Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކުންމިން ފެއާ

ޗައިނާގެ ކުންމިން ފެއާގައި 86 ގައުމަކުން ބައިވެރިވޭ: އިކޮނަމިކް މިނިސްޓްރީ

ކުންމިން ފެއާ ކުރިއަށް ދާނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 12 ޖޫން 2017 | ހޯމަ 06:45
ކުންމިން ފެއާގެ ތެެރއިން

ކުންމިން ފެއާގެ ތެެރއިން

ޗައިނާ ކުންމިންގ އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއަރ ނުވަތަ ކުންމިންގ ފެއަރ މިއަދު ފަށާފައިވާއިރު މި ފެއާގައި މިފަހަރު 86 ގައުމަކުން ބައިވެރިވާ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފިއެވެ.

ކުންމިންގ ފެއަރއާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރގެ ނާއިބު އާދަމް ތައުފީޤް ވިދާޅުވީ، މިފަހަރުގެ ކުންމިންގ ފެއަރގައި އިކޮނޮމިކް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ އިތުރުން ހަތަރު ކުންފުންޏަކުން ބައިވެރިވާ ކަމަށެވެ.

ތައުފީގް ވިދާޅުވި ގޮތުގައި މިފަހަރުގެ ކުންމިން ފެއާގައި 4,000 ކުންފުންޏަކުން 8,000 ބޫތު މިފެއާގައި ވަނީ ބަހައްޓާފައެވެ.

ތައުފީގް ވިދާޅުވި ގޮތުގައި މި ފެއާގައި ބައިވެރިވާ 41 ޕަސެންޓް ކުންފުންޏަކީ ޗައިނާއިން ބޭރުގެ ކުންފުނިތަކެވެ. އެގޮތުން މި ފެއާގައި ސައުތު އޭޝިއާގެ އަށް ގައުމަކުން ބައިވެރިވާއިރު ސައުތު އީސްޓް އޭޝިއާގެ 11 ގައުމަކުން ބައިވެރިވެއެވެ. އަދި ޗައިނާގެ 20 ޕްރޮވިންސްއަކުން މިފަހަރުގެ ކުންމިން ފެއާގައި ބައިވެރިވާ ކަމަށް ތައުފީގް ވިދާޅުވިއެވެ.

ކުންމިންގ ފެއާގައި ދިވެހިރާއްޖޭގެ ޕެވިލިއަން ފަރުމާކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތާއި ދިވެހިންގެ މަސައްކަތްތެރިކަން ފެނިގެންދާ ގޮތަށެވެ.

މިފަހަރުގެ ކުންމިން ފެއަރގައި ވެސް ދިވެހިރާއްޖޭގެ އުފެއްދުންތައް އިޝްތިހާރުކޮށް، ދުނިޔޭ ބާޒާރަށް ދިވެހި އުފެއްދުންތައް ނެރުމަށްޓަކައި ތަފާތު އެކިއެކި މަސައްކަތްތައް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

ދިވެހިރާއްޖެއިން މިދިޔަ އަހަރު ވެސް ކުންމިންގ ފެއާގައި ބައިވެރިވެފައި ވެއެވެ. މިދިޔަ އަހަރު ދިވެހިރާއްޖެއިން ކުންމިންގ ފެއަރގައި ބައިވެރިވެފައި ވަނި، ކަންޓްރީ އޮފް އޮނަރގެ ގޮތުގައެވެ. ޗައިނާގެ ޔުނާންސް ޕްރޮވިންސްގެ ކުންމިންގ ޑިއާންޗީ ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ ކުންމިންގ ފެއަރ ކުރިއަށްދާނީ، މި ހިނގާ ޖޫންމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2017

އައިޓީބީ ފެއާގައި އަތްތެރި މަސައްކަތްތެރިކަން ދައްކުވާދޭނެ ފަރާތެއް ހޯދަނީ

14 ޑިސެމްބަރު 2017
އައިޓީބީ ފެއާގައި އަތްތެރި މަސައްކަތްތެރިކަން ދައްކުވާދޭނެ ފަރާތެއް ހޯދަނީ
13 ޑިސެމްބަރު 2017

ޗައިނާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ދުނިޔޭގެ ފާޑުކިޔުން އަމާޒުވެއްޖެ

13 ޑިސެމްބަރު 2017
ޗައިނާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ދުނިޔޭގެ ފާޑުކިޔުން އަމާޒުވެއްޖެ
15 ސެޕްޓެމްބަރު 2017

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށައިފި

15 ސެޕްޓެމްބަރު 2017
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށައިފި
08 ސެޕްޓެމްބަރު 2017

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށަނީ

08 ސެޕްޓެމްބަރު 2017
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށަނީ
08 އޯގަސްޓު 2017

ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ

08 އޯގަސްޓު 2017
ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު