Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަޑި ނޭނގޭ ކުޑަ ސޯބުތައް ގިނަވެ ބޮޑު ސޯބަށް ނުކުޅެދިފައި!

ގާސިމް ވިދާޅުވަނީ ކުޑަ ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭހެން ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2019 | ހޮނިހިރު 12:54
ދާދި ފަހުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވި އިދިކޮޅުގެ ބައެއް އިސްފަރާތްތައް

ދާދި ފަހުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވި އިދިކޮޅުގެ ބައެއް އިސްފަރާތްތައް

ކުޑަ ސޯބުތައް އެނބުރޭނީ ބޮޑު ސޯބު އެނބުރޭހެންނޭ މުސްކުޅިން ބުނެއުޅެއެވެ. ނަމަވެސް ޒަމާނާ ހާލަތު ވެސް ބަދަލުވެއްޖެއެވެ. އެއިރު ކުޑަ ސޯބު ނިސްބަތް ކުރަނީ ގޭގައި އުޅޭ ކުޑަ ކުދިންނަށް ނުވަތަ އާއިލާއެއްގެ ހަގަށް ތިބޭ މީހުންނަށެވެ. ބޮޑު ސޯބަކީ ވެރި މީހާ ނުވަތަ އިސްކޮށް ހުންނަ މީހާއެވެ.

މިއަދު އެ ހާލަތު ބަދަލުވެ ސިޔާސީ ކުދި ސޯބުތައް ގިނަވެ ހައްދުން ނައްޓާ ހިސާބަށް ގޮސްފިކަމަށް ގިނަ ބަޔަކު ބުނެއެވެ. ކޮންމެ 5 އަހަރަކުން އެއްފަހަރު ނުވަތަ ބޯ މަތިވާ އިންތިހާބާއެކު މި ދަންނަވާ ސޯބުތައް ވަހުތާނެއްހެން އެނބުރެން ފަށައެވެ. ދަންނަވަން މިއުޅެނީ ޖުމްހޫރީ ޕާޓީގައި ކުދި ސޯބުތައް ގިނަވެ ބަލަދު އަރާ ސޯބަށް ބުރައަކަށްވާ ހިސާބަށް ގޮސްފައިވާ ވާހަކައެވެ.

ރާއްޖޭގައިސިޔާސީ ގޮތުން ހަށި ވިއްކާ މީހުން އުޅޭ ވާހަކައަކީ އާންމު ވާހަކައެކެވެ. ފެން އޮތްތާކަށް މަސްދާނޭ ބުނާ އުސޫލުން ހޫނު މޫސުމުގައި ކޯރުގެ ފެންގަނޑު ހިނދި ޖުމްހޫރީ ޕާޓީގެ މުގުލުގައި އޮތް ފެންކޮޅަށް ނުކަތާވަރަށް މަސް ގިނަވި ވާހަކައެވެ. އެއްކަލަ ބޮޑު ސޯބު އެނބުރޭ ގޮތަށް ކުޑަ ސޯބުތައް އެނބުރޭނޭ ބުންޏަސް އެކަން އެގޮތަކަށް ނުވެ ނުކަތާވަރަށް އަންނަމުންދަނީ ޕްރެޝަރެވެ.

މާ ދުރުނޫން ހިސާބެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވި ވާހަކައެއް ދައްކާލެވޭތޯ ބަލާނަމެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ފަހުރުވެރިކަމާއެކު ގާސިމް ވިދާޅުވެފައިވަނީ ބޮޑު ސޯބު އެނބުރޭގޮތަށް ކުދި ސޯބު އެނބުރޭނީ ބުނެ އުޅުއްވާ ކަމަށެވެ. އަދި މިއީ ދިވެހިން ގަބޫލުކުރައްވާ ވާހަކައެއް ކަމަށާއި ހުރިހާތަނެއްގައި އަދި ހުރިހާ އިރެއްގައި ވެސް އެކަންކަން ހިނގައިދަނީ އެހެންކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ވާހަކައިގެ ނުސީދާ ގޮތަކަށް ނަމަވެސް ރައްދު ދެއްވީ ގާސިމްގެ ބައިކުޅަ ބައި ރައްޓެހި ޕީޕީއެމްގެ ލީޑާޝިޕުން ދެންނެވި ވާހަކައަކަށެވެ. ފެން އޮތް އިރު ޕީޕީއެމްގެ ފެންގަނޑުގައި ބަކަ ތެޅި ބަޔަކު ކުއްލިއަކަށް ޖޭޕީއަށް ދިޔަ ވާހަކަ ޕީޕީއެމުން އަސަރާއެކު ދެއްކުމުން ގާސިމަށް ވެސް އެކަން ހަޖަމްކުރަން ދަތިވީއެވެ.

ނަމަވެސް ގާސިމް ޕާޓީއަށް ސިޔާސީ އިސް މީހުން އައިކަމަށް ފަހުރުވެރިކަމާއެކު ވިދާޅުވިނަމަވެސް، އަދި ބޮޑު ސޯބު އެނބުރޭހެން ކުޑަ ސޯބު އެނބުރޭނެކަމަށް ވިދާޅުވިނަމަވެސް އެކަން އެގޮތަށް ހިނގާނޭ ޖޭޕީގެ އެތެރެއިން ވެސް ގަބޫލެއް ނުކުރެއެވެ. ލަނޑަޔާވާނީ ލަނޑަޔާއަށެވެ. އެދުމެއް ނެތި ވެދުމެއް ވެސް ނުކުރާނެއެވެ.

ދެން އެ ކުޑަ ސޯބުތަކުގެ ވާހަކަ ދައްކާލަމާ ހިންގަވާށެވެ. އެއީ ޕީޕީއެމަށް މަރުދީ ޕީޕީއެމުން ނޫން ވަރެއް ނެތިގެން އެއް ދުވަސްވަރެއްގައި އުޅުނު ބަޔެކެވެ. އަދި ޕީޕީއެމް ނޫން އެހެން ޕާޓީއަކަށް ދިއުމަކީ ހަރާމްކަމެއް ކަމަށް ކަރަށް ނާރު އަރުވާފައި އަޑުގެ ނެތްކޮޅަށް ގޮވި މީހުންނެވެ. މިއަދު ބާ ކަނޑިކި މަތިން ހަނދާން ނެތިއްޖެއެވެ. އެދުވަހު އެންމެ ހުތުރުކޮށް އެއްޗެހި ގޮވި މީހާގެ ފައި ބުޑަށް މި ބުނާ ސޯބުތައް އެނބުރެމުންގޮސް ވެއްޓީދާނޭ އަދިވެސް ގަބޫލުކުރަން ދަތިކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކުޑަ ސޯބުތައް އެނބުރެމުން ގޮސް ބޮޑު ސޯބު ކައިރިއަށް އައި ނަމަވެސް ބޮޑު ސޯބު އެނބުރޭހެން ކުދި ސޯބެއް ނޭނބުރެއެވެ. ބޮޑު ސޯބަކީ މިހާރު އޮތް ކޯލިޝަން ސަރުކާރުގެ އެއް ލީޑަރެވެ. އަދި ކޯލިޝަންގައި ހުރިހައި ހިނދަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބާރުލުން ދެއްވާ ސަރުކާރުގެ ދިފާއުގައި ހުންނަވާނެކަމުގެ ޔަގީންކަން ދެއްވި ނަމަވެސް ކުޑަ ސޯބުތައް ދަނީ އެ އިތުބާރުގައި ބާގަނޑު ހަދަމުންނެވެ.

ބޮޑު ސޯބު އެނބުރެނީ ކަނާތަށް ނަމަ ފެން އޮތްތަނަށް އައި ކުދި ސޯބުތައް އެނބުރެނީ ވައަތަށެވެ. ލީޑަރުގެ ބަދިގެއިން ކައިގެން ލީޑަރަށް ހަރާންކޯރުވުން ނޫން މިއަށް ދެން ކިޔާނެ އިތުރު ނަމެއް ނެތެވެ.

ގާސިމެވެ. ޕާޓީ ބޮޑުކުރުމުގެ ނަމުގައި ގޮތްނޭނގޭ އޭލިއަންތަކެއް ކުދި ސޯބުންތަކެއްގެ ގޮތުގައި ކައިރީގައި ގެންގުޅެ ތިވަނީ ހަނާއެވެ. ގާސިމްގެ ބަސް އެމީހުން ކައިރީގައި ނުވިކި އެމީހުން އެދަނީ ބޮޑު ސޯބުގެ ބޮލަށް ފަޔަށް އަރަމުންނެވެ. ވަގުތު އެބައޮތެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކުރިން ކައިރީގައި އުޅުނު ވަފާތެރިން ނުގެއްލެނީސް ހޭލާށެވެ.

ބޮޑު ސޯބު އެނބުރޭހެން ކުދި ސޯބު ކުރިން އެނބުރުނަސް ވަގުތާ ހާލަތާ ޒަމާން ބަދަލުވެއްޖެއެވެ. މިއަދު ތިޔަ ގެންގުޅުއްވާ ކުދި ސޯބެއް މަނިކުފާނު އެނބުރޭހާ ގޮތަކަށް ނޭނބުރޭނެކަން އެމީހުންގެ ބަހާ އަމަލުން ވެސް އޮތީ 100 ދީފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

31 ޖުލައި 2017
އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

21 ޖުލައި 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު