޕީ ސަރުކާރުން ހޭވި ހަޑީގެ 29 ބިލިއަންގެ ތެރެއިން 13 ބިލިއަން ދެއްކެވި ނަމަ، ބާކީ އޮންނާނީ 16 ބިލިއަން ރުފިޔާ އެވެ. އެ 13 ބިލިއަން އެމަނިކުފާނު ދެއްކެވީ އެހެން ބަޔެއްގެ އަތުން ލޯނު ނަގައިގެންކަމުގައިވީ ނަމަވެސް އެޔަށް އިތުރުވާނީ އިންޓްރެސްޓްގެ ގޮތުގައި ނަގާ އަދަދެކެވެ.

މިސާލެއްގެ ގޮތުން އަޅުގަނޑު މީހެއްގެ އަތުން ނެގި ލޯނެއް ދެއްކުމަށް، އެހެން މީހެއްގެ އަތުން ލޯނެއް ނެގި ކަމުގައިވީ ނަމަވެސް އެޔަށް އިންޓްރެސްޓުގެ ގޮތުގައި ނަގާ އެއްޗެއް ފިޔަވައި އެހެން އެއްޗެއް ނާރާނެ އެވެ. އެހެން ނޫންތޯ؟

އެހެންކަމުގައިވާނަމަ 29 ބިލިއަންގެ ތެރެޔަށް އިތުރުވާ އިންޓްރެސްޓް ރޭޓާއެކުގައި، އެމަނިކުފާނު ތަރައްޤީގެ ޕްރޮޖެކްޓަށް ނެންގެވި އެއް ބިލިއަނާއެކު ދައުލަތުގެ ޖުމްލަ ދަރަނި އުޅެން ޖެހޭނީ އެންމެ ގިނަވެގެން ވެސް 32 ބިލިއަން ރުފިޔާގަ އެވެ.

ދަރަނީގެ އަދަދު އެ ވިދާޅުވާގޮތަށް ހިސާބު ޖެއްސެވުމަށް ފަހު 43 ބިލިއަން ރުފިޔާއަށް އަރާނަމަ، ކޮންމެވެސް މީހަކު ކޮންމެވެސް ހިސާބަކުން 11 ބިލިއަނެއްހާ ރުފިޔާ އެއޮތީ ގޮތެއް ހަދާފައި ނޫން ހެއްޔެވެ؟

ދެން އޮތީ އަނެއް ވާހަކައެވެ. އިޤްތިސާދީ މާހިރާ ފިނޭންސް މިނިސްޓަރުގެ ހިސާބުތައް ދައްކާގޮތުން އެހެން ސަރުކާރުތަކުގެ ދަރަނި އަދާކުރުމަށް މި ސަރުކާރުން ހަރަދުކުރީ، އެންމެ 4 ބިލިއަން ރުފިޔާ އެވެ. އިޤްތިސާދީ މާހިރު ވިދާޅުވާގޮތުން އެހެން ސަރުކާރުތަކުގެ ދަރަނި އަދާކުރުމަށް 13 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ.

މިހާ ހިސާބަށް ދިޔުމުން ހަމަ އެއީ ވަރުގަދަ އިޤްތިސާދީ މާހިރެކޭ ނުބުނެ ދޫކޮށްލެވޭނެ އެއް ގޮތެއްވެސް އެންނާނެ ހެއްޔެވެ. މިއީވާ ވަރުގަދަ އިޤްތިސާދީ މާހިރެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19: 1930 ގެ "ގްރޭޓް ޑިފްރެޝަނަށް" ފަހު އަންނަ އެންމެ ބޮޑު އިޤްތިސާދީ ކާރިސާ؟!

ކޮވިޑް-19: 1930 ގެ "ގްރޭޓް ޑިފްރެޝަނަށް" ފަހު އަންނަ އެންމެ ބޮޑު އިޤްތިސާދީ ކާރިސާ؟!

10 އެޕްރީލު 2020
ކޮންމެ ފިޔަވަޅެއް އަޅަނީ މޭގަނޑު އަތަށް ލައިގެން، ކައްސާލާނެ ވަގުތެއް ނޭނގޭ!

ކޮންމެ ފިޔަވަޅެއް އަޅަނީ މޭގަނޑު އަތަށް ލައިގެން، ކައްސާލާނެ ވަގުތެއް ނޭނގޭ!

11 ޖެނުއަރީ 2020
އަޑި ނޭނގޭ ކުޑަ ސޯބުތައް ގިނަވެ ބޮޑު ސޯބަށް ނުކުޅެދިފައި!

އަޑި ނޭނގޭ ކުޑަ ސޯބުތައް ގިނަވެ ބޮޑު ސޯބަށް ނުކުޅެދިފައި!

09 ނޮވެމްބަރު 2019
2018: އިޤްތިސާދީ ބޮޑު ބަދަލެއް ނުފެނުނު!

2018: އިޤްތިސާދީ ބޮޑު ބަދަލެއް ނުފެނުނު!

01 ޖެނުއަރީ 2019
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ 3 އަހަރު: އިންސާފް ވީތަނެއް ނޭނގޭ

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ 3 އަހަރު: އިންސާފް ވީތަނެއް ނޭނގޭ

28 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު