Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ޓީމް

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

އަނިޔާވެފައިވަނީ ފްލައިޓުން ފައިބަނިކޮށް ސިޑިން ވެއްޓިގެން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2017 | ބުދަ 15:32
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ސިޑިން ވެއްޓި އަނިޔާވެގެން އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވުމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ ކޯޗަށް އަނިޔާވެފައި ވަނީ ބުދަ ދުވަހުގެ މެންދުރު އޭނާ މާލެ އައިސް ފްލައިޓުން ފައިބަނިކޮށް ސިޑިން ވެއްޓިގެން ކަމަށެވެ.

އެހެން ނަމަވެސް މާބޮޑު ސީރިއަސް އަނިޔާއެއް ކޯޗަށް ލިބިފައި ނުވާ ކަމަށާއި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ކޯޗު ދޫކޮށްލަފައިވާ ކަމަށެވެ.

" ކޯޗުގެ މަތީ ތުންފަތް ކައިރުން ފަޅައިގެން ގޮސްފައިވާތަން ފެހުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި" ޖަވާޒް ބުންޏެވެ.

ކޯޗަށް އަނިޔާވެފައިވާއިރު، މިއަހަރަކީ ގައުމީ ޓީމަށް ވަރަށް ވެސް މުހިންމު މުބާރާތްތަކެއް އޮތް އަހަރެކެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށާއި އޭޝިއަން ކަޕް ކޮލިފައިންގް އަށް ޓީމް އެކުލަވާލާ ފަރިތަކުންތައް މާލަސްތަކެއް ނުވެ ފަށާނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ. ކޯޗް ސްޓެވާޓް މީގެ ކުރިން ގައުމީ ޓީމާއި ހަވާލުވެފައިވަނީ އޭޝިއަން ކަޕްގެ ކޮލިފައިންގެ ޕްލޭއޮފްގައި މިދިޔަ އަހަރު ލާއޯސް އާއި ދެކޮޅަށް ކުޅުނު ދެ މެޗަށެވެ. އެގޮތުން ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗް 0-4 ގެ ނަތީޖާއަކުން ރާއްޖެ މޮޅު ވެފައިވާއިރު، ދެވަނަ މެޗް ނިމިފައިވަނީ އެއްވަރުވެގެންނެވެ. މީގެ އިތުރުންވެސް އޭނާގެ އިރުޝާދުގެ ދަށުން ބަންގްލަދޭޝް އާއި ދެކޮޅަށް މިދިޔަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗް ރާއްޖެ އިން ކާމިޔާބުކޮށްފައިވަނީ 5-0 ލަނޑުގެ ނަތީޖާ އަކުންނެވެ. ލާއޯސް އަތުން މޮޅުވުމާއެކު ރާއްޖެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިވެފައިވާއިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މާޗް މަހުގެ 28 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވިއަން ޓީމް އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށާއިފި

މޯލްޑިވިއަން ޓީމް އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށާއިފި

21 ޖޫން 2017
ހާއްސަ ތަމްރީންތަކަށް އެތުލެޓިކްސް ޓީމް އިންޑިއާއަށް ފުރައިފި

ހާއްސަ ތަމްރީންތަކަށް އެތުލެޓިކްސް ޓީމް އިންޑިއާއަށް ފުރައިފި

03 ޖޫން 2017
މެޗު ފަސޭހަ ނުވާނެ، ވިކްޓޮރީއަކީ ރާއްޖޭގައި އޮތް އެންމެ ރަނގަޅު އެއްޓީމް: ސެކުލޯސްކީ

މެޗު ފަސޭހަ ނުވާނެ، ވިކްޓޮރީއަކީ ރާއްޖޭގައި އޮތް އެންމެ ރަނގަޅު އެއްޓީމް: ސެކުލޯސްކީ

20 މެއި 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި

10 އެޕްރީލު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު