Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

އަނިޔާގެ ސަބަބުން ވެރާނޭއަށް ވެސް މެޗުގައި ނުކުޅެވޭނެ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 5 އެޕްރީލު 2017 | ބުދަ 18:17
ރެއާލް މެޑްރިޑް ކުޅުނު މެޗެއްގެ ތެރެއިން

ރެއާލް މެޑްރިޑް ކުޅުނު މެޗެއްގެ ތެރެއިން

ސްޕެނިޝް ލީގުގައި ބުރާސްފަތި ދުވަހު ރެއާލް މެޑްރިޑް ލެގްނޭސް އާއި ދެކޮޅަށް ކުޅޭ މެޗުގައި އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ގެރެތް ބޭލް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅޭނެ ކަމަށް އެ ކްލަބުން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ މެޗަށް ރެއާލް މެޑްރިޑުން ނެރުނު ސްކޮޑުގައި ބޭލް އާއި ރޮނަލްޑޯގެ އިތުރުން އެޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޓޯނީ ކްރޫސް އަށް ވެސް ފުރުސަތު ދީފައެއް ނުވެ އެވެ. މިކަމާ ގުޅިގެން ރެއާލް މެޑްރިޑްގެ ކޯޗް ޒިނެދިން ޒިދާން ބުނެފައިވަނީ ބޭލް އާއި ރޮނާލްޑޯއަށް ފުރުސަތު ނުދިނީ އެ ދެކުޅުންތެރިންނަށް އަރާމުކުރުމަށް ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ. ބެލެވޭ ގޮތުގައި ދެ ކުޅުންތެރިންނަށް އަރާމުކުރުމަށް ވަގުތު ދީފައި މިވަނީ ހަފްތާ ބަންދުގައި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗާ، ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރު ވުމުގެ ގޮތުންނެވެ.

ލެގަނޭސް އާއި ދެކޮޅަށް ކުޅޭ މެޗުން ރެއާލްއަށް ތިން ޕޮއިންޓު ހޯދުން މުހިންމު ވާއިރު، އެ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ވެރާނޭ އަށްވެސް އެ މެޗު ނުކުޅެވޭނެ އެވެ. އަނިޔާގެ ސަބަބުން ވެރާނޭ މި ވަގުތު ހުރީ ކުޅުމާއި ދުރުގަ އެވެ.

މުހިންމު ކުޅުންތެރިންތަކެއް ނުހިމަނާ ބުރާސްފަތި ދުވަހުގެ މެޗަށް ރެއާލުން ނިކުންނަ އިރު ލީގު ތާވަލުގެ އެއްވަނާގައި މިވަގުތު ރެއާލް އޮތީ ކުޅުނު 28 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލްއަށް ވުރެ 2 ޕޮއިންޓު މަދުން ހޯދައިގެން ދެވަނައިގައި އޮތީ ބާސެލޯނާ އެވެ. ބާސާއަށް ކުޅުނު 27 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. ތިންވަނައިގައި އޮތީ ހަފްތާ ބަނދުގައި ރެއާލްއާ ދެކޮޅަށް ނިކުންނަ އެތްލެޓިކޯ މެޑްރިޑެވެ. އެޓީމަށް ކުޅުނު 30 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު