Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފްރީޓްރޭޑް

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

އެއްބަސްވުމުގައި ޖޫން މަހު ސޮއި ކުރެވޭނެ ކަމަށް ސަރުކާރުން ބުނޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 6 މާރިޗު 2017 | ހޯމަ 20:09
ފްރީޓްރޭޑް އެއްބަސްވުމުގެ މަޝްވަރާތަކުގެ ތެރެއިން

ފްރީޓްރޭޑް އެއްބަސްވުމުގެ މަޝްވަރާތަކުގެ ތެރެއިން

ޗައިނާ އާއި ރާއްޖެ އާއި ދެމެދު ފްރީޓްރޭޑް އެއްބަސްވުމުގައި ސޮއިކުރަން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އެގްރިމެންޓްގައި ސޮއި ކުރުމުގެ ކުރިން ކުރިއަށް ގެންދާ މަޝްވަރާތަކުގެ އެންމެ ފަހުގެ ބައްދަލުވުން ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނަމިކް ޑިވޮލޮޕްމެންޓް އެންޑް ޓްރޭޑް އިން ހާމަކޮށްފިއެވެ.

އިކޮނަމިކް މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައުންޓުން ހާމަކޮށްފައިވާ ގޮތުގައި ޗައިނާ މޯލްޑިވްސް ފްރޭޓްރޭޑް އެގްރިމެންޓާ ގުޅޭ ގޮތުން ކުރިއަށް ގެންދާ މަޝްވަރާތަކުގެ އެންމެ ފަހުގެ ބައްދަލުވުން މާޗް މަހުގެ ހަތް ވަނަ ދުވަހު މާލޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެއްބަސްވުމާ ގުޅޭ ގޮތުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ ޗައިނާ އާއި ރާއްޖެއާ ދެ ގައުމުން ފްރީޓްރޭޑް އެއްބަސްވުމުގައި ސޮއިކުރަން ކުރަމުން ގެންދާ މަސައްކަތްތައް ނިންމައި މިއަަހަރުގެ ޖޫން މަސް ހާ ތަނުގައި އެއްބަސްވުމުގައި ސޮއިކުރެވޭވަރު ވާނެ ކަމަށެވެ. ރާއްޖެއިން މިފަދަ އެއްބަސްވުމެއްގައި ސޮއިކުރަން ހޮންގކޮންގ އާއިއެކުވެސް ގެންދަނީ މަޝްވަރާ ކުރަމުންނެވެ. މިނިސްޓަރު ސަޢީދު ވިދާޅުވެފައި ވަނީ މިފަދަ އެއްބަސްވުމެއްގައި ސޮއިކުރަން އެމެރިކާއަށާއި އިނގިރޭސިވިލާތް އަދި ޖަޕާނަށްވެސް ސަރުކާރުން މިހާރު ދައުވަތު ދެއްވާފައިވާނެ ކަަމަށެވެ. މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި މި ޤައުމުތަކަކީ ރާއްޖޭގެ މަހުގެ ބާވަތްތައް އެންމެ ގިނަ އަދަދަކަށް މިހާރުވެސް ގަންނަމުން ގެންދާ ޤައުމުތަކެވެ. މިފަދަ އެއްބަސްވުންތައް އެކުލަވާލައި ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް އެއްވެސް ޑިޔުޓީއެއް ނުނަގާ ގޮތަށް ހަމަޖެހިއްޖެ ނަމަ މަހަށް ލިބޭ އަގު ބޮޑުވެ އެކަމުގެ ފައިދާ މަސްވެރިކަމުގެ މުޅި ސިނާއަތަށް ކުރާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2017

ސްރީ ލަންކަންގެ ޕަސެންޖަރުންނަށް ފުވައްމުލަކާއި ގަމާ ދެމެދު ލޯންޗް ފެރީއެއް

16 އޮކްޓޯބަރު 2017
ސްރީ ލަންކަންގެ ޕަސެންޖަރުންނަށް ފުވައްމުލަކާއި ގަމާ ދެމެދު ލޯންޗް ފެރީއެއް
18 ސެޕްޓެމްބަރު 2017

ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި

18 ސެޕްޓެމްބަރު 2017
ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި
21 ޖޫން 2017

ސީއެމްޑީއޭ އާ ވިމެން އޮން ބޯޑްސް އާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

21 ޖޫން 2017
ސީއެމްޑީއޭ އާ ވިމެން އޮން ބޯޑްސް އާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި
11 ޖޫން 2017

ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ

11 ޖޫން 2017
ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ
02 ޖޫން 2017

އުރީދޫ އިން "ޓޫ ތައުސަން އައިލްސް"އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

02 ޖޫން 2017
އުރީދޫ އިން "ޓޫ ތައުސަން އައިލްސް"އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު