Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ތަރައްގީ

ރައީސެވެ. ލޯނު ނެގުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކީ ވާނުވާ ނޭނގޭތީ އެވެ!

ރާއްޖެއަކީ ދުނިޔޭގެ މަގުބޫލު ޓޫރިސްޓް މަންޒިލެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2017 | އަންގާރަ 04:34
ރައީސް އޮފީސް

ރައީސް އޮފީސް

ތަރައްގީ ކުރުމަށް ބޮޑެތި ލޯނުތައް ނެގުމަކީ މައްސަލައެއް ކަމަށް ދެކި ނުލައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ ބަސްފުޅަށް ދިވެހި ރަައްޔިތުން ތާއީދު ކުރާނެ އެވެ، އަދި އެއީ ހަމައެކަނި ރައީސް ޔާމީން ވިދާޅުވި ވަހަކަފުޅެއް ވީމައެއް ވެސް ނޫނެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ބޮޑެތި އަދަދުތަކުން ލޯނު ނެގުމަށް ކަނޑައަޅާފައިވުމުން، އެކަމަށް އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަނީ ކަމެއް ވެގެންނެވެ. ރައްޔިތުންގެ ނަމުގައި މިސަރުކާރުން ނެގި ލޯނުތަކުން ރައްޔިތަކަށް މިހާތަނަށް އެއްވެސް ފައިދާއެއް ނުކުރެ އެވެ.

ރައީސް ޔާމީންގެ މިސަރުކާރަށް ހަތަރު އަހަރުވީއިރު، ލޯނު ނަގައިގެން ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން ބްރިޖް އަޅާއިރު، ބްރިޖަށް ކުރާ ޖުމްލަ ޚަރަދު އެނގޭ ދިވެހި ރައްޔިތެއް ހުރިނަމަ ބުނެދީ ބަލާށެވެ. ސަރުކާރުގެ އެންމެ މަތީ ފަންތީގައި ތިއްބެވި ވެރިން އެލޯނުތަކުގެ ތަފްސީލެއް މިހާތަނަށް ހާމައެއް ނުކުރައްވަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އުމްރާނީ ތަރައްގީގެ ދަށުން ކޮންސްޓްރަކްޝަން ދާއިރާއަށް ވަރަށް ބޮޑު ކުރިއެއްރުމެއް ލިބިފައިވާ ކަމަށް ބުނެފައިވާއިރު، އެއީ އެ ވިދާޅުވާ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތާއި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ ތަރައްގީގެ މަޝްރޫއުއާއި ނަސަންދުރަ ހުރި ބިން ރައީސް ޔާމީންގެ ޅިޔަނަށް ދެއްވައިގެން އިމާރާތްކުރާ ފެންވަރު ރަނގަޅު ހޮޓާ ކަމަށްވާނަމަ އެއިން ދިވެހި ރައްޔިތަކަށް މިހާތަނަށް ލިބުނު އެއްވެސް ފައިދާއެއް ނެތެވެ.

ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތް އަދި ކުރިން ނަސަންދުރަ ހުރި ބިމުގައި އިމާރާތްކުރާ ހޮޓާ އަޅަމުން ދަނީ ޗައިނާގެ ކުންފުނިތަކުންނެވެ. އެ ޕްރޮޖެކްޓްތަކުގައި މުޅިން ވެސް އުޅެނީ ބިދޭސީންނެވެ. އެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ހުރިހާ ތަކެއްޗަކާއި ވަސީލަތްތައް އެތެރެކޮށްފައި ވަނީ ޗައިނާއިންނެވެ. އެތަކެތި އެތެރެކުރުމުގައި ސަރުކާރުން ވަނީ ލުއިފަސޭހަ ގޮތްތަކެއް ވެސް ހަމަޖައްސައި ދީފަ އެވެ. ބޮޑެތި ޕްރޮޖެކްޓްތަކަށް ބޭނުންވާ ކޮންސްޓްރަކްޝަން މެޓީރިއަލުން ޑިއުޓީ ކުޑަ ކޮށްދިނުމާއި ޑިއުޓީ މައާފް ކޮށްދިނުން ފަދަ ކަންކަން ވަނީ ހަމަޖެހިފަ އެވެ. އެމީހުން ކެއިން ބުއިމަށް ބޭނުން ކުރާ ތަކެތި ގެންނަނީ ޗައިނާއިންނެވެ. އެމީހުން ރާއްޖޭގައި ބޭނުން ކުރާ ޓެކްސީ ފަދަ ވެހިކަލް ތަކެއް ބޭނުމެއް ނުކުރެއެވެ. އެމީހުންގެ އަމިއްލަ ވެހިކަލްތައް ވެސް ޗައިނާއިން އެތެރެކޮށްގެން ދުއްވަމުންދާ މަންޒަރު ފެނެއެވެ. އެހެންކަމުން މި ދެންނެވި ޕްރޮކެޓްތައް ހިންގަމުންދާއިރު ވެސް، ދިވެހި އެއްވެސް ރައްޔިތަކަށް ފައިދާއެއް ނުކުރެ އެވެ. އެކަމަކު އެމައްސަކަތް ކުރަމުން ދަނީ ދިވެހި ރައްޔިތުންގެ ނަމުގައި ނަގާފައިވާ ބޮޑެތި ލޯނުތަކުންނެވެ. ހުރިހާ ފައިދާއެއް ޗައިނާއަށެވެ.

ލޯނު ނުނަގާ ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށާއި ރައްޔިތުން ތިބެންޖެހޭނީ ތިބި ހާލަތުގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، ލޯނުތައް ނަގައިގެން ޖަރީމާ ހިންގާ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކުރަނީ ކަމެއް ވެގެންނެވެ.

ކުރިން ބުނިގޮތަށް ލޯނުތަކުގެ ތަފްސީލް ހާމަނުކުރާއިރު، ދަރުމަވަންތަ ހޮސްޕިޓަލަށް 142 މިލިއަން ޑޮލަރު ޚަރަދުކުރާއިރު، ރާއްޖޭގައި ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާކާރުން ބުނަމުން ދަނީ އެއީ އޭގެ ތިން އިމާރާތް އެޅޭވަރުގެ އަދަދެއް ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ ކުރެހުމަށް ވެސް 25 މިލިއަން ޑޮލަރު ޚަރަދުކުރިއިރު، އެއީ ރާއްޖޭގައި ހިނގަހިނގާ ހުރި ރިސޯޓެއް ވިއްކާލެވިދާނެ އަގެކެވެ. މާނައަކީ ރިސޯޓެއް ތަރައްގީ ކުރަންދާ ޚަރަދަށް ވުރެ ދަރުމަވަންތަ ހޮސްޕިޓަލުގެ ކުރެހުމަށް ކުރި ޚަރަދު ބޮޑު ކަމެވެ.

ލޯނުތައް ނަގަނީ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ އެއާޕޯޓްތައް އަޅައި ރިސޯޓްތައް ތަރައްގީ ކުރައްވަން ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، ލޯނުތައް ނަގައިގެން، ހިންގާ ބޮޑެތި މަޝްރޫއުތަކުން ކޮރަޕްޝަނާއި ހިޔާނާތް ހިންގަމުންދާ ވާހަކަ ދިވެހި ރައްޔިތުން ދައްކަމުންދަނީ ކަމެއް ވެގެންނެވެ. ލޯނު ނަގައިގެން ހިންގާ ޕްރޮޖެކްޓް ހިންގަނީ އޭގެ ދެގުނަ ނުވަތަ ތިން ގުނަ އަގު ބޮޑުކޮށް ކަމަށް ދިވެހި ރައްޔިތުން ބުނަމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލް ޕްރޮޖެކްޓަށް ކުރަމުންދާ ޚަރަދުން އެކަންޏެއްވެސް ނޫނެވެ. ދަރުމަވަންތަ ހޮސްޕިޓަލް ނިމޭއިރު އެވިދާޅުވާ 142 މިލިއަން ޑޮލަރުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކުން ލިބޭނެ، ފެންވަރު ރަނގަޅު ހިދްމަތް ލިބޭނެ ނަމަވެސް ރަނގަޅެވެ.

ބްރިޖް ޕްރޮޖެކްޓަކީ ރައީސް ޔާމީންގެ މިސަރުކާރުން ކުރާ ޚަރަދަށް ވުރެ ކުޑަ ޚަރަދަކުން ކުރެވޭނެ ކަމެއް ކަމަށް ކުރީގެ ސަރުކާރުން ބްރިޖް އެޅުމަށް ކުރަހާފައިވާ ކުރެހުންތަކުންނާއި ޑޮކިއުމަންޓްތަކުން އެނގެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 25 އަހަރަށް އެއާރޕޯޓް ޖީއެމްއާރަށް ތަރައްގީ ކުރަން ހަވާލު ކުރީ ދިވެހި އެއްވެސް ރައްޔިތަކަށް އޭގެ ދަރަނި ބޮލުގައި ނޭޅޭގޮތަށެވެ. އަދި ދައުލަތަށް ޓެކްސްގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ވަންނަގޮތަށް އެ ޕްރޮޖެކްޓް ދިންއިރު ޖީއެމްއާރުން ޚަރަދު ކުރުމަށް ނިންމާފައި ވަނީ 800 މިލިއަން ޑޮލަރު ކަމަށް ވެއެވެ. ނަމަވެސް މިސަރުކާރުން ދިވެހި ރައްޔިތުންގެ ބޮލުގައި ބޮޑެތި ދަރަނި ތަކެއް އަޅުވައި ފުރަތަމަ ބުނެފައި ވަނީ އެއާރޕޯޓް ތަރައްގީ ކުރަނީ 800 މިލިއަން ޑޮލަރުގެ ލޯނަކުން ކަމަށެވެ. ދެން 900 މިލިއަން ޑޮލަރަށް އަރައި މިހާރު 1000 މިލިއަން ޑޮލަރުގެ ލޯނެއް ކަމަށް ސަރުކާރުގެ ބައެެއް ފަރާތްތަކުން ބުނަމުންދާއިރު، ކޮޅެއް މެދެއް ނޭނގެ އެވެ. ލޯނެއް ނެގިޔަސް ވާއެއް ނުވާއެއް ދިވެހި ރައްޔިތުންނަށް އިނގޭނީ ވެސް ފުރަތަމަ ސަރުކާރުގެ އިސްވެރިންނަށް އެނގިގެންތާ އެވެ.

ސަރުކާރުން ބޮޑެތި އަދަދުތަކުން ލޯނު ނަގަމުންދާއިރު، ދައުލަތުގެ ފައިސާއަށް ހިޔާނާތް ވަމުންދަނީ ވެސް ބޮޑެތި އަދަދުތަކުންނެވެ. ހަމައެކަނި އެމްއެމްޕީއާރުސ%D

******

ސަރުކާރުން ބޮޑެތި އަދަދުތަކުން ލޯނު ނަގަމުންދާއިރު، ދައުލަތުގެ ފައިސާއަށް ހިޔާނާތް ވަމުންދަނީ ވެސް ބޮޑެތި އަދަދުތަކުންނެވެ. ހަމައެކަނި އެމްއެމްޕީއާރުސީއޭ ކިޔާ ކުޑަކުޑަ އޮފީހަކުން 1.22 ބިލިއަން ރުފިޔާ ގެ ހިޔާނާތް ވެފައިވާއިރު، ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތައް ކަމަށްވާ ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯއާއި އެސްޓީއޯ އަދި ރޯޑް ކޯޕަރޭޝަން ފަދަ ކުންފުނިތަކުން ކޮރަޕްޝަނާއި ހިޔާނާތް ހިންގަމުންދަނީ ފާޅުގަ އެވެ.

ކުރިން ވެރިކަން ކުރި ސަރުކާރުތަކާއި މިހާރު ވެރިކަން ކުރާ ސަރުކާރުން ދިވެހި ރައްޔިތުންގެ ފައިސާއިން ކޮރަޕްޝަނާއި ހިޔާނާތް ނުހިންގާ ރައްޔިތުންނަށް ކަންކަން ކޮށްދޭން އުޅުނުނަމަ މިހާރު ދިވެހި ރާއްޖެ އޮންނާނީ ތަރައްގީ ވެފަ އެވެ. ބޯފެނަށް ސަލާން ޖަހާކަށް ނުޖެހުނީހެވެ. ނަރުދަމާ ނޭޅިގެން އުޅޭކަން ނުޖެހުނީހެވެ. 24 ގަޑިއިރު ކަރަންޓް ޔަގީން ނުވެގެން އުޅޭކަށް ވެސް ނުޖެހުނީހެވެ. ރަށުގައި ބަނދަރު ހެދި މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބި މަސްވެރިންނާއި ދަނޑުވެރިން ވެސް ތިބޭނީ ހިތްހަމަ ޖެހިގެންނެވެ. އަދި ވަޒީފާތައް ނުލިބިގެން އުޅޭކަން ދިވެހި ރައްޔިތުންނަކަށް ނުޖެހުނީސްތާއެވެ.

ރާއްޖޭގައި ރަސްކަން ކުރި ޒަމާނުގައި ވެސް ރާއްޖެއިން ބޭރަށް ކިޔަވަން މީހުން ގޮސް އުޅުނެވެ. އޭރު އެމީހުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާއިރު، ރާއްޖޭގެ ތައުލީމީ ހާލަތާއި، ތައުލީމީ އަދި އިލްމީ ގާބިލް މީހުން އުފެއްދިފައި ނުވާކަން ނިސްބަތުން ބަލާނަމަ ދަށްކަން ފާހަގަކުރެވެއެވެ.

އިލްމީ ގާބިލް އަދި ފަންނުވެރިން އުފެއްދުނުނަމަ ރާއްޖެ އޮންނާނީ ތަރައްގީވެސް ވެފަ އެވެ. ތަރައްގީއަކީ އިންސާނާގެ ވިސްނުމާއި ފިކުރަށް އަންނަ ބަދަލެވެ. އޭގެ ސަބަބުން ހެޔޮގޮތާއި ނުބައި ގޮތް ވިސްނި، 40 ހަކަށް މިލިއަން ޑޮލަރަށް އިމާރާތް ކުރެވޭ ހޮސްޕިޓަލް، 140 މިލިއަން ޑޮލަރަށް އިމާރްކުރާކަށް ނުޖެހޭނެ އެވެ.

ދިވެހި ސަރުކާރުތަކުން ރައްޔިތުންގެ ފައިސާއާއި މުދަލަށް ހިޔާނާތް ނުވިނަމަ މިއަދު ސިންގަޕޫރަށް ވާން ބޭނުންވާ ވާހަކައެއް ނުދައްކާނެ އެވެ. ރާއްޖެ އޮންނާނީ ސިންގަޕޫރަށް ވުރެ ތަރައްގީގެ ގޮތުން ކުރީގަ އެވެ.

ހުރިހާ ޒަމާނެއްގައި ވެސް ރާއްޖެއަކީ ފަގީރު ގައުމެއްކަން އެއިރެއްގެ ވެރިން ބުނަމުން ދެއެވެ. އެއީ އެމީހުންގެ އަންބޮނޑި ބޮޑުކުރަން ދައްކަވާ ވާހަކައެއްތޯއެވެ؟ ކުރިން ފައިސާގެ ބަދަލުގައި ބޭނުން ކުރަމުންއައި ބޮއްޔާއި އެހެނިހެން ތަކެއްޗަކީވެސް ބޭރު ގައުމުތަކަށް ގެންގޮސް ބޮޑެތި އަގުގައި ވިއްކާފައިވާ ތަކެއްޗެވެ. މީގެކުރިން މަސްވެރިޔަކު މާވަހަރެއް ހޮވައިފިއްޔާ، އެ ހަވާލު ކުރަންޖެހެނީ ބަނޑޭރި ގެއަށެވެ. ނުވަތަ އެއިރެއްގެ ވެރިންނަށެވެ. އެ މާވަހަރު ވެދުން ކުރީމައި މަސްވެރިޔާއަށް ލިބެނީ ގަމީހެއް ނުވަތަ ގަމީހެއް ފަހާލާނެ ފޮތި ކޮޅެކެވެ. އެ ގަމީސް ނުވަތަ ފޮތިކޮޅު ދިނީމައި ވެސް އެމަސްވެރިޔާ ދާނީ އުފަލުން ފޮޅެމުން ގެއަށެވެ. މިއީ މާކުރީގެ ވާހަކަތަކެއް ވެސް ނޫނެވެ. މިހާރުވެސް އެޒަމާނުގައި އުޅުނު މީހުން ދުނިޔޭގައި އެބަތިއްބެވެ. އެހެންވީމާ ރައްޔިތުން އަޅުވެރިކޮށްގެން ވެރިކަން ކުރާނަމަ ރާއްޖެ ތަރައްގީ ކުރާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގައި މައްސަލައެއް ނެތް، ލިބެނީ އިތުރު ރައްކާތެރިކަމެއް!

ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގައި މައްސަލައެއް ނެތް، ލިބެނީ އިތުރު ރައްކާތެރިކަމެއް!

30 ސެޕްޓެމްބަރު 2019
ޓެރަރިޒަމްގެ ޤާނޫނަށް ގެންނަ އިސްލާހްތަކުގައި މައްސަލައެއް ނެތް!

ޓެރަރިޒަމްގެ ޤާނޫނަށް ގެންނަ އިސްލާހްތަކުގައި މައްސަލައެއް ނެތް!

15 ސެޕްޓެމްބަރު 2019
ރައީސް ނަޝީދު އެވެ. ތިވަރެއް ހަމަ ނެތެވެ!

ރައީސް ނަޝީދު އެވެ. ތިވަރެއް ހަމަ ނެތެވެ!

01 ނޮވެމްބަރު 2018
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނިޒާމުގެ މައްސަލައެއް ނޫން، ރާވައިގެން ހިންގާފައިވާ \'ޖަރީމާ\' އެއް!

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނިޒާމުގެ މައްސަލައެއް ނޫން، ރާވައިގެން ހިންގާފައިވާ \'ޖަރީމާ\' އެއް!

18 ސެޕްޓެމްބަރު 2018
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު