Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގަން އިންޓަރނޭޝަނަލް އެއަރޕޯޓު

ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި

ދެކުނުގެ ތިން އަތޮޅުގައި ވޯކް ވިސާގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 27 ފެބުރުއަރީ 2017 | ހޯމަ 22:30
ސްެރީ ލަންކަން އެއާލައިން

ސްެރީ ލަންކަން އެއާލައިން

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ބިދޭސީ ވޯކް ވިސާ ހޯލްޑަރުންނަށް ގަމާއި ކޮލަންބޯއާއި ދެމެދު ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި އެވެ.

ގަމާއި ކޮލަންބޯއާއި ދެމެދު ދަތުރުތައް ފެށި އިރު މާ ބޮޑު ތަރުހީބެއް ނުލިބު އެއް ސަބަބެއް ކަމަށް ގިނަ ބަޔަކު ބުނަމުންދިޔައީ ވޯކް ވިސާ ހޯލްޑަރުންނަށް ގަމުން ސީދާ ކޮލަންބޯއަށް ފުރޭގޮތް ނުވާތީ ކަމަށެވެ.

އެހެން ނަމަވެސް އަލަށް މިގެނައި ބަދަލާއެކު ރިޒަވޭޝަން އިތުރުވެފައިވާ ކަމަށް އޭސް ޓްރެވެލްސްއިން ބުންޏެވެ.

ވޯކް ވިސާގައި މަސައްކަތް ކުރާ ބިދޭސީންނަށް މާރޗް 1 އިން ފެށިގެން ގަމުން ފުރޭ ގޮތް ހަމަޖެހިގެން ދިޔުމުން ގަމާއި ލަންކާ އާއި ދެމެދު ދަތުރުތަކަށް ރިޒަވޭޝަންތައް އިތުރުވެ ޑިމާންޑް ބޮޑުވާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭސް ޓްރެވެލްސްއިން ބުންޏެވެ.

ދެކުނުގެ ތިން އަތޮޅުގައި ވޯކް ވިސާގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރެއެވެ.

ގަމުން ކޮލަމްބޯއަށް ސީދާ ދަތުރު ފެށިއިރު ބިދޭސީ ވިސާ ހޯލްޑަރުންނަށް ދަތުރެއް ނުކުރެވެއެވެ.

ގަމާއި ލަންކާ އާއި ދެމެދު ދަތުރުކުރާ ހަމައެކަނި އެއާލައިން ސްރީލަންކަންއިން މިއަހަރުގެ ފުރަތަމަ ޓާމްގެ ފުރަތަމަ ސްކޫލް ބަންދާއި ދިމާކޮށް ހާއްސަ ފެއާއެއް ފަށާފައިވާއިރު މި ފެއާގެ ދަށުން 305 ޑޮލަރަށް ގަން/ ކޮލަމްބޯ ރިޓާން ޓިކެޓް ލިބެއެވެ.

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2017

ރިކޯޑް އަދަދެއްގެ ޝެފުންނާއެކު އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފަށައިފި

18 ސެޕްޓެމްބަރު 2017
ރިކޯޑް އަދަދެއްގެ ޝެފުންނާއެކު އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފަށައިފި
21 އޯގަސްޓު 2017

ދިރާގު ޓީވީއަށް "އޭއެންޑްއީ" ނެޓްވޯކްގެ 5 ޗެނަލް ތައާރަފު ކޮށްފި

21 އޯގަސްޓު 2017
ދިރާގު ޓީވީއަށް "އޭއެންޑްއީ" ނެޓްވޯކްގެ 5 ޗެނަލް ތައާރަފު ކޮށްފި
09 ޖުލައި 2017

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް "އިންޑިއަން އޯޝަންސް ބެސްޓް އެއާޕޯޓު" ލިބިއްޖެ

09 ޖުލައި 2017
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް "އިންޑިއަން އޯޝަންސް ބެސްޓް އެއާޕޯޓު" ލިބިއްޖެ
09 ޖުލައި 2017

މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކޮށްފި

09 ޖުލައި 2017
މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކޮށްފި
30 ޖޫން 2017

އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި

30 ޖޫން 2017
އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު