Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު8 ކުދިން ވިހެއުން

ހަތަރު އަންހެނުން ހަ ގަޑިއިރުގެ ތެރޭގައި އަށް ކުދިން ވިހައިފި

ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 1 ނޮވެމްބަރު 2017 | ބުދަ 07:13
އެއްމާބަނޑު އަށް ކުދިން ވިހެއި ނިއުޔޯކްގެ ހޮސްޕިޓަލަކަށް

އެއްމާބަނޑު އަށް ކުދިން ވިހެއި ނިއުޔޯކްގެ ހޮސްޕިޓަލަކަށް

އެމެރިކާގެ ނިއުޔޯކްގެ ވިންތްރޮޕް ޔުނިވާސިޓީ ހޮސްޕިޓަލުގައި ހަތަރު އަންހެނުން ހަ ގަޑިއިރުގެ ތެރޭގައި އަށް ކުދިން ވިހައިފިއެވެ.

ހަތަރު އަންހެނުންނަށް ލިބިފައި ވަނީ ކޮންމެ މީހަކަށް އެއްމާބަޑު ދެކުދިންނެވެ.

މިއީ މިހާތަނަށް އެ ހޮސްޕިޓަލަށް މިހާ ގިނަ އަދަދެއްގެ އެއްމާބަނޑު ކުދިން އުފަންވި ފަހަރު ކަމަށް ވިންތްރޮޕް ހޮސްޕިޓަލުން ބުނެއެވެ.

ވިންތްރޮފް ހޮސްޕިޓަލްގެ ޗީފް އޮފް މެޓާނަލް ފެޓަލް މެޑިސިން ޑރ. މާޓިން ބުނީ މީގެ ކުރިން ވެސް އެ ހޮސްޕިޓަލަށް އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް 125 އެއްމާބަނޑު ކުދިން ވިހާފައިވާ ކަމަށެވެ.

މާޓިން ބުނީ ބުދަދުވަހުގެ އެ ހަގަޑިއިރަކީ އެ ހޮސްޕިޓަލުގެ ނަރުހުންނާއި ޑޮކްޓަރުން ވަރަށް ބިޒީވި ވަގުތެއް ކަމަށެވެ. އަދި އެއީ މަދުން ނޫނީ ނުވާ ކަމަކަށް ވުމުން އެ ހޮސްޕިޓަލުގެ ސްޓާފުން ތިބީ ވަރަށް އުފަލުން ކަމަށް މާޓިން ބުންޏެވެ.

މި އަށް ކުދިން ވިހާފައި ވަނީ ބުދަދުވަހުގައެވެ. އެކުދިންގެ ހާލު ރަނގަޅު ކަމަށް ވެސް މާޓިން ވަނީ ބުނެފައެވެ. އޭގެ ތެރެއިން ހަތަރު ކުދިން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި އަނެއް ހަަތަރު ކުދިން ވެސް ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށް މާޓިން ބުންޏެވެ.

މާޓިން ބުނީ ހަ ގަޑި އިރުގެ ތެރޭގައި އަށް ކުދިން ވިހެއުން އެއީ ވިންތްރޮޕް ހޮސްޕިޓަލުގެ އަދި ދުނިޔޭގެ ވެސް ރެކޯޑެއް ކަމަށެވެ. އެހެން ކަމުން އޭނާ ވެސް އެކަމާ އުފަލުން ހުރި ކަމަށް މާޓިން ބުންޏެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

06 މާރިޗު 2017
ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ
21 ފެބުރުއަރީ 2017

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

21 ފެބުރުއަރީ 2017
"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ
18 ފެބުރުއަރީ 2017

އަމާލްއަށް ލިބެން އުޅެނީ ދެ ޖިންސުގެ ދެ ކުދިން!

18 ފެބުރުއަރީ 2017
އަމާލްއަށް ލިބެން އުޅެނީ ދެ ޖިންސުގެ ދެ ކުދިން!
15 ފެބުރުއަރީ 2017

ކަރަން ޖޯހަރްގެ ވެލަންޓައިންސް ޑޭގެ ޕާޓީއަށް ބޮލީވުޑްގެ ހުސްހަށިބައި ކުދިން

15 ފެބުރުއަރީ 2017
ކަރަން ޖޯހަރްގެ ވެލަންޓައިންސް ޑޭގެ ޕާޓީއަށް ބޮލީވުޑްގެ ހުސްހަށިބައި ކުދިން
14 ފެބުރުއަރީ 2017

މައިންބަފައިންގެ ހަރުކަށި އަމަލުތަކުން ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރޭ

14 ފެބުރުއަރީ 2017
މައިންބަފައިންގެ ހަރުކަށި އަމަލުތަކުން ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު