Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުުކުޅިވަރު

އިސްކޯއަށް އަނިޔާވެ ޒިދާން ހާސްކަމުގެ ތެރެއަށް !

12 ނޮވެމްބަރު 2017 | އާދީއްތަ 15:04

އިސްކޯގެ އިތުރުން ގެރެތު ބޭލް އަދި ވެރާން އާއި ކަވަހާލްއަށްވެސް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 12 ނޮވެމްބަރު 2017 | އާދީއްތަ 15:04
ކޮސްޓަރީކާއާ ދެކޮޅަށް ކުޅުނު މެޗުގައި އިސްކޯއަށް އަނިޔާވެ ދަނޑުމައްޗަށް ވެއްޓިފައި

ކޮސްޓަރީކާއާ ދެކޮޅަށް ކުޅުނު މެޗުގައި އިސްކޯއަށް އަނިޔާވެ ދަނޑުމައްޗަށް ވެއްޓިފައި

އަންނަ އަހަރު ރަޝިއާގައި ކުޅޭ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން ކޮސްޓަރިކާއާ ދެކޮޅަށް ރޭ ސްޕެއިން ކުޅުނު މެޗުގައި އިސްކޯ އަށް އަނިޔާވެ ރެއާލް މެޑްރިޑް ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.

މިހާރުވެސް މުހިންމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބި ރެއާލް މެޑްރިޑުގެ އަނިޔާގެ ލިސްޓަށް އިސްކޯ އިތުރުވެފައިވާއިރު، ރެއާލްއަށް ކުރިމަތީގައި އޮތީ ވާދަވެރި އަދި އެހާމެ މުހިންމު ވަރުގަދަ ކުރިމަތި ލުމެކެވެ. އެއީ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ލީގުގައި ކުޅޭ މެޗެވެ.

އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ރެއާލް ނިކުންނައިރު، އިސްކޯގެ އިތުރުން ގެރެތު ބޭލް އަދި ވެރާން އާއި ކަވަހާލްއަށްވެސް ވަނީ އަނިޔާގެ މައްސަލަކުރިމަތިވެފައެވެ. އެގޮތުން ބޭލް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް މިއަހަރު އެއްވެސް މެޗެއް ނުކުޅެވޭއިރު، އިސްކޯގެ އަނިޔާގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. އިސްކޯގެ އަނިޔާއާ ބެހޭގޮތުން އިތުރު އެއްޗެއް ބުނަން އެނގޭނީ، މިއަދު ހަދާ ޓެސްޓްތަކަށް ފަހު އެވެ. އިސްކޯ އަށް އަނިޔާވީ މެޗުގެ ދެ ވަނަ ހާފުގައި ކޮސްޓަރިކާގެ ކެންޑަލް ވަސްޓޮން އިސްކޯއަށް ކުރި ޓެކްލްއެއްގެ ސަބަބުންނެވެ. މި ޓެކްލްއާއެކު އިސްކޯ ދަނޑުމައްޗަށް ވެއްޓުނެވެ. އަދި ތެދުވެގެން ދެވަނަ ފަހަރަށް ބޯޅައަށް ދުއްވަތް ގަންނަށް މަސައްކަތް ކުރިނަމަވެސް އިސްކޯ އަށް ދުއްވައި ގަނެވޭގޮތެއް ނުވިއެވެ. އެވަގުތު އަތުގެ އިޝާރާތުން އިސްކޯ ވަނީ އޭނާ ބަދަލުކޮށްދިނބުމަށް އަމިއްލައަށް އެދިފައެވެ.

މި އަނިޔާގެ ސަބަބުން ނުކުޅެވިގެން އިސްކޯ ބަދަލުކޮށްފައިވާއިރު، އޭނާގެ ބަދަލުގައި ކުޅެން އެރުވީ ކާކޯ އެސެންސިއޯއެވެ.

ރެއާލްގައި މި ސީޒަންގައި އެންމެ ރަނގަޅަށް ކުޅެމުންދާ ކުޅުންތެރިޔަކީ އިސްކޯ އަށްވާއިރު، އޭނާއަށް އަނިޔާވުމަކީ ޒިދާން އިންތިހާއަށް ކަންބޮޑުވާނެ ކަމެކެވެ. ޒިދާން މިހާރުވެސް ވަނީ އަނިޔާގެ ގިނަމައްސަލަ ތަކާއި ކުރިމަތިވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސްޕެއިންގައި ރޭ ކުޅުނު މި މެޗު ސްޕެއިން ކާމިޔާބު ކުރީ 5-0 ގެ ނަތީޖާއިންނެވެ. ސްޕެއިންގެ ލަނޑުތަށް ކާމިޔާބު ކޮށްދިނީ ޑޭވިޑް ސިލްވާއާއި ޖޯޑީ އަލްބާ އަދި އަލްވާރޯ މޮރާޓާގެ އިތުރުން އަންދުރޭ އިނިއެސްޓާ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

މޮރީނިއޯ ޕްރެމިއަރ ލީގުގެ ތާރީޚުގެ ތެރެއަށް!

17 އެޕްރީލު 2017
މޮރީނިއޯ ޕްރެމިއަރ ލީގުގެ ތާރީޚުގެ ތެރެއަށް!
16 އެޕްރީލު 2017

އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން

16 އެޕްރީލު 2017
އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް