Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބީއެމްއެލް

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

މި ފެއަރ އޮންނާނީ ޖުލައި 12 އަދި 13 ވަނަ ދުވަހު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 9 މެއި 2017 | އަންގާރަ 16:42
ޓީޓީއެމް ފެއަރގައި ބީއެމްއެލް އިން ސޮއިކުރުން

ޓީޓީއެމް ފެއަރގައި ބީއެމްއެލް އިން ސޮއިކުރުން

މިއަހަރު ބާއްވަން ހަމަޖެހިފައިވާ "ޓްރެވަލް ޓްރޭޑް މޯލްޑިވްސް 2017" (ޓީޓީއެމް) ގެ ޕްލެޓީނަމް ޕާޓްނަރގެ ގޮތުގައި ބީއެމްއެލް ހަޖައްސައި މިކަމާ ގުޅޭ އެއްބަސްވުމުގައި މި ފެއަރ އިންތިޒާމްކުރާ މޯލްޑިވްސް ގެޓްއަވޭސް އާއެކު ބޭންކް އޮފް މޯލްޑިވްސްއިން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބޭންކްގެ ހެޑް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވަލް އެޖެންޓުންނާއި ގުޅުވައިލުމަށް ކުރިޔަށް ގެންދާ ޓީޓީއެމް ފެއަރ މިއަހަރު އޮންނާނީ ޖުލައި 12 އަދި 13 ވަނަ ދުވަހު ދަރުބާރުގޭގައެވެ.

މި އިވެންޓްގައި ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 300 އަށްވުރެ ގިނަ ރިޒޯޓު ހިންގާ ފަރާތްތަކާއި، ސަޕްލަޔަރުން، އަދި ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވާނެއެވެ.

އަންގާރަ ދުވަހު ހެނދުނު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް ވަނީ ޓީޓީއެމްގައި ކުރިޔަށް ގެންދާ ޚާއްސަ ފޯރަމް "ބީއެމްއެލް ހޮޓެލިއަރ ސަމިޓް މޯލްޑިވްސް 2017" ގެ ޓައިޓަލް ޕާޓްނަރުގެ ގޮތުގައި ހަމަޖެހިފައެވެ. މިފޯރަމްގައި ޓޫރިޒަމް އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ބޮޑެތި ހޮޓެލްތަކުގެ އިސްބޭފުޅުންނާއި އޮޕަރޭޓަރުންގެ މެދުގައި މަޝްވަރާތައް ކުރިޔަށް ގެންދާނެއެވެ.

މި ސްޕޮންސަރޝިޕާ މެދު ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މޯލްޑިވްސް ގެޓްއަވޭސް އާއި އެކު މަސައްކަތްކުރުމަށް މިވެވުނު އެއްބަސްވުމާއި މެދު ބޭންކުން ވަރަށް ފަޚުރުވެރިވާ ކަމަށާއި ދިވެހި ރާއްޖެއަކީ މިއަދުވެސް ބައިނަލްއަގްވާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ޕްރޮފައިލްއެއް އޮތް ގައުމެއް ކަމަށެވެ.

އަދި ރާއްޖެއަކީ އެންމެ މަތީ ފެންވަރުގެ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާއިރު މި ފެއަރގެ ސަބަބުން އިތުރު މާކެޓްތަކަށް ރާއްޖެ ތައާރަފްކުރުމަށް ދިވެހި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުން ބޭނުންވާނެ ބައިނަލްއަގްވާމީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެކަމށް ހީލީ ވިދާޅުވިއެވެ.

" އެނގިވަޑައިގަންނަވާނެ ފަދައިން ޓޫރިޒަމް އިންޑަސްޓްރީން މިވަނީ 2020 ގެ ކުރިން އަހަރަކު ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރުވުމަށް އަޒުމްކަނޑައަޅާފައި، މިކަން ހާސިލްކުރުމަށް އަޅުގަނޑުމެންނަށް މިފަދަ އެހީއެއް ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް." ހީލީ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

12 އޮކްޓޯބަރު 2017
ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

20 އޯގަސްޓު 2017
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

08 ޖުލައި 2017
އައިޕީއޯގެ ކާމިޔާބީން ދައްކައިދެނީ އުރީދޫ މޯލްޑިވްސްގެ ކުރިއެރުމާ މެދު އިންވެސްޓަރުންނަށް އިތުބާރު އޮތުން: ސީއީއޯ

އައިޕީއޯގެ ކާމިޔާބީން ދައްކައިދެނީ އުރީދޫ މޯލްޑިވްސްގެ ކުރިއެރުމާ މެދު އިންވެސްޓަރުންނަށް އިތުބާރު އޮތުން: ސީއީއޯ

24 ޖޫން 2017
މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ

މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ

13 ޖޫން 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު