Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

ކޮވިޑް-19: 1930 ގެ "ގްރޭޓް ޑިފްރެޝަނަށް" ފަހު އަންނަ އެންމެ ބޮޑު އިޤްތިސާދީ ކާރިސާ؟!

ގްރޭޓް ޑިޕްރެޝަން އައީ 1929 އިން ފެށިގެން 1939 އަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2020 | ހުކުރު 10:25
ގްރޭޓް ޑިޕްރެޝަންގެ ސަބަބުން އެތައް ބަޔަކު ވަޒީފާ ގެއްލި، މުދާތައް މޯގޭޖްކޮށް ވިއްކަން ފެށި

ގްރޭޓް ޑިޕްރެޝަންގެ ސަބަބުން އެތައް ބަޔަކު ވަޒީފާ ގެއްލި، މުދާތައް މޯގޭޖްކޮށް ވިއްކަން ފެށި

ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރެމުންދާ ކޮވިޑް-19 މިވަނީ މުޅި ދުނިޔެވެސް "ހުއްޓުމަކަށް" ގެނެސްފައެވެ. މި ވައިރަސްގެ އަސަރު ހަމައެކަނި ކުރަނީ ވައިރަސް ޖެހޭ މީހާ ނުވަތަ ވައިރަސް ފެންނަ ޤައުމަކަށް އެކަންޏެއް ނޫނެވެ. ކޮވިޑް-19 ގެ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ދުނިޔޭގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުމަށް ކުރަމުންދާއިރު، އޭގެ ތެރެއިން އެއް ކަމަކީ އިޤްތިސާދީ ގޮތުން ކުރިމަތިވާ ފިއްތުންތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރެވެ. އެގޮތުން ކޮވިޑް-19 އަކީ 1930 ގައި ދުނިޔެ ދުއް އިޤްތިސާދީ "ބޮޑު ޑިޕްރެޝަން" އަށް ފަހު އަންނަ އެންމެ ބޮޑު އިޤްތިސާދީ ކާރިސާއަށް ވެދާނެ ކަމަށް މިހާރު މިވަނީ ބެލެވިފައެވެ.

ސިނާއީ ދުނިޔޭގައި ކުރިމަތިވި އިޤްތިސާދީ އެންމެ ބޮޑު ވެއްޓުންކަމަށް ބުނާ "ގްރޭޓް އިކޮނޮމިކް ޑިޕްރެޝަން" އަކީ 1929 އިން ފެށިގެން 1939 އަށް ދުނިޔޭގެ ހިއްސާގެ ބާޒާރަށް އަންނަމުން ދިޔަ ލޮޅުންތަކާ ގުޅިގެން ހިއްސާގެ ބާޒާރު މުޅިން އިނދަޖެހުނު ޙާލަތެކެވެ. އެގޮތުން އޭރު ވަޒީފާނެތުމުގެ ނިސްބަތް 10 އަހަރު ތެރޭގައި %3.2 އިން %23.6 އަށް އިތުރުވެގެން ދިޔައިރު، ބައެއްމީހުން ދަތިޙާލުގައި އެމީހުންގެ ޢާއިލާތައް ދޫކޮށްފައި ވަޒީފާއެއް ލިބޭތޯ ދުރު ހިސާބުތަކަށް ދަތުރުކުރަން މަޖުބޫރުވިއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އޭރު އެމެރިކާގެ 15 މިލިއަަނަށްވުރެ ގިނަ މީހުން ވަޒީފާ ގެއްލި މަގުމަތިވިއެވެ. އަދި އެމެރިކާގެ ބޭންކުތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ބޭންކުތައް ހުއްޓުމަކަށް އައެވެ.

1929 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހު ނިއުޔޯކުގެ ސްޓޮކްމާކެޓް އިނދަޖެހުނުއިރު، އެދުވަހު އެކަނިވެސް 12.9 މިލިއަން ހިއްސާގެ މުއާމަލާތްތައް ކުރެވިގެން ދިޔައެވެ. މުޅި ހިއްސާގެ ބާޒާރަށް ލޮޅުން އަރައި، އޭގެ އަސަރު އިސާހިތަކު ދުނިޔޭގެ ޤައުމުތަކަށްވެސް ކުރީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ހަމައެކަނި އެމެރިކާގެ ސިނާއީ މަސައްކަތްތެރިކަންވެސް އެތައް ގުނައަކަށް ދަށްވެގެން ދިޔައިރު، އެތަކެއް ކާރުޚާނާތަކާއި ވިޔަފާރިތައް ހުއްޓުމަކަށް އައީ ބަލަބަލާ ތިއްބައެވެ. އެއާއެކު، ފަޤީރުކަން އިތުރުވެ، ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހުނުއިރު، ދުނިޔޭގެ ގިނަ ޤައުމުތައް އެކަންކަން ތަޙައްމަލު ކުރަން ޖެހުނެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން އުފެދޭ "އިޤްދިސާދީ ރާޅު" މީގެ ކުރިން ދުނިޔެ ދެކެފައިވާ އިޤްތިސާދީ ބޮޑެތި ކާރިސާތަކަށްވުރެ ވަރުގަދަވެފައި، ނުރައްކާ ބޮޑުވާނެއެވެ. އެގޮތުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވީ، އެމެރިކާ ސަރުކާރުން މިހާރު އެކުލަވާލާފައިވާ 8 ޓްރިލިއަންގެ ސްޓިމިއުލަސް ޕެކޭޖްއިންވެސް ނުފުދޭނެ ކަމަށާއި، ވަރަށް އަވަހަށް އިތުރު އެހީތެރިކަން ބޭނުންވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކަމަށާއި، އެކަމުން އަރައިގަތުމަށްވެސް ޤައުމުތަކަށް އެތައް ބިލިއަން ޑޮލަރެއްގެ އެހީތެރިކަން ބޭނުންވާނެކަމަށް ކްރިސްޓަލީނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މީގެ 3 މަހެއްހާކުރިން ބެލިއިރު، އައިއެމްއެފްގެ 185 ޤައުމުގެ ތެރެއިން 160 އަށްވުރެ ގިނަ ޤައުމުގައި ބޮލަކަށް ޖެހޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް، އެ އަދަދު ދުނިޔޭގެ 170 އަށްވުރެ ގިނަ ޤައުމުތަކުގައި ދަށްވެގެންދާނެ ކަމަށް މިހާރު ލަފާކުރެވިފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަން މިއަހަރުގެ މެދުތެރެއާ ހިސާބަށް ގޮސްފިނަމަ ކުރިމަތިވާނެ އިޤްތިސާދީ ލޮޅުމުގެ ދެބައިކުޅަ އެއްބައިވެސް އަންނަ އަހަރަށް ރިކަވަރ ނުކުރެވޭނެކަމަށް ލަފާ ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، މިހާރުވެސް ބައެއް އިކޮނޮމީތަކަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކުން 100 ބިލިއަނަށް ޑޮލަރަށްވުރެ ގިނަ ރައުސްމާލުތައް އަނބުރާ ނަގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ދުނިޔޭގެ ގިނަ ޤައުމުތަކަށް އޭގެ އަސަރު ކުރާނެކަމަށް ލަފާ ކުރެވިފައިވާއިރު، އަވަސް ފިޔަވަޅުތަކެއް އަޅައިގެން ވައިރަސް ކޮންޓްރޯލް ކުރުމަކީ މިވަގުތަށް އޮތް އެންމެ ބޮޑު އެއް ހައްލުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮވީޑް-19 ގެ ސަބަބުން ކުރިމަތިވެދާނެ އިޤްތިސާދީ ލޮޅުމުން އަރައިގަތުމަށް އެންމެ އިސްކަމެއްގެ ގޮތުން ޤައުމުތަކުގެ ސިއްޙީ ނިޒާމް ވަރުގަދަކޮށް، ވީ އެންމެ އަވަހަކަށް ވައިރަސް ކޮންޓްރޯލް ކުރުމަށް އިޤްތިސާދީ މާހިރުން ދަނީ ގޮވާލަމުންނެވެ. އެގޮތުން ދުނިޔޭގެ 215 އަށްވުރެ ގިނަ ސަރަޙައްދުތަކުގައި ވައިރަސް ފެތުރި، 1.6 މިލިއަނަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، ވައިރަސް އެންމެ ހަލުވި މިނެއްގައި ފެތުރެމުންދާ ޤައުމުތަކަކީ ދުނިޔޭގެ އިޤްތިސާދީ ބޮޑެތި ބާރުތަކުގެ ގޮތުގައި ގުނާލެވޭ ޤައުމުތަކެވެ.

އެގޮތުން އެމެރިކާ، ޗައިނާ، ޖަރުމަނު، އިނގިރޭސިވިލާތް، ފްރާންސް އަދި އިޓަލީއަކީ މުޅި ދުނިޔެއިންވެސް ވައިރަސްގެ ޙާލަތު އެންމެ ގޯސް ޤައުމުތަކަށްވާއިރު، މިއީ އިޤްތިސާދީ ބޮޑެތި ބާރުތައްވެސް މެއެވެ. އެހެންކަމުން އައިއެމްއެފް އިން ލަފާކޮށްފައިވާ ގޮތަށް ދުނިޔެ ދެވަނަ ގްރޭޓް ޑިޕްރެޝަނަކަށް ވެއްޓުމުގެ ކުރިން ވައިރަސް ކޮންޓްރޯލް ކުރުން އިންތިހާއަށް މުހިއްމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

12 ޖުލައި 2017
އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

12 ޖުލައި 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު