Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފްރީ ޓްރޭޑް އެގްރިމެންޓް

ފްރީ ޓްރޭޑް އެގްރިމެންޓް: ޗައިނާ މީހުންނަށް ވެސް ރާއްޖޭގައި ކަންމަތީ ފިހާރަ ހުޅުވޭނެ؟!

3 ޑިސެމްބަރު 2017 | އާދީއްތަ 15:08

ކޮންމެ ބާވަތެއްގެ ވިޔަފާރިއެއް ވެސް ރަޖިސްޓްރީކުރަން ފުރުސަތު ދޭން ޖެހޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 3 ޑިސެމްބަރު 2017 | އާދީއްތަ 15:08
ފްރީ ޓްރޭޑް އެގްރިމެންޓްގެ ސަބަބުން ފައިދާ ވާނީ ޗައިނާގެ އިޤްތިޞާދަށް

ފްރީ ޓްރޭޑް އެގްރިމެންޓްގެ ސަބަބުން ފައިދާ ވާނީ ޗައިނާގެ އިޤްތިޞާދަށް

ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރުމަށް ތައްޔާރުވަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެކު، ރާއްޖޭގައި ޗައިނާގެ ކުދި ވިޔަފާރިވެރިންނަށް ވެސް ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަވަސް އަރުވާލައިގެން މަޖިލީހުން ރުހުން އޮތް ކަމަށް މި އެއްބަސްވުމަކީ ރާއްޖެ ކަހަލަ ކުޑަ ޤައުމަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ އެއްބަސްވުމެއްކަން ފާހަގަކުރަމުން އިޤްތިޞާދީ ބޭފުޅުން ވިދާޅުވާ ގޮތުގައި މިއީ ޗައިނާއަށް ފައިދާ ބޮޑުވާނެހެން ތައްޔާރުކޮށްފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ވޯރާ ވިޔަފާރިވެރިން ރާއްޖޭގެ އިޤްތިޞާދަށް އަތް ގަދަކުރިހެން، ޗައިނާގެ ވިޔަފާރިވެރިންނަށް ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުޅުވާލެވިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށް އިޤްތިޞާދީ ބޭފުޅުން ވިދާޅުވެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ޗައިނާއަށް އާއްމު ވިޔަފާރިކުރުން ހުއްދަވެގެން ދިޔަ ނަމަވެސް، މިހާރު އަމަލުކުރަމުންދާ ޤަވާޢިދުތަކުގެ ސަބަބުން އެހެން ޤައުމަކަށް މިފުރުސަތު ނޯންނާނެއެވެ. ފްރީ ޓްރޭޑް އެއްބަސްވުމުގެ ސަބަބުން ޗައިނާގެ ގިނަ ބާވަތްތަކެއް ޑިއުޓީއަކާއި ނުލައި ރާއްޖެއަށް އެތެރެ ކުރެވޭތީ ޗައިނާގެ މުދާތައް ރާއްޖޭގެ ބާޒާރުގައި ގިނަވާނެ ކަމަށް ބުނެ، ބައެއް ވިޔަފާރިވެރިން ވެސް ގެންދަނީ ފާޑުކިޔަމުންނެވެ. މިހާރު ވެސް ޗައިނާގެ "ފޭކް" މުދާތައް ރާއްޖޭގެ ބާޒާރުގައި ވަރަށް ގިނައެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ 110 ވަނަ މާއްދާގައި ބުނާ ގޮތުން މި އެއްބަސްވުމުގެ ބައިވެރިން، އެޤައުމެއްގައި އަނެއް ޤައުމެއްގެ ކޮންމެ ކަހަލަ އިންވެސްޓްމަންޓެއް ކުރި ނަމަވެސް، އެކަމަކަށް މަގުފަހިކޮށްދޭން ޖެހެއެވެ. އިމެއް ނެތް ގޮތުގައި އިންވެސްޓްކުރުމަށް ހުޅުވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އިޤްތިޞާދީ ބޭފުޅުން ވިދާޅުވެއެވެ.

ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމެންޓާ ގުޅޭ ގޮތުން ދެޤައުމުގެ މެދުގައި މީގެ ކުރިން ބައްދަލުވުންތަކެއް ބާއްވާފައި ވެއެވެ. އެހެން ނަމަވެސް ކުއްލިއަކަށް މަޖިލީހަށް ވައްދައިގެން މަދު ވަގުތުކޮޅެއްގެ ތެރޭގައި މި އެއްބަސްވުމަށް ރުހުން ހޯދި އިރު، އެއްބަސްވުން ކިޔާލާނެ ވަގުތެއް މަޖިލިސް މެމްބަރުންނަށް ލިބިވަޑައެއް ނުގަންނަވައެވެ. އަދި އިދިކޮޅު ބައެއް މެމްބަރުންނަށް ޖަލްސާއަށް ނުކިޔާ ކަމަށް ބައެއް މެމްބަރުން ވިދާޅުވާއިރު، ޖަލްސާއެއް އޮންނަކަން ބައެއް މެންބަރުންނަށް އަންގާފައި ވަނީ ޖަލްސާ ފެށެން މަދު ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ކަމަށް އެމެމްބަރުން ވިދާޅުވެއެވެ.

ޗައިނާއާ އެކު 11 ޤައުމަކުން މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހަދާފައިވާއިރު، މި 11 ޤައުމަކީ ވެސް ސިނާޢީ މަސައްކަތްތައް ކުރާ، ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ބޮޑެތި އިޤްތިޞާދުތަކެވެ. އެހެންކަމުން އެފަދަ އެއްބަސްވުންތަކުގެ ސަބަބުން އެ ގައުމުތަކަށް ބޮޑެތި ފައިދާތަކެއް ލިބިގެންދިޔަ ނަމަވެސް ރާއްޖެއާ އެކު ހަދާ އެއްބަސްވުމުން ރާއްޖެ އަށް ލިބޭ ގެއްލުން ބޮޑުވެފައި ޗައިނާ އަށް ލިބޭ ފައިދާތައް ބޮޑުވާނެ ކަމަށް އިގްތިސާދީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި މީގެ ސަބަބުން ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު އެ ފަރާތްތަކުން ދީފައި ވެއެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

12 ޖޫން 2017

ޗައިނާގެ ކުންމިން ފެއާގައި 86 ގައުމަކުން ބައިވެރިވޭ: އިކޮނަމިކް މިނިސްޓްރީ

12 ޖޫން 2017
ޗައިނާގެ ކުންމިން ފެއާގައި 86 ގައުމަކުން ބައިވެރިވޭ: އިކޮނަމިކް މިނިސްޓްރީ
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
10 މާރިޗު 2017

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

10 މާރިޗު 2017
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
27 ފެބުރުއަރީ 2017

ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި

27 ފެބުރުއަރީ 2017
ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް