Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލަ ލީގާ

އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން

ސްޕޯޓިން ގިޖޯން އަތުން ރެއާލް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އިސްކޯ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 16 އެޕްރީލު 2017 | އާދީއްތަ 19:13
ސްޕެނިޝް ލީގުގައި ރެއާލް ކުޅުުނު މެޗެއްގެ ތެރެއިން

ސްޕެނިޝް ލީގުގައި ރެއާލް ކުޅުުނު މެޗެއްގެ ތެރެއިން

އިސްކޯ ކުޅުން އެންމެ ހައްގު ޓީމަކީ ރެއާލް މެޑްރިޑް ކަމަށާ އޭނާގެ މުސްތަގުބަލުވެސް އޮތީ ރެއާލް މެޑްރިޑާ އެކުގައި ކަމަށް އެޓީމުގެ ކޯޗް ޒައިނަދިން ޒިދާން ބުނެފިއެވެ.

ސްޕެނިޝް ލީގުގައި ސްޕޯޓިން ގިޖޯން އަތުން މޮޅުވި މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޒިދާން ބުނީ، އިސްކޯގެ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެ ކަމަށާ އިސްކޯ އޭނާގެ ފެންވަރު ދައްކާލައިފި ކަމަށެވެ. އަދި އިސްކޯ ކުޅުން އެންމެ ހައްގު ޓީމަކީ ރެއާލް ކަމާއި އޭނާގެ މުސްތަގުބަލު އޮތީ ރެއާލް ގައިކަން އޭނާ ސާބިތު ކޮއްދީފި ކަމަށެވެ.

ސްޕޯޓިން ގިޖޯން އާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ މެޗުގެ ފަހު މިނެޓުގައި އިސްކޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެ މެޗުގައި އިސްކޯ ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އެގޮތުން މެޗުގައި އެންމެ ފުރަތަމަ ރެއާލުން ކާމިޔާބުކުރި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮއްދިނީ އިސްކޯއެވެ.

އެ މެޗަކީ މިފަހަރުގެ ލީގުގައި، ފަހު 10 މިނެޓުގެ ތެރޭގައި ރެއާލުން ލަނޑު ޖަހައިގެން އެޓީމު މޮޅުވި 6 ވަނަ މެޗެވެ. މިކަމާ ގުޅިގެން ޒިދާން ބުނީ އެއީ އެއްގޮތަކަށްވެސް އެޓީމުގެ ނަސީބު ގަދަކަމުން ވާ ގޮތެށް ނޫން ކަމަށާ، އޭނާ ގަބޫލުކުރާ ގޮތުގައި ފުޓުބޯޅައިގައި ނަސީބަކީ އޮންނަ އެއްޗެށް ނޫން ކަމަށެވެ. އެގޮތުން ކޮންމެ މެޗެއްގައިވެސް ރެއާލުން މަސައްކަތް ކުރަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ލިބޭ ކޮންމެ ފުރުސަތެއްވެސް ނަގާނުލައި ބޭނުން ހިފޭތޯ ކަމަށް ޒިދާން ބުންޏެވެ.

ލީގުގައި ދެން ރެއާލް މެޑްރިޑް ނިކުންނަން ޖެހޭނީ އެންމެ ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށެވެ. ނަމަވެސް އެ މެޗުގެ ކުރިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ބަޔާން މިއުނިކާ ދެކޮޅަށް ރެއާލްއިން ކުޅެން ޖެހޭނެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު