Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޓާޓާ ފްލެޓްތައް

ޓާޓާ ފްލެޓް ވިއްކާ ކަމަށް ބުނެ އަޑިނޭނގޭ ބޮޑު ޖަރީމާ އެއް ހިންގަނީ!

ފްލެޓް ވިއްކަނީ ހަތަރު ލައްކަ ރުފިޔާގެ ކޮމިޝަނެއް ނެގުމަށްފަހު

ރާއްޖެ އެމްވީ | 24 ޖެނުއަރީ 2018 | ބުދަ 08:40
އޯޑިއޯ: ފްލެޓް ވިއްކާ މީހާގެ އަޑު

އޯޑިއޯ: ފްލެޓް ވިއްކާ މީހާގެ އަޑު

ގާކޮށްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި ތަރައްގީކޮށްފައިވާ ފްލެޓްތައް ސަރުކާރުން ވިއްކުން ހުއްޓާލާފައިވާއިރު، އެ އިމާރާތްތަކުން ފްލެޓް ވިއްކާ ކަމަށް ބުނެ ބަޔަކު ފައިސާ ނަގާކަން ކަށަވަރު ވެއްޖެއެވެ.

ރާއްޖެއެމްވީ އަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފްލެޓް ވިއްކާ ކަމަށް ބުނި މީހުންނަށް ގުޅުމުން އެ ފަރާތްތަކުން އެންމެ ފުރަތަމަ އެއީ ދެނަހުރި ކަމަކަށް ވެސް ނުހެދިއެވެ. އަދި ފޯނު ކަނޑާލިއެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން އެތަނުން ނަންބަރަކުން ގުޅައި އެ މައުލޫމާތު ލިބިފައި ވަނީ ކިހިނެއްތޯ ސުވާލުކުރިއެވެ. ރައްޓެއްސެއްގެ ފަރާތުން ކަމަށް ބުނުމުން އެކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ދެވޭނީ ދިމާވެގެން ކަމަށާއި ފޯނުން ވާހަކަ ނުދެއްކޭނެ ކަމަށް އެމީހާ ބުންޏެވެ.

ރާއްޖެއެމްވީ މިކަން އިތުރަށް އޮޅުން ފިލުވުމަށްޓަކާއި ފްލެޓް ވިއްކާ ކަމަށް ބުނާ ފަރާތުން ބުނި ރެސްޓޯރެންޓަކަށް މީހަކު ފޮނުވީމެވެ. އެމީހާ ފޮނުވީ ފްލެޓް ގަންނަން ބޭނުންވާ މީހެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ ވެސް މައުލޫތު ލިބުނީ ކޮންގޮތަކުންތޯ އެހިއެވެ. ފްލެޓް ވިއްކުމުގެ މަސައްކަތުގައި އުޅޭ އެ މީހާ ބުނި ގޮތުގައި ވިއްކަމުން ދަނީ ޓާޓާ ފްލެޓްތަކުގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ކަމަށާއި އެކަމުގައި ކުރިއަށް ދެވޭނީ ކޮމިޝަނުގެ ގޮތުގައި، 460،000ރ. (ހަތަރު ލައްކަ ފަސްދޮޅަސްހާސް ރުފިޔާ) ދިނުމުންނެވެ. އަދި އެ ފައިސާ ތިން ދުވަހުގެ ތެރޭގައި ދައްކަންޖެހެއެވެ. އެފައިސާއަކީ ވެސް ހައުސިންގ މިނިސްޓްރީއަށް ދާނެ ފައިސާ ކަމަށް އެފަރާތުން ބުންޏެވެ. މީގެ އިތުރުން، އެ ފައިސާ ހައުސިންގ މިނިސްޓްރީގެ ތެރެއަށް ވަންނާނީ ފްލެޓް ލިބި، ކޯޓު މަރުހަލާ ނިމުމުން ކަމަށް ވެސް ބުންޏެވެ.

ފްލެޓް ރަޖިސްޓްރީ ކުރުމުގެ ހުރިހާ ކަމެއްވެސް ހިނގާނީ އޮންނަ އުސޫލުގެ ތެރެއިން ހައުސިން މިނިސްޓްރީ ތެރެއިން ކަމަށް ވެސް، ފްލެޓް ވިއްކުމުގެ ބްރޯކަރުން ކަށަވަރު ކޮށްދިނެވެ. އަދި ފައިސާ ދައްކަން ޖެހޭނީ ވެސް ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ގާކޮށްޓާއި އަރަބިއްޔާގެ ފްލެޓްތަކަށް ފައިސާ ދައްކަންޖެހޭ އުސޫލުން 19 އަހަރު ވަންދެން ކޮންމެ މަހަކު 7200ރ. ކަމަށް ވެސް އެމީހާ ބުންޏެވެ.

ރާއްޖެއެމްވީގެ ތަހްގީގު ޓީމް ބައްދަލުކުރީ މެދުއުމުރުގެ ދެ ފިރިހެނުންނާ އެވެ. މި ގްރޫޕްގެ އިތުރުން ވެސް ފްލެޓް ވިއްކުމުގައި އެހެން ބްރޯކަރުން ވެސް ހަރަކާތްތެރިވެ އެވެ. ރާއްޖެ އެމްވީގެ ތަހްގީގު ޓީމާ ބައްދަލުކުރި ބްރޯކަރުން ހިންގަނީ ސައްހަ މުއާމަލާތެއްކަން ކަށަވަރުކޮށް ދިނުމަށް އަދި އެ ފަރާތްތަކާމެދު އިތުބާރު ހޯދުމަށް އެތައް ވާހަކައެއް ދައްކަ އެވެ. އެ މީހުން މީގެ ކުރިން ވެސް ފްލެޓް ވިއްކާފައިވާ ކަމަށާއި މައްސަލައެއް ދިމާވެފައި ނެތް ކަމަށް ބުނެ އެވެ.

މި ބްރޯކަރުން ފައިސާ ނަގަނީ އެމީހުންގެ އައިޑީކާޑް ކޮޕީ ދީ، ވަގުތީ އެއްބަސްވުމެއް ވެސް ހެދުމަށް ފަހުގައެވެ. ކޮމިޝަންގެ ގޮތުގައި ހަތަރު ލައްކައެއްހާ ރުފިޔާ ދެއްކުމުން ތިން ދުވަހުގެ ތެރޭގައި ފްލެޓް ދައްކާނެ ކަމަށް ބުނެ އެވެ. ފްލެޓް ދެއްކުމުން ވަގުތީ އެއްބަސްވުން ވީދާލަންޖެހޭނެ ކަމަށް އެމީހުން ޝަރުތު ކުރެއެވެ. ފައިސާ ދައްކާ އިރު ނަގުދު ފައިސާ ދިނުމަށް އެ މީހުން ޑިމާންޑްކުރެއެވެ.

މި ގްރޫޕުން ފެލްެޓް ވިއްކާފައިވާ ބައެއް މީހުން ބުނި ގޮތުގައި ވަގުތުން ނަގުދު ފައިސާ ނުދެއްކޭ ނަމަ ބޭންކް އެކައުންޓަކަށް ފައިސާ ވަގުތުން ޖަމާކުރަންޖެހެ އެވެ. އަދި ޗެކް ވެސް ގަބޫލުކުރެއެވެ.

ރާއްޖެއެމްވީގެ ތަހްގީގު ޓީމުން ވާހަކަ ދެއްކި ބައެއް ބްރޯކަރުން ބުނި ގޮތުގައި އެ މީހުން ފްލެޓް ވިއްކަނީ ހައުސިންގ މިނިސްޓްރީ މެދުވެރިކޮށް ހިންގާ މުއާމަލާތްތަކެއްގެ ގޮތުގައި ކަމަށާއި މިކަން ކުރަނީ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ ގުޅިގެން ކަމަށް އޭނާ ބުނެ އެވެ.

ފައިސާ ދެއްކުމުން ފްލެޓް ލިބޭނެކަން ގެރެންޓީ ކުރަނީ ކިހިނެތްތޯ ސުވާލު ކުރުމުން ބްރޯކަރަކު ބުނީ "މިކަހަލަ ކަންކަން ކުރެވޭނީ ކޮންމެވެސް ވަރެއްގެ އިތުބާރެއް ވެސް ކޮށްގެން" ކަމަށެވެ. މިކަމުގެ ޒާތުން މިކަން ކުރަންޖެހޭނީ ވަރަށް ފޮރުވައިގެން ކަމަށް ވެސް އެފަރާތުން ބުންޏެވެ. ފްލެޓްގެ ތަޅުދަނޑި އަތަށް އެރުމަށް ދެ މަސްވަރު ނަގާނެ ކަމަށް އޭނާ ބުންޏެވެ.

މިގޮތަށް ޓާޓާ ފްލެޓްތައް ވިއްކަމުންދާ މީހުންނާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއަށް ގުޅުމުން މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ. އަދި މެސެޖްކުރުމުން އެ މެސެޖް ބެއްލެވި ނަމަވެސް ޖަވާބު ދެއްވާފައެއް ނުވެއެވެ.

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމާއި ގާކޮށީ ހުރި ބިމުގައި އިމާރާތް ކުރި ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން ދިން މުއްދަތުގައި ފައިސާ ނުދެއްކުމުން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިއްކުމަށް ކަނޑައެޅި ފްލެޓްތައް ވިއްކުން މަޑުޖައްސާލާފައި ވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ހުށަހަޅާ ތަރުތީބުން ފްލެޓްތައް ވިއްކުމަށް އިއުލާނު ކުރުމަށް ފަހު، ފްލެޓްތައް ވިއްކުން މަޑުޖައްސާފާއި ވަނީ ގިނަ އަދަދެއްގެ ބަޔަކު ފްލެޓް ގަތުމައްޓަކައި ދެ ދުވަސްކުރިން ކިއު ހެދި ވެސް ފަހުންނެވެ. އޭރު މިނިސްޓަރ މުއިއްޒު ވިދާޅުވީ، އެ ފްލެޓްތައް ގަތުމަށް ރައްޔިތުން ކިއު ހެދުމަކީ ސަރުކާރުން ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި އެހެންކަމުން ފްލެޓްތައް ގަތުމަށް ފަސޭހަ ގޮތެއް ހަމެޖެއްސެންދެން އެ ފްލެޓްތައް ވިއްކުން މަޑުޖައްސާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮރަޕްޝަންގެ ތެރެއިން ފްލެޓްތައް ވިއްކުމަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ބައެއް ފަރާތްތަކުން އޭރު ވެސް ތުހުމަތުކުރިއެވެ. އަދި އޭގެ ފަހުން އެގޮތަށް ބައެއް ފަރާތްތަކަށް ފްލެޓްތައް ވިއްކަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

އެޗްޑީސީއިން ޓާޓާ ފްލެޓްތައް ވިއްކުމަށް ނިންމާފައި ވަނީ ބޭންކް ގެރެންޓީ އެންމެ ފުރަތަމަ ގެންނަ 105 ފަރާތަކަށް ފްލެޓް ފޯމު ދޫކުރާ އުސޫލުގެ ތެރެއިންނެވެ. ފްލެޓް ގަތުމަށްޓަކައި ގެންނަން ޖެހެނީ އެއް ލައްކަ ރުފިޔާގެ ބޭންކް ގެރެންޓީ އެކެވެ.

ޓާޓާ އިން ގާކޮށްޓާއި އަރަބިއްޔާ ސްކޫލު ކުރިން ހުރި ބިމުގައި އިމާރާތްކުރީ 264 ފްލެޓެވެ. މި ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ދޭ ފަރާތްތަކުގެ ޑައުންޕޭމެންޓް ބޮޑުވުމުގެ ސަބަބުން ފްލެޓް ލިބުނު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގޯތި ވިއްކާލާ އަގު އޮޅުވާލުން، ޓެކްސްއަށާއި އިންސާފަށް ހަދާ ބޮޑު މަކަރެއް!

ގޯތި ވިއްކާލާ އަގު އޮޅުވާލުން، ޓެކްސްއަށާއި އިންސާފަށް ހަދާ ބޮޑު މަކަރެއް!

30 އޮކްޓޯބަރު 2017
ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017
މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

14 ސެޕްޓެމްބަރު 2017
ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

27 އޯގަސްޓު 2017
ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

10 ޖޫން 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު