Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
2018 ރިވިއު

2018: އިޤްތިސާދީ ބޮޑު ބަދަލެއް ނުފެނުނު!

ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2019 | އަންގާރަ 12:20
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

2018 ވަނަ އަހަރު ފެށިގެން އައީ އިޤްތިސާދީ ބޮޑެތި ބަދަލުތަކެއް ގެންނާނެކަމުގެ ވައުދާއެކު އެވެ. އާމްދަނީ ހޯދާނެ އައު ވަސީލަތްތައް އުފައްދާ، ވަޒީފާގެ ބާޒާރު ތަނަވަސްކޮށްދޭނެކަމުގެ ވައުދާއެކު އެވެ. ބޮޑެތި އިންވެސްޓަރުންގެ ވާހަކަދައްކަމުންވެ. ނަމަވެސް އަހަރު ނިންމާލިއިރުވެސް، އެ ހުވަފެންތަކުގައި ކުލަ ޖެއްސިފައެއް ނުވެއެވެ.

2018 ވަނަ އަހަރުގައިވެސް އިންވެސްޓަރުން ހޯދުމުގެ ނަމުގައި ކުރީގެ ސަރުކާރުން ބޭރުގެ ޤައުމުތަކުގައި މަސައްކަތްތަކެއް ކުރިއެވެ. ކޮންމެ ދަތުރަކަށްފަހު ބޮޑެތި އިންވެސްޓަރުންތަށް ރާއްޖެ އަންނާނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް ދިޔައީ ބުނަމުންނެވެ. ނަމަވެސް އަހަރު ނިންމާލިއިރުވެސް އޭރުގެ ސަރުކާރުން ބުނަމުންގެންދިޔަ ބޮޑެތި އިންވެސްޓަރުންނެއް ރާއްޖެ އައިސްފައެއް ނުވެއެވެ.

ހަމައެގޮތަށް، 2018 ނިންމާލިއިރު ނިމުނު ސަރުކަރުގެ އިޤްތިސާދީ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނުނު އެއްވެސް ކަމެއް އޮތީ ފުރިހަމަ ނުކުރެވިއެވެ. ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ވާހަކައެއްގެ އަޑު ނުއިވުނުތާގައި، އައިހެވަންގެ ވާހަކައެއްވެސް ނިމުނު އަހަރުގައިވެސް އަޑުއިވިގެންގޮސްފައެއް ނުވެއެވެ.

ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އަހަރެއް!

އެމްޓީސީސީގެ ކޮންނަ ބޯޓް މަހާޖައްރާފު ގެނައީ 31.8 މިލިއަން ޑޮލަރު (490.3 ރުފިޔާ) އަށެވެ. އެފައިސާގެ ތެރެއިން 70 ޕަސެންޓަކީ ލޯނު ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން އެމްޓީސީސީން ކުރި މި އިންވެސްޓްމެންޓަށް ގާތްގަނޑަކަށް 340 މިލިއަން ރުފިޔާ ހޯދާފައިވަނީ ލޯނުގެ ގޮތުގައެވެ. 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަހާޖައްރާފަށް 22 މިލިއަން ރުފިޔާ ދައްކާފައިވާ އިރު 2018 ވަނަ އަހަރުގެ އެމްޓިސީސީގެ ތިން ވަނަ ކުއާޓާގައި އެކަނި ވެސް ހަތް މިލިއަން ރުފިޔާ މަހާޖައްރާފަށް ދައްކާފައިވެއެވެ. ސަރުކާރުން މިފަދަ ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާއިރު ބޯޓު ގަންނަން ކުރި އިންވެސްޓްމެންޓުގެ ތެރެއިން ނަގާފައިވާ ލޯނު 10 އަހަރުގެ ތެރޭގައި ދައްކާ ހަލާސްކުރަންޖެހެއެވެ. އެކުންފުނިން ލޯނު ދައްކަން ފަށާފައިވަނީ 2018 ވަނަ އަހަރުއެވެ.

މިދިޔަ އަހަރު ސިނަމާލެ ބްރިޖް ހުޅުވުމާއެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ފެރީ މެދުވެރިކޮށް ދުވާލެއްގެ މައްޗަށް ދަތުރުކުރި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. އެގޮތުން ބްރިޖް ހުޅުވުމުގެ ކުރިން ދުވާލެއްގެ މައްޗަށް 21،000 މީހުން ދަތުރު ކުރަމުންދިޔައިރު މިހާރު ފެރީ މެދުވެރިކޮށް ދަތުރުކުރަމުންދަނީ 5000 މީހުންނެވެ. މިހާރު ފެރީ މެދުވެރިކޮށް ދަތުރުކުރާ ދިވެހިންގެ އަދަދު މަދުވެފައިވާއިރު ގިނައިން ފެރީ މެދުވެރިކޮށް ދަތުރުކުރަމުން ދަނީ ބިދޭސީންނެވެ. ބްރިޖް ހުޅުވުމާއެކު ތިން މިލިއަން ރުފިޔާގެ ގެއްލުން އެމްޓީސީސީއަށް ލިބިފައިވާއިރު 2018 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރގައި އެ ކުންފުނީގެ ސާފު ފައިދާ ދަށަށް ގޮސްފައިވާ މައިގަނޑު ސަބަބަކީ ވެސް ޓްރާންސްޕޯޓުން ލިބުނު ގެއްލުންތަކުގެ ސަބަބުންނެވެ. 2016 ވަނަ އަހަރުގެ ތިން ވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 17.4 މިލިއަން ރުފިޔާ ލިބިފައިވާއިރު 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 327،963 ރުފިޔާއެވެ.

ސަރުކާރުގެ އެހެން ކުންފުނިތަކުގެ ހާލަކީވެސް އެއީއެވެ. ކެމްޕޭނަށް ކުންފުނިތަކުގެ ތެރެއިން ބޮޑެތި ބޮޑެތި ހަރަދުތައް ކުރުމާއި، ކެމްޕޭނަށްޓަކައި އެތަށް ހާސް މުވައްޒިފުންނަކަށް ވަޒީފާ ދިނުމާއި، ޕްލޭނެއް ނެތި ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ސަބަބުން ކުންފުނިތައް އޮތީ ބޮއްސުންލާފައެވެ. ކުންފުނިތަކަށް އޮތީ ހަމަ އިސްކޮޅަށްވެސް ތެދުވެވޭވަރުނުވެފައެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފައިދާގެ ގޮތުގައި 229 މިލިއަން ލިބޭނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް ލިބުނީ އެންމެ 44 މިލިއަން ރުފިޔާއެވެ. މިއީ 185 މިލިއަން ރުފިޔާގެ ދަށް އަދަދެކެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ފައިދާގެ ގޮތުގައި 561 މިލިއަން ލިބޭނެ ކަމަށް ލަފާ ކުރި ނަމަވެސް މިއަހަރު އެކުންފުންޏަށް ލިބުނު ފައިދާގެ ގޮތުގައި އެއްވެސް އަދަދެއް ސަރުކާރުގެ އާމްދަނީގެ ގޮތުގައި ހިމަނާފައެއް ނުވެއެވެ. މިފާއިތުވެދިޔަ ތިން އަހަރު ވެސް އެކުންފުންޏަށް ލިބުނު ފައިދާ ސަރުކާރުގެ އާމްދަނީގައި ހިމަނާފައެއް ނުވެއެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި 201 މިލިއަން ރުފިޔާ އެއަރޕޯޓްސް ކުންފުނިން ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން 71 މިލިއަން ލިބޭނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް އެ ކުންފުނިން ލިބިފައި ވަނީ 64 މިލިއަން ރުފިޔާއެވެ. މީގެ އިތުރަށް ބޭންކް އޮފް މޯލްޑިވްސް އިން ލަފާކުރި މިންވަރު ކަމުގައިވާ 62 މިލިއަން ރުފިޔާ ލިބިފައިވާއިރު މާލޭ ވޯޓާ އެންޑް ސްވެރޭޖު ކުންފުނި (އެމްޑަބްލިއުއެސްސީ) އިން 101 މިލިއަން ލިބޭނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް އެކުންފުނިން ފައިދާގެ ގޮތުގައި ސަރުކާރަށް ލިބިފައި ވަނީ 30 މިލިއަން ރުފިޔާއެވެ.

ސަރުކާރު ބައެއް ކުންފުނިތަކަށް ބޮޑު ފައިދާއެއްވެސް ލިބިފައިވެއެވެ. އެގޮތުން އައިލެންޑް އޭވިއޭޝަނުން ފައިދާގެ ގޮތުގައި ލިބިފައި ވަނީ 88 މިލިއަން ރުފިޔާއެވެ. މިއީ ލަފާކުރި ފައިދާ އަށް ވުރެ 54 މިލިއަން ރުފިޔާ ބޮޑު އަދަދެކެވެ. އެމްއެމްއޭގެ ފައިދާގެ ގޮތުގައި 90 މިލިއަން ލިބޭނެ ކަމަށް ފަލާކޮށްފައިވީ ނަމަވެސް ލިބިފައި ވަނީ 67 މިލިއަން ރުފިޔާ އެވެ. މިއީ ލަފާކުރި މިންވަރަށް ވުރެ 37 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ފައިދާގެ ގޮތުގައި 96 މިލިއަން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު އެއަށް ވުރެ ބޮޑު އަދަދެއް ފައިދާގެ ގޮތުގައި ވަނީ ލިބިފަ އެވެ. އެގޮތުން 119 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މީގެ އިތުރަށް މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ އާމްދަނީގެ ގޮތުގައި 49 މިލިއަން ރުފިޔާ ލިބިފައިވާ އިރު ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑުން 458 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެއެވެ. މިއީ 2018 ވަނަ އަހަރު ކުންފުންޏަކުން ފައިދާގެ ގޮތުގައި ސަރުކާރަށް ލިބުނު އެންމެ ބޮޑު އާމްދަނީއެވެ.

ބަޖެޓުގައި ލަފާކުރިވަރަށް އާމްދަނީއެއް ނުލިބުނު!

2018 ވަނަ އަހަރުގެ ބަޖެޓުގެ އާމްދަނީގެ ގޮތުގައި ސަރުކާރަށް ލިބިފައި ވަނީ 20.8 ބިލިއަން ރުފިޔާއެވެ. އެހެންނަމަވެސް ފޯކާސްޓް ކުރި ބަޖެޓްގައި އާމްދަނީ ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 21.9 ބިލިއަން ރުފިޔާއެވެ. މިއީ ލަފާ ކުރި މިންވަރަށް ވުރެ 1.1 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. ސަރުކާރަށް ލިބުނު އާމްދަނީ ބެހިފައިވާ ގޮތްތަކަށް ބަލާ އިރު ސަރުކާރު ކުންފުނިތަކުން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1.6 ބިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް މިއަހަރުގެ ނިޔަލަށް ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ. މީގެ މާނައަކީ ލަފާކުރި އަދަދުގެ ތެރެއިން ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ ނުލިބޭ ކަމެވެ.

30.2 ބިލިއަން ރުފިޔާ ބަޖެޓެއް މަޖިލީހުން ފާސްކޮށްފައިވާއިރު، 2018 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ދައުލަތް ހިންގުމުގެ ހަރަދުގެ ގޮތުގައި 12 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ހާމަކޮށްފައެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާ ބަލާއިރު 2018 ވަނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ދައުލަތުގެ ހަރަދު 3.1 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ.

ދައުލަތުގެ ރިކަރަންޓް ހަރަދު 1.5 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ރިކަރަންޓް ހަރަދުތަކަށް މުޅި އަހަރަށް 16 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ރިކަރަންޓް ހަރަދު އިތުރުވެގެން ދިއުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ އިދާރީ ކަންކަމާއި، ހިންގުމުގެ ހަރަދުތައް މި އަހަރުގެ ތެރޭގައި ގިނަވެފައިވުމުން ކަމަށް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ދައުލަތުގެ ކެޕިޓަލް ހަރަދު 1.6 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައި ވަނީ ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައި ވާތީއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު، ފަތުވެރިކަން ދަށަށްދިޔަ!

ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކުރުމާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދުގެ މައި ތަނބު ކަމަށް ބެލެވޭ ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ ވަރަށް ހީނަރު އަސަރުތަކެއް ކޮށްފައެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް ބޮޑުތަނުން ދަށްވެފައިވާއިރު ރިސޯޓްތަކުގެ ބުކިން ވަނީ 50 އިންސައްތަ ދަށްވެފައެވެ. ބައެއް ގެސްޓް ހައުސްތަކުން ބުނީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ބައެއް ގެސްޓް ހައުސްތަކުން ، ބުކިންގ ކެންސަލް ކުރުމުގެ ސަބަބުން، 6000 ޑޮލަރާއި 8000 ޑޮލަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް ފަތުރުވެރިން ނައުމަށް ބާރުއަޅައި، ޓްރަވެލް އެޑްވައިޒަރީތަކެއް ވެސް ވަނީ ނެރެފައެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް ކަމަށްވާ، ޗައިނާ، އިންޑިއާ، އިނގިރޭސީވިލާތު، ރަޝިއާ، އެމެރިކާ، ކެނެޑާގެ އިތުރުން ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނެއެވެ. ރާއްޖޭގައި ކުއްލި ނުރައްކަލު ހާލަތު އިއުލާންކުރުމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އެސޯސިއޭޝަންތަކާއި އެންޖީއޯތަކުން ވަނީ އެކަމާއި ދެކޮޅަށް ބަޔާންތައް ވެސް ނެރެފައެވެ.

ފާއިތުވި އަހަރު ފާހަގަކޮށްލެވެނީ ފަތުރުވެރިކަމުގެ ސިނާއަތަށް ރަން ވަނަތަކެއް ލިބިގެންދިޔަ އަހަރެއްގެ ގޮތުގައެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތް ދިރާސާ ކުރާ ލަގްޒަރީ ޓްރެވަލް އިންޓެލިޖެންސް (އެލްޓީއައި)ގެ، އަލަށް ހުޅުވި ލަގްޒަރީ ރިސޯޓުތަކުގެ ލިސްޓުގެ އެއްވަނަ ދިވެހިރާއްޖޭގެ ކުޑަދޫ ޕްރައިވެޓް އައިލެންޑަށް، އަދި ދެވަނަ ޖޯލި މޯލްޑިވްސްއަށް ވަނީ ލިބިފައެވެ. މި ލިސްޓުގެ އެއްވަނަ ލިބުނު ކުޑަދޫ ޕްރައިވެޓް އައިލެންޑަކީ ރާއްޖޭގެ މަޝްހޫރު ކުންފުނި، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ޅ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ 15 ލަގްޒަރީ ވިލާ ހުންނަ ރިސޯޓެކެވެ. ޖޯލި މޯލްޑިވްސްއަކީ ރ. އަތޮޅު މުރަވަންދޫގައި ތަރައްގީ ކޮށްފައިވާ، 73 ވިލާ ހުންނަ ރިސޯޓެކެވެ. ދުނިޔޭގެ މަޝްހޫރު ޑިޒައިނަރުންނާއި އާކިޓެކްޓުން ބޭނުންކޮށްގެން ތަރައްގީކޮށްފައިވާ ޖޯލި މޯލްޑިވްސްއަކީ ރަށުގެ ގުދުރަތީ ރީތިކަން އޭގެ ފުރިހަމައަށް ފެނިގެންދާނެ ގޮތަށް ފަރުމާ ކޮށްފައިވާ ރިސޯޓެކެވެ.

މީގެ އިތުރުންވެސް ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އޮސްކާގެ ނަމުން މަޝްހޫރުވެފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭގައި ދުނިޔޭގެ އެންމެ މަޤްބޫލު ޑައިވް މަންޒިލަކަށްވެސް ދިވެހިރާއްޖެ ވަނީ ހޮވިފައެވެ. މިއީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭގައި ރާއްޖެ ވާދަކޮށްފައިވަނީ ތައިލެންޑް، ހަވާއި، މޮރިޝަސް، އޮސްޓްރޭލިއާ، ޝީޝެލްސްގެ އިތުރުން އެމެރިކާ އާއެކުގައެވެ.

2019 ވަނަ އަހަރު ފެށިގެން ގޮސްފައިވަނީ އެހެން އަހަރުތަކާ ހިލާފަށް ރާއްޖޭގެ ރިސޯޓްތައް ފުރިގެންނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް އައި ހެޔޮ ފާލެކެވެ.

އައު ސަރުކާރާއެކު އައު އިއްމީދުތަކެއް!

2019 ވަނަ އަހަރަށް ލަފާކޮށް 30.2 ބިލިއަން ރުފިޔާ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގައެވެ. އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމެޓީން ގެނައި ބަދަލުތަކާ އެކު، 600 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށް، (ތިރީސް ބިލިއަން ދުވިސައްތަ ފަންސާސް އެއް މިލިއަން ހަތް ލައްކަ ސާޅީސް ދެ ހާސް ފަސްސަތޭކަ ސާޅީސް) ރުފިޔާއަށް ބަޖެޓް ވަނީ ބޮޑުކޮށްފައެވެ. މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓުގެ ގޮތުގައި އެ ބަޖެޓް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެމްބަރުންގެ އިއްތިފާގުންނެވެ. ބަޖެޓް ފާސްކުރަން މަޖިލީހުގެ ތަޅުމުގައި އެ ވަގުތު ތިއްބެވި އިދިކޮޅު ޕީޕީއެމާއި އެމްޑީއޭގެ ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވިއެވެ. ރައީސް ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓަށް، އާ ސަރުކާރުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކާ ބަޖެޓުގައި ވަނީ އިތުރަށް ފައިސާ ހިމަނާފައެވެ. އަދި އާ ސަރުކާރުގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވެސް ބަޖެޓުގައި ފައިސާ ހިމެނެއެވެ.

އައު ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު މި އިޞްލާޙު ފާހަގަކޮށްލެވެއެވެ. އެގޮތުން ސެނިޓަރީ ނެޕްކިން، ޓެމްޕޮން، މެންސްޓްރުއަލް ކަޕް އަދި އެފަދަ ތަކެއްޗަކީ ސުން-ރޭޓު ކަނޑައަޅާފައިވާ އަސާސީ މުދާ ކަމަށްވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ޕެޑުން ޓެކްސް ނެގުން ހުއްޓާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު