Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިބްތިހާލް

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

އިހުމާލްވިކަމަށް ބުނެ ދައުވާ ކުރަން ފޮނުވީ ދެއަހަރުވާން ކައިރިވިފަހުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2017 | ހޮނިހިރު 17:02
މަންމަގެ އަނިޔާތަކުން މަރުވި އިބްތިހާލް

މަންމަގެ އަނިޔާތަކުން މަރުވި އިބްތިހާލް

އެއީ މީގެ ދެއަހަރު ކުރިއެވެ. މުޅި ރާއްޖެ ސިއްސުވާލީ ތުއްތު ތުއްތު ކުއްޖަކު އޭނާގެ އުފަން މަންމަގެ އަނިޔާތަކަށް ކެތްނުވެގެން މިދުނިޔެ ދޫކުރި ޚަބަރުންނެވެ. މަންމަގެ ރަހުމް ކުޑަ އަނިޔާތަކުން ކުޑަ ދަރިފުޅު މަރުވެގެން ދިޔައީތީއެވެ. އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުވެފައި އޮތްއިރު އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ހުރީ އަނިޔާތައް ފެންނާށެވެ. ލާއިންސާނީ އަނިޔާތަކެވެ.

މިއަޑު އެހި ކޮންމެ މީހަކަށްވެސް ބޭއިޚްތިޔާރުގައި ފެންކަޅިވެވުނެވެ. ތިމާގެ ދަރިއަށް އެފަދަ އަނިޔާއެއް ލިބުނު ކަމުގެ އިހްސާސް ކުރެވުނެވެ. އެފަކީރަށް ކޮށްފައިވާ އަނިޔާތަކުގެ ވާހަކަ އެނގުނުއެނގުނުހެން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އިންސާނިއްޔަތު ކަމެއް ނެތް މަންމަގެ އެއަމަލާމެދު ދަތްކުނޑި ވިކައިގަނެވުނެވެ.

ހީވީ އެހެން ފަދަ ކަމެއް ހެންނެވެ. ރަށުގެ މީހުން އެވާހަކަ ދައްކަން ފެށިއެވެ. ކުއްޖާގެ މަންމަ ކުށްވެރިކޮށް ކައުންސިލުންވެސް ބަސްކިޔާން ފެށިއެވެ. ޢާއްމު ރައްޔިތުންގެ ނަފްރަތު އިންތިހާއަށެވެ. އަމިއްލަ ޖަމްއިއްޔާތަކުންނާއި ގުރޫޕްތަކުން އެއަމަލު ކުށްވެރިކޮށް ބަޔާންތައް އޮއްސަން ފެށިއެވެ. ހިނގާލުންތަކާއި ޚިޔާލުފާޅުކުރުންތައްވެސް މަދެއްކަ ބައިވަރެއް ނޫނެވެ. ސަރުކާރުގެ މުއްއަސަސާތައްް ހިންގާލިއެވެ. ތަހުގީގުފެށިއެވެ.

ކޮނުކޮނުވަރަކުން ފަސްގިނަވާން ފެށިއެވެ. ކުއްޖާއަށް އަނިޔާ ލިބުނީ އެދުވަހު އެކަނި ނޫން ކަމެވެ. އެކުއްޖާގެ މަންމަ އެކުއްޖާއަށް އަނިޔާ ދެމުންދިޔަ ކިތަންމެ ދުވަހެއް ރަށު މީހުންނަށްވެސް އެނގެއެވެ. ގެއިން ބޭރުން އެކުއްޖާ ނުފެންނަކަން ރޭކާލީވެސް ދެނެވެ. ކައުންސިލަށް ގެންދެވުނު ކަމާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާ ޖެންޑަރ މިނިސްޓްރީއަށް ވެސް އެންގުނު ކަމެވެ. ނުވެ އޮތީ އެކަމަކުވެސް އެންމެ ކަމެކެވެ. އެކުއްޖާއަށް އެއަނިޔާތަކަށް ކެތްނުވެގެން މިދުނިޔެ ދޫކުރުމުގެ ސަލާމަތް ނުކުރެވުމެވެ. ރަށުމީހުންނަށްވެސް އަޅާލަން ނޭނގުމެވެ. މިނިސްޓްރީންވެސް އެކުއްޖާއަށް ހިމާޔަތް ނުދެވުމެވެ.

މިއަދު މީ އެ ހާދިސާއަށް ބަރާބަރު ދެ އަހަރު ފުރުނު ދުވަހެވެ. ދަރިފުޅުގެ މަންމަ ޖަލަށް ލެވުނެވެ. ތަހުގީގް ކުރިއަށްގޮސް ޝަރީއަތްވެސް ފެށިއެވެ. މަންމަގެ ފުށުން އެނގުނު ކަންކަމަށް ބަލާއިރު އިބްތިހާލްގެ އާއިލާގެ ބައެއް އެހެން މީހުން ވެސް ސަހަލެއް ނޫނެވެ. މައްސަލަ ފެށެނީ އެހާހިސާބުންކަން އެނގުމުންނެވެ. ބައްޕައެއް ނެތި އެދަރިފުޅު އުފަންވިއިރު، ދަރިފުޅަށް އެހާބޮޑު ނަފްރަތެއް ކުރީ އެކަމުގެ ސަބަބުން ކަމަށް ބުނެ އެވެ.

އެހާދިސާއަށް ދެއަހަރު ވެގެން ދިޔައިރުވެސް ކަންކަން ހުރި ގޮތަށް ބަލާލަންޖެހެ އެވެ. އިންސާފެއް ނުލިބެ އެވެ. އިހުމާލުވި މީހުން އަދިވެސް އެގޮތުގައި ތިބީތީއެވެ. އިހުމާލްވި ޖެންޑަ މިނިސްޓްރީގެ މުވައްޒަފުންނާއި އެދުވަސްވަރު ވ. އަތޮޅުގައި ހުންނެވި ފުލުހުންގެ ކޮމާންޑަރުގެ މައްސަލައިގައި ދައުވާ ކުރަންވެސް އެފޮނުވީ ދާދި މިދާކަށް ދުވަހުއެވެ. އިތުރު ބަޔާނެއް ނަގަން ހިއުމަން ރައިޓްސް ކޮމިޝަނަށް އެމީހުން ހާޒިރުވާން އެންގީ ދެއަހަރުވާން ކައިރިވި ފަހުންނެވެ. މިކަންކަމަށް ބަލާއިރު ތަހުގީގު ބާރަށޭ ބުނެވޭނެ އެއްވެސް ދުލެއް ހުންނާނެ ހެނެއް ހިއެއް ނުވެއެވެ. ޝަރީއަތް ދިގުލައިގެންގޮސް ހެކިތައް ހަނދާން ނެތި ކަންވީގޮތް ކިޔައިދޭން ނޭނގޭހާ ދުވަސްވީއެވެ. އިންސާފް ލިބުން ލަސްވެ އިންސާފް ލިބިދާނެ ކަމާމެދުވެސް ޝައްކު އުފެދުނީއެވެ.

މިހާލަތަށް އައިއިރު ކުރިމަތިވެފައިވާ އެހެން ބިރެއްވެސް އެބައޮތެވެ. އެފަދަ ހާދިސާއެއް އިތުރަށް ނުހިނގާނެ ގޮތަށް ކަންކަން ހައްލު ކުރެވުނު ކަމުގެ ޔަޤީންކަން ނެތުމެވެ. މިހާރުވެސް ދެކެވެމުންދާ އެފަދަ މައްސަލަތަކުގެ ވާހަކަ މަދެއް ނޫނެވެ. އަޅާލާނެ މީހަކު ނެތިގެން ބަލަހައްޓަން ޖެހޭ ކުދިން ބައިތިއްބާފައި ތިބޭ ތަންތަނުގައިވެސް ހާލަތު ހުރިގޮތްކަމަށް ދެކެވޭ ހިތާމަވެރި ވާހަކަތަކެވެ. ހިޔާތަކުން ކުދިން ގެއްލުމެވެ. ހިޔާތަކުގެ ފެންސްތަކުގެ މައްޗަށް ކުދިން އަރާ ތިބުމެވެ. ދާދިފަހުން އެފަދަ ތާކުންވެސް މަރުވި ކުއްޖާގެ މަރާމެދު އުފެދިފައިވާ ސުވާލުތަކެވެ.

ދެންއޮތީވެސް މިފަދަ އެހެން ކަމެކެވެ. ބަޔަކަށް އަބުރު ރައްކާތެރި ނުކުރެވިގެން ހެދި އަބުރުގެ ޤާނޫނުގެ ސަބަބުން އެފަދަ ހާދިސާތައް ރިޕޯޓްކުރަން ފަސްޖެހުމެވެ. ފެންނަ މަންޒަރަށް ނުވަތަ ކުރެވޭ ތުހުމަތުގެ ވާހަކަ ކަމާ ބެހޭ ފަރާތަށް ހުށަހެޅިނަމަވެސް ސާބިތު ނުކުރެވިއްޖެ ނަމަ ދެން ކުރިމަތިލާން ޖެހިދާނެ ބޮޑު އަބުރުގެ ދައުވާއެވެ. އެދައުވާތަކަށް ބިރުން އެފަދަ މައްސަލަތައް ރިޕޯޓްކުރަން ނުކެރި ނީވޭކަމަށް ހަދައިގެން ނުވަތަ ނުފެންނަ ކަމަށް ހަދައިގެން ތިބެން ޖެހުމެވެ.

ކޮންމެއަކަސް އިބްތިހާލްގެ މަރަށް ދެއަހަރުވިއިރު އެހިތާމަތައް އަދިވެސް ފިލައިގެނެއް ނުދެއެވެ. ހަމަ އެހެންމެ އެމަރާ ގުޅިގެން ފެންމަތިވި ކަންކަމަށް ހައްލެއް އައިސްފައިވާކަމުގެ ޔަޤީންކަން ނެތީތީ އަދި މާބިރުބޮޑެވެ. އިންސާފް ނުލިބި އޮތީތީ އެކަމުގައި ފުއްދާލެވޭކަށް ނެތެވެ. ބޯޑުތައް ހިފައިގެން މަގުތަކަށް އެއްވެ އިބްތިހާލަށް އިންސާފް ހޯދަައިދޭން ނިކުތް ޖަމްއިއްޔާތަކާއި ޕްރެޝަރ ގުރޫޕްތަކުގެ އަޑުކެނޑި ހިމޭންވެފައިވާތީ އެއީ އަދި މާބޮޑު ކަންބޮޑުވުމެކެވެ. އިންސާފު ނުލިބި ދިގުދެމިގެން ދިއުމަކީ އިންސާފު ނުލިބުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޭޕްކޮށް އެއްލާލާފައި އޮތް ދަރިފުޅަށް މަންމަގެ ބަސް: \"ދަރިފުޅާ، މިއަދު އިންސާފު ލިބިއްޖެ\"

ރޭޕްކޮށް އެއްލާލާފައި އޮތް ދަރިފުޅަށް މަންމަގެ ބަސް: "ދަރިފުޅާ، މިއަދު އިންސާފު ލިބިއްޖެ"

20 މާރިޗު 2020
ހިރިޔާ ދަތުރުގައި ޕްރިންސިޕަލާއި ހަތަރު ދަރިވަރުން މަރުވިތާ 8 އަހަރު، ނަމަވެސް ހަނދާނުން ފޮހެލަން ދަތި

ހިރިޔާ ދަތުރުގައި ޕްރިންސިޕަލާއި ހަތަރު ދަރިވަރުން މަރުވިތާ 8 އަހަރު، ނަމަވެސް ހަނދާނުން ފޮހެލަން ދަތި

09 ސެޕްޓެމްބަރު 2019
ރިލްވާންއަށް މަންމަގެ ފަހު ބަސް: ދަރިފުޅާ ނުދާތި އެހެންތަނަކަށް، ލަސްވަންދެން ބޭރުގައި ނޫޅޭތި!

ރިލްވާންއަށް މަންމަގެ ފަހު ބަސް: ދަރިފުޅާ ނުދާތި އެހެންތަނަކަށް، ލަސްވަންދެން ބޭރުގައި ނޫޅޭތި!

04 ސެޕްޓެމްބަރު 2019
އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

26 މާރިޗު 2019
ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

21 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު