Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

އާސެނަލްގައި ސަންޗޭޒްއާއި އޮޒިލް މަޑުކުރާނެ: ވެންގާ

މި ދެ ކުޅުންތެރިންގެ ކޮންޓްރެކްޓުވެސް މި އަންނަ ޖެނުއަރީ މަހަށް ހަމަވާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2017 | އަންގާރަ 12:08
ސަންޗޭޒް (ކ) އޮޒިލް (މ) ވެންގާ (ވ) - ވެންގާ ބުނެފައިވަނީ މި ދެ ކުޅުންތެރިން އާސެނަލްގައި މަޑުކުރާނެ ކަމަށް

ސަންޗޭޒް (ކ) އޮޒިލް (މ) ވެންގާ (ވ) - ވެންގާ ބުނެފައިވަނީ މި ދެ ކުޅުންތެރިން އާސެނަލްގައި މަޑުކުރާނެ ކަމަށް

އާސެނަލްއަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް އަދި ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް އެ ޓީމުގައި މަޑުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

އާސެނަލްއަށް ކުޅެމުން އަންނަ މި ދެ ކުޅުންތެރިންގެ ކޮންޓްރެކްޓު ވެސް މި އަންނަ ޖެނުއަރީ މަހަށް ހަމަވާނެއެވެ. ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމާއެކު އެހެން ޓީމަކަށް ބަދަލުވުމުގެ ފުރުސަތު އެ ދެ ކުޅުންތެރިންނަށް ވެސް ހުޅުވިގެންދާނެއެވެ. އެގޮތުން ހިލޭ ޓްރާންސްފާއެއްގެ ދަށުން އެ ދެ ކުޅުންތެރިންނަަށް ވެސް އެހެން ޓީމަކަށް ބަދަލުވުމުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމުގެ ފުުރުސަތު ލިބިގެންދާނެއެވެ.

އިނގިރޭސިވިލާތުގެ އެންމެ ބޮޑު ނޫސް ކަމަށްވާ 'ބީބީސީ' އާއި ވާހަކަ ދައްކަމުން ވެންގާ ބުނެފައިވަނީ ޖެނުއަރީއަށް ފަހުވެސް އެ ދެ ކުޅުންތެރިން އެ ޓީމުގައި މަޑުކުރާނެ ކަމަށާއި އެހެން ޓީމަކުން އެ ދެ ކުޅުންތެރިން ފެނުމަކީ ވަރަށް ނާދިރުކަމެއް ކަމަށެވެ. ހަމައެހެންމެ އެ ދެ ކުޅުންތެރިން ވެސް ޓީމުގައި މަޑުކުރާނަމަ އެ ދެ ކުޅުންތެރިންގެ ފަރާތުން ވެސް އެންމެ ރަނގަޅު ކުޅުން ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ވެންގާ ބުނެފައިވެއެވެ.

މި ސީޒަން ނިންމާލުމަށް ފަހު އެ ދެ ކުޅުންތެރިން އާސެނަލްގައި މަޑުކުރާނެތޯ ސުވާލު ކުރުމުން ވެންގާ ބުނީ އެއީ އޭނާގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫން ކަމަށާއި އެކަން ނިންމާނީ އެ ދެ ކުޅުންތެރިން ކަމަށެވެ. ސަންޗޭޒްއާއި އޮޒިލްގެ ކޮންޓްރެކްޓު އައު ކުރުމާއި ގުޅޭގޮތުން ވެންގާ ވަނީ ވާހަކަ ދައްކަން ދެކޮޅު ހަދާފައެވެ.

މި އިންޓަވިއުގައި ވެންގާ ވަނީ އެ ޓީމަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ މިޑްފީލްޑަރު ޖެކް ވިލްޝިއާ އެ ޓީމުގައި މަޑުކުރުމަށް އެދިފައެވެ. އެގޮތުން ވެންގާ ބުނީ ވިލްޝިއާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ އާސެނަލްގައި މަޑުކޮށްފިނަމަ މުސްތަގުބަލުގައި އޭގެ ފައިދާ ފެނިގެންދާނެ ކަމަށެވެ.

ވެންގާ މިބީދައިން ވާހަކަ ދައްކާފައިވާއިރު މި ސީޒަނުގެ ޕްރިމިއާ ލީގުގައި ވިލްޝިއާ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. އުމުރުން 25 އަހަރުގެ ވިލްޝިއާ އާސެނަލްއަށް ކުޅެން ފެށީ 2008 ވަނަ އަހަރު ކަމަށްވާއިރު އޭގެ ފަހުން އޭނާއަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކުގެ ސަބަބުން ފުރަތަމަ 11 އިން ޖާގަ ލިބިފައެއް ނުވެއެވެ.

ސަންޗޭޒްއާއި އޮޒިލް އާސެނަލްގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ވެންގާ ދީފައިވާއިރު މި ދެ ކުޅުންތެރިންނަކީ އާސެނަލްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ދެ ކުޅުންތެރިންނެވެ.

ބާސެލޯނާއިން 2014 ވަނަ އަހަރު އާސެނަލްއަށް ބަދަލުވި ސަންޗޭޒް ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 113 މެޗުގައި 56 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ 2013 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށް އާސެނަލްއަށް ބަދަލުވި ފަހުން އޮޒިލްވަނީ އެ ޓީމަށް ކުޅުނު 168 މެޗުގައި 33 ލަނޑު ޖަހައިދީފައެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލްއިން ދެ އެފްއޭ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރިއިރު އެ ޓީމުތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް

ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް

28 ފެބުރުއަރީ 2017
މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު