Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިންޑިޔާގެ އާ ރައީސް

އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

1991 ވަނަ އަހަރު ބީޖޭޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ އިސް ބައެއް މަގާމުތައް ފުރުއްވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 21 ޖުލައި 2017 | ހުކުރު 06:33
ކެނޑިޑެސީ އިއުލާނުކުރިތާ 24 ގަޑިއިރުގެ ތެރޭގައި އޭނާގެ މައުލޫމާތު ހޯދުމަށް 500،000 އަށްވުރެ ގިނަ ފަހަރު ގޫގުލްކޮށްފައިވޭ

ކެނޑިޑެސީ އިއުލާނުކުރިތާ 24 ގަޑިއިރުގެ ތެރޭގައި އޭނާގެ މައުލޫމާތު ހޯދުމަށް 500،000 އަށްވުރެ ގިނަ ފަހަރު ގޫގުލްކޮށްފައިވޭ

ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ވެރިން ނުވަތަ ރިޔާސީ އިންތިޚާބެއް ހިނގަމުންދާއިރު ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު ބޮޑުކޮށް ރޭހުގެ ކުރީގައި އުޅުއްވާ ބޭފުޅުންގެ ނަންތައް ނޫސްވެރިއަކަށް ނޭނގުމަކީ މަލާމާތް ރައްދުވާ ކަމެކެވެ.ޖުލައިމަހުގެ 20 ވަނަ ދުވަހު އިންޑިއާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި އެ ގައުމުގެ 14 ވަނަ ރައީސް ކަމަށް އިންތިޚާބްވެ ވަޑައިގެންނެވި ރާމް ނާތު ކޯވިންދްއަކީ ނޫސްވެރިންވެސް ދަންނަ ބޭފުޅަކަށް ނުވެއެވެ.އިންޑިއާގެ ރިޔާސީ އިންތިޚާބުގައި އިލެކްޓޯރަލް ވޯޓުގެ 65.65 އިންސައްތައް ހޯއްދަވައިގެން ބޮޑު ތާއީދަކާއެކު ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ ކެނޑިޑެސީ އިއުލާނުކުރުމާހަމައަށް އެ މަނިކުފާނަކީ އިންޑިއާގެ ގިނަ ބަޔަކުވެސް ދަންނަ ބޭފުޅެއް ނޫންކަމަށް އެގައުމުގެ މީޑިއާތަކުގެ ރިޕޯޓްތަކުން ހާމަވެއެވެ. ބައެއް މީޑިއާތަކުން މަޖާޒީ ގޮތެއްގައި ސިފަކޮށްފައިވާ ގޮތުގައި އެ މަނިކުފާނު އެނގެނީ ހެއްދެވި ފަރާތާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެކަންޏެވެ.ލޯކަލް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ކޯވިންދުގެ ކެނޑިޑެސީ އިއުލާނުކުރިތާ 24 ގަޑިއިރުގެ ތެރޭގައި އޭނާގެ މައުލޫމާތު ހޯދުމަށް 500،000 އަށްވުރެ ގިނަ ފަހަރު ގޫގުލްކޮށްފައިވެއެވެ.

އިންޑިއާގައި ރައީސްގެ މަގާމަކީ ރަމްޒީ މަގާމެކެވެ. ދައުލަތް ހިންގެވުމުގެ ޒިންމާތައް އުފުއްލަވަމުން ގެންދަވާނީ ބޮޑުވަޒީރެވެ. އުމުރުފުޅުން 71 އަހަރުފުޅުގެ ރާމް ނާތު ކޯވިންދަކީ 2015 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމައަށް ބިހާރު ސްޓޭޓްގެ ގަވަރނަރއެވެ. ޗަތްރަޕަތީ ޝާހު ޖީ މަހަރާޖީ ޔުނިވާސިޓީއިން ތައުލީމް ހާސިލްކުރައްވާފައިވާ ކޯވިންދްވަނީ 1994 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ރަޖްޔަ ސަބާގެ މެމްބަރުކަން ކުރައްވާފައެވެ. އޮކްޓޯބަރު 1 1945 ގައި އުފަންވެ ވަޑައިގެންނެވި ކޯވިންދުގެ ބައްޕާ ފުޅަކީ އިންޑިއާގެ ދަނޑުވެރިއެކެވެ.

ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލް ކުރެއްވުމަށްފަހު ކޯވިންދު ވަނީ ސިވިލް ސާވިސް އިމްތިހާނުގައި ބައިވެރިވެ ވަޑައިގަތުމަށް ދިއްލީއަށް ވަޑައިގެންފައެވެ. ތިން ފަހަރެއްގެ މަތިން ބައިވެރިވެގެން އެ އިމްތިހާނުން ފާސްވި ނަމަވެސް އެ މަނިކުފާނު ސިވިލް ސާވިސްއާ ގުޅިވަޑައިގެންފައެއް ނުވެއެވެ. އެއަށްފަހު ގާނޫނީ ދާއިރާގެ މަސައްކަތަކަށް ހޮވިވަޑައިގެން އެ ދާއިރާ ޕްރެކްޓިސް ކުރައްވަން ފެއްޓެވިއެވެ.

ސިޔާސީ ދާއިރާއަށް ވެދެވަޑައިގެން 1991 ވަނަ އަހަރު ބީޖޭޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ އިސް ބައެއް މަގާމުތައްވެސް އެ މަނިކުފާނު ފުރުއްވިއެވެ. މި އަހަރުގެ އިންތިޚާބަށް ނުކުންނެވުމާއެކުވެސް ގިނަ ބަޔަކު ގަބޫލުކޮށްގެންތިބީ 60 އިންސައްތައަށްވުރެ ބޮޑު އަޣްލަބިއްޔަތަކުން ކޯވިންދު އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު