Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފްރީ ޓްރޭޑް

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އެއްބަސްވުމުގައި ސޮއި ކުރެވޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 10 މާރިޗު 2017 | ހުކުރު 10:29
އިކޮނަމިކް މިނިސްޓަރު ސައީދު

އިކޮނަމިކް މިނިސްޓަރު ސައީދު

ޗައިނާއާ ރާއްޖެއާ ދެމެދު ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖެއިން ހިމަނަން ބޭނުންވާ ގިނަކަންތައްތަކެއް ކާމިޔާބްވެފައިވާ ކަމަށާއި ވަަރށް އަވަހަށް އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބަނޑުސް އައިލެންޑް ރިސޯޓުގައި ކުރިއަސް ދިޔަ ޗައިނާ މޯލްޑިވްސް ފްރީޓްރޭޑް އެގްރިމެންޓުގެ އެންމެ ފަހުގެ މަޝްވަރާތައް ނިންމާލުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމް ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ހަމައެކަނި ނުނިމި ވަނީ އިދާރީ މަސައްކަތްތައް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަ މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމް ކުރެވޭ ފުރަތަމަ ދުވަހުން ފެށިގެން ޗައިނާގެ އިންވެސްޓަރުން ރާއްޖެ އަންނާނެ ކަމަށެވެ.

ފްރީ ޓްރޭޑް އެގްރީމެންޓެއް ޤާއިމްކުރުމަށް ދިވެހިރާއްޖެ އާއި ޗައިނާއިން ކުރިއަށްގެންދިޔަ ވާހަކަތަކުގައި ރާއްޖެއިން ބޭރުކުރާ މަހާއި، ސީފުޑްގެ ބާވަތްތަކުން އެއްވެސް ވަރަކަށް ޓެކްސް ނުނަގާ ގޮތަށް ވަނީ އެއްބަސްވެފައެވެ.

ފްރީ ޓްރޭޑް އެއްބަސްވުމާ ބެހޭގޮތުން މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެފައި ވަނީ ޗައިނާއާއި ދިވެހިރާއްޖެއިން ޤާއިމްކުރާ ފްރީ ޓްރޭޑް އެއްބަސްވުމުގައި އަންނަ ޖޫން މަހު ސޮއި ކުރެވޭނެކަމަށެވެ. ޗައިނާގެ އިތުރުން ވެސް ދިވެހިރާއްޖެއިން ދަނީ ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ. މީގެތެރޭގައި އިނގިރޭސިވިލާތާއި، ޖަޕާނާއި އެމެރިކާ ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވީއޭއެމްކޯއާއި އަލްޝާލީމެރިންއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި

ވީއޭއެމްކޯއާއި އަލްޝާލީމެރިންއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި

20 ނޮވެމްބަރު 2017
ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި

ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި

08 ނޮވެމްބަރު 2017
މޯލްޑިވްސް މެޑިކަލް އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

މޯލްޑިވްސް މެޑިކަލް އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

22 އޮކްޓޯބަރު 2017
ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި

ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި

18 ސެޕްޓެމްބަރު 2017
ސީއެމްޑީއޭ އާ ވިމެން އޮން ބޯޑްސް އާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

ސީއެމްޑީއޭ އާ ވިމެން އޮން ބޯޑްސް އާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

21 ޖޫން 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު