Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މާލެ ސިޓީގެ ފަޅު

ކޮންމެ ފިޔަވަޅެއް އަޅަނީ މޭގަނޑު އަތަށް ލައިގެން، ކައްސާލާނެ ވަގުތެއް ނޭނގޭ!

މާލޭފަޅު ތެރޭގައި ޖާގައެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2020 | ހޮނިހިރު 18:08
ވަރަށް ތަކުލީފާއެކު އެއްލޯންޗުން އަނެއް ލޯންޗަށް ކުޑަ ކުއްޖަކު އަރުވަނީ

ވަރަށް ތަކުލީފާއެކު އެއްލޯންޗުން އަނެއް ލޯންޗަށް ކުޑަ ކުއްޖަކު އަރުވަނީ

މާލެ ސިޓީ ތޮއްޖެހި ޓްރެފިކް ބާރުބޮޑުވާ ވާހަކައަކީ އަބަދުވެސް ދައްކަމުން އަންނަ އެއް ވާހަކައެވެ. ޓްރެފިކް ޖޭމްވެ، ކުރިއަށް ނުދެވޭ ޙާލަތުގައި މަގުމަތި ހަމައަކަށް އަޅުވަނީ ޓްރެފިކް ފުލުހުންނެވެ. ޓްރެފިކް ޖޭމްވާ ވަކި ވަގުތުތަކެއް ވެސް ހުރެއެވެ. އެގޮތުން އޮފީހަށް މީހުންދާ ވަގުތާއި، ސްކޫލަށް ކުދިން ގެންދާ ވަގުތު އަދި ނިމޭ ވަގުތާއި، ދަތުރުތަކަށް މީހުން ފުރަންދާ ވަގުތަކުގައި މަގުމަތި ވަރަށް ބާރުބޮޑުވެއެވެ. ޚާއްސަ ގޮތެއްގައި ޗުއްޓީތަކުގައި މީހުން ފުރުމަށްދާ ވަގުތުތަކުގައި މާލެ ސިޓީގެ އެންމެ ބޮޑު، ފުޅާ މަގުކަމަށްވާ ބޮޑުތަކުރުފާނު މަގު ވެސް ވެހިކަލްތަކުން ތޮއްޖެއެވެ.

މިހުރިހާ ތަކުލީފެއްގައި ދިރިއުޅެން ޖެހޭތީ ދެދުވަސް ނުވަތަ ހަތަރު ދުވަސް ޗުއްޓީއެއްގެ ގޮތުގައި ލިބިއްޖެނަމަ ގިނަ މީހުން މި ސިޓީ ދޫކޮށް އަތޮޅުތެރޭގެ ހިތްގައިމު ރަށްތަކަށްދެއެވެ. އެގޮތުން އެންމެ ފަހުން ލިބުނު އައު އަހަރުގެ ބަންދާއެކު ރަށަށް ދިއުމަށް އަޅުގަނޑު ވެސް ނިންމީމެއެވެ. އެދުވަހު ޑިއުޓީގައި ހުރެފައި ހަވީރު ފުރަން އޮތް ލޯންޗާ ދިމާލަށް ދިއުމަށް މިޞްރާބު ޖެހީ ގަޑިޖެހެން ގާތްގަނޑަކަށް 15 މިނެޓަށް ވީމައެވެ. ގާތް އެކުވެރިއާއެކު ސައިކަލުގައި ދިޔައިރު ވެސް ޓްރެފިކް ބާރު ބޮޑުވާނެކަން އެގެއެވެ. ބެންކް އޮފް މޯލްޑިވްސް ދޮރުމަތިން ފުރުމަށް ހަމަޖެހިފައިވާ ލޯންޗަށް ގަޑިއަށް ދެވުނީ ހަމަ ކިރިޔާއެވެ. މުޅި ޞަރަޙައްދު އޮތީ ފުރި ބާރުވެފައެވެ. ވެހިކަލްތަކުގެ އަޑުން އޮތީ އެ ޞަރަޙައްދު ގުގުމާލާފައެވެ.

ނަމަވެސް ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކުން މާލޭގެ ޓްރެފިކް މަތިން މުޅިން ހަނދާން ނެތިއްޖެއެވެ. މާލޭގެ ފަޅުތަކުގައި އަޅާފައި އޮތް ލޯންޗުތައް އޮތީ ކިއުގައެވެ. އެލޯންޗުތަކަށް މީހުންތައް އަރަމުންދަނީ އެއްލޯންޗުން އަނެއް ލޯންޗުން ފުންމަމުން ކަހަލަ ގޮތަކަށެވެ. އަންހެނުންނާއި ކުޑަކުދިން ލޯންޗުތަކަށް އަރަނީ ވަރަށް ވެސް ޙާލުގައެވެ. ޚުދު އަޅުގަނޑުމެން ވެސް ލޯންޗަށް އެރީ 03 ލޯންޗު ހުރަސް ކުރުމަށްފަހުއެވެ.

ލޯންޗެއްގައި ހުރި ކައްޕިއެއް ބުނި ގޮތުގައި ފަޅުތެރޭން ޖާގަ ނުލިބުމުން، ފެރީތަކާއި، ލޯންޗުތައް ލޯންޗު ކައިރި ޖެޓީއާ ކައިރި ނުކުރެވި، ދުރުގައި ގާތްގަނޑަކަށް މަދުވެގެން 04 ގަޑިއިރު މަދުކުރަން ޖެހޭ ފަހަރު އާދެއެވެ. މިއީ މުޅި މާލޭގެ ވަށައިގެން ބޭނުންކުރާ ފަޅުތަކުގެ ޙާލަތު ކަމަށް ވެސް އެނާ ބުންޏެވެ. އަދި ބައެއް ޙާލަތްތަކުގައި އެއްލޯންޗަކާއި، އަނެއް ލޯންޗު ޖެހި ގެއްލުންވާ ފަހަރުވެސް އަންނަ ކަމަށް އެމީހާ ބުންޏެވެ.

މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފަޅަށް އިޝާރާތްކޮށް ފަޅުވެރިއަކު ބުނީ، އެފަޅު ތެރޭގައި ބޭނުން ނުކުރާ ގިނަ އުޅަނދުތައް އަޅާފަ ހުންނަ ކަމަށާއި، އެތަނުން ލަފާ ފުރުމަކީ ދަތިކަމެއް ކަމަށެވެ. އަދި މޫސުން ގޯސްވެއްޖެނަމަ އެ ނެރުން ވަދެ ނުކުތުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ވެސް އެ ފަޅުވެރިޔާ ބުންޏެވެ.

ރ. އަތޮޅަށް ދަތުރުކުރާ ލޯންޗުގެ ކައްޕިއެއް ކިޔާދިން ގޮތުގައި ކޮންމެ ދުވަހަކު ވެސް ލޯންޗުތަކުގައި ދުވާލަކު 300އަށްވުރެ ގިނަ މީހުން ދަތުރުކުރާއިރު، މާލެ އައިސް އެ އެންމެން ބާލަންޖެހެނީ މަގުމައްޗަށްކަމަށެވެ. ވާރޭ ވެހުނު ކަމުގައި ވިޔަސް ގަދަ އަވީގައި ނަމަވެސް މިނޫން ގޮތެއް ނެތް ކަމަށް އެމީހާ ބުންޏެވެ. ބައެއް ޙާލަތްތަކުގައި ލޯންޗު ލަސްވާއިރު ވެސް ފަސިންޖަރުން މަޑުކޮށްލަން ޓަރމިނަލްއެއް ނެތުމީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ކައްޕި ބުންޏެވެ. ގެސްޓްހައުސްގެ ވިޔަފާރިތައް ފުޅާވަމުންދާކަން ފާހަގަކޮށް ކައްޕި ބުނީ، ގިނަ ފަރަށް ލޯންޗު ފުރަން އޮންނަ ގަޑި ލަސްކުރަންޖެހެނީ ފަތުރުވެރިޔާ ނައިސްގެން ކަމަށާއި، އެހެން އެކަން ދިމާވަނީ ވެސް ޓަރމިނަލްއެއް ނުހުންނާތީ ކަމަށެވެ.

މިއީ ލޯންޗު ފެރީތަކުގައި ރަށްރަށުން މާލެ ދަތުރުކުރާ މީހުންނަށް އާ ކަމެއް ނޫނަސް މިކަމަށް އަވަސް ޙައްލެއް ގެންނަންޖެހެއެވެ. ގިނަ ބަޔަކަށް މިކަމުގެ ސަބަބުން ތުރާލަކަށް ވެފައިވާއިރު، އެއްލޯންޗުން އަނެއް ލޯންޗަށް ބަދަލުވާން އުޅޭ ގަޑީގައި ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ބިރު ވެސް އެބައޮތެވެ.

މިމައްސަލައާ ގުޅޭ ގޮތުން ރާއްޖެއެމްވީއަށް މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސަމާއު ޝަރީފް ވިދާޅުވީ ޤަވާއިދާއި ޚިލާފަށް މާލެއާއި ވިލިނގިލީގެ ފަޅުގެ އެކި ޞަރަޙައްދުތަކުގައި ދަތުރުނުކޮށް އަޅާފައި ހުންނަތާ ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރުތައް ނެގުމަށް އަންގާފައިވާ ކަމަށެވެ. އަދި މިމަހުގެ 15 ގެފަހުން ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކައުންސިލާއި، މެރިން ޕޮލިސް ގުޅިގެން ކުރާނެ ކަމަށެވެ. ސަމާއު ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ އެއްވެސް އުޞޫލެއް ޤަވާއިދެއް ނެތި ބޭނުންކުރަމުންދިޔަ ފަޅުތެރެ ހަމައަކަށް އެޅުވުމަށް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ލޯންޗާއި، ފެރީތަކަށް ޚާއްޞަ ޞަރަޙައްދެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ސަމާއު ވިދާޅުވީ، މާލެފަޅުތެރެ ތަރުތީބު ކުރުމުގެ މަސައްކަތުގެ ދަށުން އުތުރުގެ އަތޮޅުތަކަށް އަދި ދެކުނު އަތޮޅުތަކަށް ފުރާ ފެރީ، ލޯންޗު ފަހަރުތަކަށް ޚާއްޞަ ޞަރަޙައްދުތައް ކަނޑައަޅާ، ބޯޑުތައް ބެހެއްޓިގެންދާނެ ކަމަށެވެ.

އަތޮޅުތަކަށް ފުރާ މީހުންނަށް ޚާއްޞަކޮށް، ޚާއްސަ ޓަރމިނަލްއެއް ޤާއިމުކުރާނެކަން ފާހަގަކުރައްވައި ސަމާއު ވިދާޅުވީ، ޓާމިނަލް އެޅުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އަޅާނުލާ ދޫކޮށްލެވިފައިވާ މިފަދަ ކަންކަންކުރުމުގައި ގިނަ ދުވަސްނަގާނެ ކަމަށެވެ. ނަމަވެސް އުންމީދުކުރަނީ ކައިރި މުސްތަޤުބަލެއްގައި މިކަންކަން ވެގެން ދިއުން ކަމަށެވެ. އެންމެހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ސަމާއު ފާހަގަކުރެވިއެވެ.

ތެދެކެވެ! މާލެ ސިޓީގެ ތޮއްޖެހުމަށް ޙައްލެއް ގެންނަ ވާހަކަ ދައްކާއިރު، ތޮއްޖެހުން އިތުރުވުމުގެ ސަބަބުން ދަތުރުފަތުރަށް އުނދަގޫ ވަނީ ހަމައެކަނި މާލޭގެ މަގުތަކުގައި އެކަންޏެއް ނޫނެވެ. ތޮއްޖެހުމުގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގުމުގެ ނުރައްކާ ވެސް އޮތީ ހަމައެކަނި މާލޭގެ މަގުތަކަށް އެކަންޏެއް ނޫނެވެ. މާލެ ފަޅުތެރެ ތޮއްޖެހި ބާރުބޮޑުވުމުގެ ސަބަބުން ކޮންމެ މީހަކު ވެސް ހުރަސް ކުރަނީ މޭގަނޑު އަތަށްލައިގެންނެވެ. ކައްސާލާ، ބިރުވެރި ޙާދިސާއެއް ހިނގާނީ ކޮން ވަގުތެއްގައި ކަމެއް ނޭނގެއެވެ. ވީމާ ރައްކާވެ ތިބިއްޔާ ދަތުރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.

އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.

11 އޮކްޓޯބަރު 2017
މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

04 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
އަޅުގަނޑަށް އިވުނީ އަތަށް ގޮވި އަޑެވެ.

އަޅުގަނޑަށް އިވުނީ އަތަށް ގޮވި އަޑެވެ.

16 ސެޕްޓެމްބަރު 2017
ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟

ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟

13 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު