Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެޓްރިކް އެވްރާ

މުއްދަތެއް ނެތް ގޮތަށް މާސޭ އިން އެވްރާ ސަސްޕެންޑު ކޮށްފި

4 ނޮވެމްބަރު 2017 | ހޮނިހިރު 09:23

އެވްރާ އަށް ރަތް ކާޑު ދެއްކީ ސަޕޯޓަރެއްގެ މޫނު މަތީގައި ފައިން ޖެހުމުން

ލީވާން އަލީ
ލީވާން އަލީ | 4 ނޮވެމްބަރު 2017 | ހޮނިހިރު 09:23
މާސޭ އަށް ކުޅެމުން އަންނަ ޕެޓްރިކް އެވްރާ

މާސޭ އަށް ކުޅެމުން އަންނަ ޕެޓްރިކް އެވްރާ

މާސޭ އަށް ކުޅެމުން އަންނަ ފްރާންސްގެ ޕެޓްރިކް އެވްރާ މުއްދަތެއް ނެތްގޮތަށް ސަސްޕެންޑުކުރަން އެ ކްލަބުން ނިންމައިފިއެވެ.

މާސޭ އިން ނެރުނު ބަޔާނެއްގައި ބުނީ ބުރާސްފަތި ދުވަހު ޔޫރޮޕާ ލީގުގައި ވިޓޯރިއާ ޑި ގުލްމަރައެސްއާ އަތުން 0-1 ގެ ނަތީޖާއިން މާސޭ ބަލިވި މެޗު ފެށުމުގެ ކުރިން ކުރިޔަށްދިޔަ ވޯމްއަޕްގައި ސަޕޯޓަރަކު ގޯނާކުރުމުން، އެ ކްލަބުގެ އެވްރާ އެ ސަޕޯޓަރަށް ހަމަލާދިން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މި ބަޔާނުގައި މާސޭ އިން ބުނީ ކްލަނުގެ ރައީސް ޖަކުއޭޒް ހެންރިކް އޭރައުޑްއާ އެކު އެވްރާ ބައްދަލުކޮށްފައިވާ ކަމަށާއި، ކްލަބުގެ ޑިސިޕްލިނަރީ ކޮމެޓީން ގޮތެއް ނިންމަންދެން އޭނާ ސަސްޕެންޑުކުރަން ނިންމާފައިވާ ކަމަށެވެ.

އެވްރާ ވަނީ ސަޕޯޓަރު މޫނު މަތީގައި ފައިން ޖަހާފައެވެ. އެއަށް ފަހުވެސް ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ. ރެފްރީ ވަނީ ވޯމްއަޕްގެ ތެރެއިން އެވްރާ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެވްރާ އަކީ ޔޫރޮޕާ ލީގުގެ ތާރީހުގައި ވެސް މެޗެއް ފެށުމުގެ ކުރިން ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔާއެވެ.

އެވްރާގެ މި އަމަލަކީ 1995 ވަނަ އަހަރު ކްރިސްޓަލް ޕަލަސްގެ ސަޕޯޓަރަކާ މެދު ހިތްހަމަނުޖެހިގެން މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް އެރިކް ކެންޓޯނާ ހިންގިފަދަ އަމަލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ކެންޓޯނާ ވަނީ އެފަހަރު ކްރިސްޓަލް ޕަލަސް ސަޕޯޓަރު މޭމަތީގައި ފައިން ކިކެއް ޖަހާފައެވެ.

ފަސް ޕްރިމިއާ ލީގު އަދި އެއް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އެވްރާގެ މި އަމަލާއެކު، އޭނާ އަށް ގިނަ ކުޅުންތެރިން އަދި ހާއްސަކޮށް ކޯޗުންގެ ފާޑުކިޔުން ވެސް އެބައާދެ އެވެ.

އެވްރާގެ މި އަމަލާއެކު އޭނާ އަށް ބޮޑު ސަސްޕެންޝަނެއް އައުން ވަރަށް ކައިރިއެވެ. މި މައްސަލަ ޔުއެފާ އިންވެސް އަންނަނީ ބަލަމުންނެވެ.

އިޓަލީ ލީގުން ކެރިޔަރު ފެށި އެވްރާ އެންމެ ކާމިޔާބު ސީޒަންތައް ހޭދަކޮށްފައި ވަނީ މެންޗެސްޓާ ޔުނައިޓެޑުގައެވެ. އޭނާ ވަނީ އެ ކްލަބަށް ނުވަ ސީޒަން ކުޅެ، 379 މެޗުގައި 10 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ޔުވެންޓަސް އަށް 2014 ވަނަ އަހަރު ބަދަލުވެ، އެ ކްލަބަށް ކުޅުނު ތިން ސީޒަނުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެޓީމަށް ކުޅުނު 82 މެޗުގައި އޭނާ ވަނީ ތިން ލަނޑު ކާމިޔާބުކޮށް، ދެ ލީގު ތަށި އަދި ދެ ލީގް ކަޕް އެޓީމާއެކު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް