Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮރީނިއޯގެ ރެކޯޑް

މޮރީނިއޯ ޕްރެމިއަރ ލީގުގެ ތާރީޚުގެ ތެރެއަށް!

ލީގުގައި ވާދަކުރި ކޮންމެ ޓީމެއް އެއްފަހަރު ބަލިކުރި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 17 އެޕްރީލު 2017 | ހޯމަ 13:24
މޮރީނިއޯ ޗެލްސީގެ ސަޕޯޓަރުންނަށް އަތުގެ އިޝާރާތުން ރައްދުދެނީ

މޮރީނިއޯ ޗެލްސީގެ ސަޕޯޓަރުންނަށް އަތުގެ އިޝާރާތުން ރައްދުދެނީ

އިނގިރޭސި ލީގުގައި އާދިއްތަ ދުވަހުގެ ރޭ ޗެލްސީގެ މައްޗަށް ހޯދި މޮޅާއެކު ޕްރިމިއަރ ލީގުގައި މިހާތަނަށް އޭނާ ކޯޗުކޮށްދިން ޓީމަކާ ދެކޮޅަށް ނުކުތް ކޮންމެ ޓީމެއް ވެސް މަދުވެގެން އެއްފަހަރު ބަލިކުރުމުގެ ރެކޯޑް ހޯސޭ މޮރީނިއޯ ހަދައިފިއެވެ.

ޗެލްސީގެ އެއް ނަންބަރު ކޯޗަކީ އަދި ވެސް އޭނާ ކަމަށް ބުނަމުންގެންދާ މޮރީނިއޯ އިނގިރޭސި ލީގުގައި އޭނާއާ ދެކޮޅަށް ނުކުތް 34 ޓީމް ބަލިކުރުމުގެ ރެކޯޑް ހެދި މެޗުން ޗެލްސީ ބަލިކުރީ 0-2ގެ ނަތީޖާއަކުންނެވެ.

ޗެލްސީގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށް ފަހު ޔުނައިޓެޑާއި މޮރީނިއޯ ގުޅުނީ ވެންހާލް އެ މަޤާމުން ދުރުކުރުމުންނެވެ.

ޔުނައިޓެޑާ ހަވާލުވުމުން އެތައް ބައެއްގެ ފާޑުކިނ އަމާޒްވި ނަމަވެސް މޮރީނިއޯ ވަނީ މިހާތަނަށް ޕްރިމިއާ ލީގުގައި ވާދަކުރި 34 ޓީމް މަދުވެގެން އެއްފަހަރު ބަލިކޮށްފައެވެ.

އިނގިރޭސި ފުޓްބޯޅައިގެ ބޮޑު ބާރެއް ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވުމުން އެންމެ ބޮޑަށް އޭނާއަށް ފާޑުކިޔުން އަމާޒްވީ ޗެލްސީގެ ސަޕޯޓަރުންގެ ފަރާތުންނެވެ.

މޮރީނިއޯ ވަނީ މީގެ ކުރިން ޗެލްސީގެ ސަޕޯޓަރުންގެ ފާޑު ކިޔުންތަކަށް ރައްދުދިނުމުގެ ގޮތުން ޗެލްސީގެ އެއް ނަންބަރު ކޯޗަކީ އަދިވެސް އޭނާ ކަމަށް ބުނެފައެވެ. މޮރީނިއޯ މިހެން ބުނެފައި ވަނީ އިނގިރޭސި އެފްއޭކަޕްގެ ކުއާޓަރ ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗުގައި ޗެލްސީގެ ސަޕޯޓަރުން އޭނާއަށް ފާޑުކިޔައި އަޑުގަދަކޮށް ހެދުމުންނެވެ.

މެޗަށް ފަހު މޮރީނިއޯ ބުނެފައިވަނީ ޗެލްސީގެ އެއް ވަނަ ކޯޗަކީ އަދިވެސް އޭނާ ކަމަށެވެ. އަދި އެހެން ކޯޗެއް ޗެލްސީ އަށް ހަތަރު ލީގު ހޯދައިނުދޭހާ ހިނދަކު އޭނާ މަޤާމު ނުގެއްލޭނެ ކަމަށް އޭނާ ބުންޏެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު