Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިގްތިޞާދީ މާހިރު

އިގްތިޞާދީ މާހިރުގެ ހިސާބު ޖެހުން!

ދައުލަތަށް އާމްދަނީ އިތުރު ކުރުމަށް ކަނޑައަޅާ ކަންކަމުން ނަތީޖާއެއް ނުފެނުނު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2017 | ބުދަ 11:55
މިސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް އިތުރުވެ، ފެންމަތި ވެފައިވޭ

މިސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް އިތުރުވެ، ފެންމަތި ވެފައިވޭ

ރާއްޖޭގެ ވެރިކަން މިހާރު ކުރަމުންދާ ސަރުކާރާމެދު ދިވެހި ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އެބައޮތެވެ. ސަބަބުތައް ވެސް ބައިވަރެވެ. މައިގަނޑު ސަބަބަކީ ކޮންމެ ގޮތަކުން ވެސް ސަރުކާރުން ދެމިއޮތުމަށް ކުރަންޖެހޭ ކޮންމެކަމެއް، ކޮންމެ އަގެއް ދައްކައިގެން ވިޔަސް އެކަން ކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ މި ސަރުކާރު ދެމިއޮތުމަށް ލާހޫރެނީ އެވެ. ވެރިކަން ފިޔަވާ އެއްވެސް އެހެން އަމާޒެއް އޮތްކަމަކަށް ފެންނަމުންދާ މަންޒަރުން ސިފައެއް ނުވެއެވެ.

ވެރިކަމުގައި ހުންނެވީ އިގްތިޞާދީ މާހިރެކޭ ސަރުކާރުގެ އިސްވެރިން ބުނިނަމަވެސް އެކަންވެސް މިސަރުކާރުގެ ތެރެއިން ނުފެނެ އެވެ. އޭގެ އެއް ހެއްކަކީ މިހާތަނަށް ތިން ބަޖެޓެއް ތައްޔާރުކުރިއިރުވެސް ދެކޮޅު ނުޖެހޭ ކަންކަން ހުރުމެވެ. މި ސަރުކާރުން ތައްޔާރުކުރި ފުރަތަމަ ބަޖެޓަކީ 2014 ވަނަ އަހަރު ތައްޔާރުކުރި 2015 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓެވެ. އެ ބަޖެޓްގައި އާމްދަނީ އިތުރު ކުރުމަށް ކަނޑައަޅާފައިވާ ކަންކަމަށްބަލާއިރު އިމްޕޯޓް ޑިއުޓީގެ ބައެއް ރޭޓްތައް ރިވައިޒްކުރުމަށް ނިންމިއިރު، މިއީ އިގްތިސާދީ މާހިރުގެ މޮޅުކަމުން ލިބޭ އާމްދަނީ އެއް ނޫނެވެ. މިއީ ވިޔަފާރިވެރިންނާއި އާއްމު ރައްޔިތުން ޖީބުން ދައުލަތަށް ދައްކަން ޖެހުނު ތަކުލީފެކެވެ.

ދެން އޮތީ ގްރީން ޓެކްސްއެއް ތައާރަފް ކުރުމެވެ. އެޓެކްސް އަކީ ރާއްޖެ ޒިޔާރަތް ކުރާ ފަތުވެރިންގެ އަތުން އިތުރަށް ނަގަން ނިންމި ޓެކްސް އެކެވެ. އެއީ ވެސް ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ނިޔަތުގަ އެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރަން ޓެކްސްއެއް ނަގާނަމަ ފަތުރުވެރިން އެ ޓެކްސް ދެއްކުމަށް ހިތްހަމަ ނުޖެހިގެން އުޅޭނެ ހެނެއް ހިޔެއް ނުވެއެވެ. ނަމަވެސް ހިތާމައަކީ ގްރީން ޓެކްސްއިން ލިބޭ ފައިސާ ވަންނަ ތަނެއް ނޭނގޭތީ އެވެ.

ދެން އޮތީ އޯވަރނައިޓަކުން މަޖިލީހުން ފާސްކުރި "ބޮޑު ބިލް"ގެ ވާހަކަ އެވެ. އާދެ! ސްޕެޝަލް އިކޮނޮމިކް ޒޯން ތަކަށް އަންނަ އިންވެސްޓްމަންޓްތަކުން އެކުއިޒިޝަން ފީއެއް ނެގުމަށް ނިންމާފައިވާ ނިންމުމެވެ. ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނު މަޖިލީހުން ފާސްކޮށް، މާވަރުގަދަ އިވެންޓެއް އަލިމަސް ކާނިވަލުގައި ބާއްވާ، ހަވާއެރުވިއިރު، މިއަދަށްވެސް އެބުނާ އިންވެސްޓަރުން ރާއްޖެއައިސްފައިވާކަން އެނގޭކަށް ނެތެވެ. އެކަމަކު ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނު ފާސްކުރުމަށް ފަހު ބޭއްވި މި ބުނާ އިވެންޓްގައި ސަރުކާރަށް ތާއީދު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވެފައި ވަނީ "އަޅުގަނޑުމެންދާނީ ރޮކެޓް ސްޕީޑްގައި" ކަމަށެވެ. ދެން ހުންނެވި އެހެން މެމްބަރެއް ވިދާޅުވީ މިސަރުކާރަށް މަތިންދާ ބޯޓް ވެސް އުފެއްދިދާނެ ކަމަށެވެ. ކަނޑުގައި ދުއްވާ އޮޑިދޯނި ފަހަރު ބަންނަ ފަންނުވެރި ވަޑިއެއް ވެއްޖިއްޔާ މަތިންދާ ބޯޓު އެ މީހުންނަށް އުފެއްދިދާނެ ކަމަށް އެ މީހުންނަށް ގަބޫލު ކުރެވުމަކީ އެއީ އެމީހުންގެ މައްސަލައެއް ނޫނެވެ. ކަނޑުގަ ދުއްވިޔަސް މަތިން ދުއްވިޔަސް ބޭނުން ކުރަމުން ދަނީ ދަތުރުފަތުރު ކުރުމަށެވެ. އެހެންވީމާ މާވަޑިޔާއަށް މަތިންދާ ބޯޓް އުފެއްދުމުގެ ހިޔާލު އަތުވެދާނެ ތާއެވެ.

ހަތަރު ވަނަ ކަމަކަށް އޮތީ ބިން ވެރިކުރުމުގެ ޕްރޮގްރާމް ހިންގައި އާމްދަނީ ހޯދުމެވެ. ނަސަންދުރަ ދިނީ ޅިޔަނަށެވެ. ދެންވެސް މާލޭގައި ހުރި ބައެއް ބިންތަކާއި ރާއްޖޭގެ އެހެނިހެން ރަށްރަށުން ދޫކޮށްފައިވާ ބިންތައް ދިން މީހުން އެނގޭނީ ވެސް ހަމަ މިސަރުކާރަށެވެ. ބިންތައް ދިން މީހުންގެ ނަންތައް ސިއްރެވެ. އެއީ އެމީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައެެވެ.

ފަސްވަނަ ކަމަކަށް އޮތީ ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް 10 ރަށެއް ކުއްޔަށް ދިނުމެވެ.

މި ވެރިކަމުގައި ދިވެހިރާއްޖެއިން އެކިއެކި މީސްމީހުންނަށް ނުވަތަ ކުންފުނިތަކަށް ދޫކޮށްފައިވާ ފަޅުރަށްރަށާއި ފަޅުތަކުގެ ވާހަކަ ދައްކަން ހެޔޮނުވާނެ އެވެ. އެބުނާ ފަޅު ރަށްރަށާއި ފަޅުތައް ވިއްކައިގެން އެއްބަޔަކު އެތިބީ ޖަޅުގޮޅީގަ އެވެ. ލިބުނު ފައިސާތައް ދިނިއްޔާ ނޫނީ ސިއްހީ ފަރުވާ ވެސް ނުލިބޭ ހިސާބަށް ކަންކަން ގޮސްފައިވާއިރު، އެފައިސާތައް ބައިބަޔަށް ބެހީ އެވެ. އެކަމަކު ޖަލުގައި އޮންނަންޖެހުނީ "ބްރޯ" އަށެވެ. "ބޮސް" އަދި އަތެއް ނުވެއެވެ. "ބޮސް" އެއީ ކާކުކަން އެނގޭނީ މި ނޫން ސަރުކާރެއް ވެރިކަމަށް އައި ދުވަހަކުންނެވެ.

ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި ހިޔާނާތުގެ ފައިސާ ބިލިޔަނުން ގުނާލެވޭއިރު، މި ހިނގަމުންދާ 2017 ވަނަ އަހަރު ދެބައިވިއިރު ދައުލަތުގެ ބަޖެޓްގައި ފައިސާ ނެތިގެން ތެޅިފޮޅެނީ އެވެ. އެންމެ ފަހުން މިއިން ދުވަހަކު ވެސް ސަރުކާރަކުން ނުކުރާކަމެއް، އަހަރު ނިމެން ދެމަސްދުވަހަށް ކައިރިވިއިރު މިވަނީ 493 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރުމަށް ނިންމާފަ އެވެ. މިހާބޮޑަށް ހިސާބުތައް ދިމާނުވެ ދިޔައީ އިގްތިސާދީ މާހިރަށް ހިސާބުތައް ޖަހަން އެނގިލައްވާލެއް މޮޅުކަމުން ދެއްތޯ އެވެ. މިއަހަރު ނިމެން ބާކީ ދެމަސް ދުވަހަށްވީއިރު ހުށަހެޅި 493 މިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ، މިއަހަރުގެ މިހާތަނަށް އެންޓި ކަރަޕްޝަން ކޮމިޝަނުން ބެލި މައްސަލަތަކުގައި ދައުލަތަކުން ލިބެެން ޖެހޭ ފައިސާގެ އަދަދުވެސް 1.3 ބިލިއަނަށް އަރައެވެ. މިފައިސާ ހޯދިއްޔާ މާރަނގަޅުވާނެ ނޫންތޯއެވެ. އެމްއެމްޕީއާރުސީގެ ތެރެއިން ވެސް 1.22 ބިލިއަން ރުފިޔާގެ ހިޔާނާތް ވެފައިވާއިރު، ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯ އާއި އެމްޕީއެލް ފަދަ ކުންފުނިތަކުން ހިންގާފައިވާ ކޮރަޕްޝަނާއި ހިޔާނާތުގެ ފައިސާތައް ހޯދުން ބުއްދިވެރި ނޫންތޯއެވެ. މިފަދަ ބޮޑެތި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ފެންމަތި ވަމުންދާއިރު އިގްތިސާދީ މާހިރަށް ކަހާތަން ހިރުވާވެސް ނުލަ އެވެ.

ރަށްރަށަށް ކަރަންޓް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ފެނަކައަށް ހެޔޮ އަގުގައި އިންޖީނަށް އަޅާ ޑީސަލް ލިބެންއޮތްއިރު، ތިން ގުނަ އަގު ބޮޑުކޮށް ޑީސަލް ގަންނަނަމަ، ކަރަންޓްގެ އަގު ބޮޑުވާނެކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް އެނގޭނެތާއެވެ. އަދި އެކަން އެގޮތަށް އެކުރަނީ ކޮންމެވެސް ބަޔަކަށް މާލީ މަންފާއެއް ހޯދާދިނުމަށްކަން އެވިދާޅުވާ އިގްތިސާދީ މާހިރަށް ނޭނގޭނަމަ، އިގްތިސާދީ މާހިރު ކަމުގެ ލަގަބު ދިން ނުވަތަ ކިޔެވި ޔުނިވަރސިޓީއަށް މަވާ ސަލާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ޖަޒީރާ ދިރިއުޅުމުގެ ވައުދުން ތަރައްގީ އާއި ހިތްހަމަޖެހުން

އެމްޑީޕީގެ ޖަޒީރާ ދިރިއުޅުމުގެ ވައުދުން ތަރައްގީ އާއި ހިތްހަމަޖެހުން

05 ޖުލައި 2018
ޓްރެފިކް ފުލުހުންގެ ކަމަކީ ސްޓިކާ ޖެހުން އެކަނިތަ!

ޓްރެފިކް ފުލުހުންގެ ކަމަކީ ސްޓިކާ ޖެހުން އެކަނިތަ!

02 އެޕްރީލު 2018
ޕަދްމާވަތު އެޅުވުމުން ހަމަނުޖެހުން ހައްލުވާނެތަ؟

ޕަދްމާވަތު އެޅުވުމުން ހަމަނުޖެހުން ހައްލުވާނެތަ؟

25 ޖެނުއަރީ 2018
ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

21 ޑިސެމްބަރު 2017
އިޤްތިސާދީ މާހިރުގެ ހިސާބުޖެއްސެވުން، ވާނުވާއެއް ނޭނގޭ!

އިޤްތިސާދީ މާހިރުގެ ހިސާބުޖެއްސެވުން، ވާނުވާއެއް ނޭނގޭ!

04 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު