Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޗައިނާ

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

މިމަހުގެ 29 ން ފެށިގެން 31 ގެ ނިޔަލަށް ބޭއްވޭ މިފެއާރގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 18 ކުންފުންޏަކުން، މުޅިއަކު 37 ބައިވެރިން ބައިވެރިވާނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 29 މާރިޗު 2017 | ބުދަ 13:23

ޗައިނާގެ ބޭޖިންގގައި ބާއްވާ އެޤައުމުގެ އެންމެ ބޮޑު ފެއާ ޗައިނާ އައުޓްބައުންޑް ޓްރެވެލް އެންޑް ޓޫރިޒްމް މާކެޓް (ސީއޯޓީޓީއެމް) ފެއާރގައި، ރާއްޖޭގެ ހިތްގައިމުކަން ވަރަށް ކުލަގަދަކޮށް ދައްކުވާދޭން ފުރުޞަތު ލިބިއްޖެ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަނުން ބުނެފިއެވެ. އެކޯޕަރޭޝަނުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޗައިނާގެ ސީއޯޓީޓީއެމް ފެއާރގައި ބައިވެރިވުމަށް ރާއްޖެއަށް ލިބިފައިވަނީ 102 އަކަފޫޓުގެ ބިމެއް ކަމަށެވެ. މިމަހުގެ 29 އިން ފެށިގެން 31 ގެ ނިޔަލަށް ބޭއްވޭ މިފެއާރގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 18 ކުންފުންޏަކުން، މުޅިއަކު 37 ފަރާތަކުން ބައިވެރިވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ. މުޅިން އާ ގޮތަކަށް ފަރުމާކޮށްފައިވާ ސްޓޭންޑުގައި ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ކުލަގަދަ ފޮޓޯތައް ހިމެނެއެވެ. މުޅިއަކު 19 ކައުންޓަރު އެކުލެވޭ މިސްޓޭންޑުގައި ޖަލްސާކުރާ އަށް މޭޒާއި ފަސް ފްލޯޓިންގ މޭޒު ވެސް ހިމެނެއެވެ. މީގެ އިތުރުން މިއަހަރު މިފެއާރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ "ސަނީ ސައިޑް އޮފް ލައިފް" ދައްކުވާ ދިނުމުގެ ގޮތުން، ރާއްޖޭގެ ސްޓޭންޑުގައި ތަފާތު އެކިއެކި ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ އެއްކަމަކީ، ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ނަންތައް ދިވެހިން ލިޔެފައި ކެލިގްރަފީ އެއް ތައްޔާރު ކުރުން ކަމަށް މޯލްޑިވްސް މާކެޓީންގ އެންޑް ޕީއާރް ކޯޕޮރޭޝަނުން ވަނީ ބުނެފައެވެ. މީގެއިތުރުން ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތައް ވަރޗުއަލް ހެޑްސެޓެއްގެ ޒަރީޢާއިން، އެސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދައްކާލުންވެސް ހިމެނެއެވެ. އަދި އެ ސްޓޭންޑުގައި ހުންނަ ފޮޓޯ ބޫތުގައި ފްރޭމްބޯޑެއް ހިފައިގެން އެކިފަރާތްތަކުން ފޮޓޯ ނަގާ، އެފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން، އެފަރާތްތަކަށް ސަޕްރައިޒް އިނާމެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުޅިއަކު ތިން ދުވަހަށް ކުރިއަށްދާ ސީއޯޓީޓީއެމް ފެއާރގައި ރާއްޖޭގެ ސަފީރުން ޓްރެވެލް އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއި ބައްދަލުކޮށް، ކުރިއަށްއޮތް ތަނުގައި ވެސް މިފަދަ ހަރަކާތްތަށް، ރާއްޖެ އާއި ޗައިނާ ގުޅިގެން ބޭއްވުމުގެ މުހިންމުކަމާއި އެކަުގެ ފައިދާތަކާއި ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާގެ ކުންމިން ފެއާގައި 86 ގައުމަކުން ބައިވެރިވޭ: އިކޮނަމިކް މިނިސްޓްރީ

ޗައިނާގެ ކުންމިން ފެއާގައި 86 ގައުމަކުން ބައިވެރިވޭ: އިކޮނަމިކް މިނިސްޓްރީ

12 ޖޫން 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު