Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖޯލީ އެލްއެލްބީ 2

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

ޖޯލީ އެލްއެލްބީ 2 ޕްރިމިއާ ކުރި ދުވަހު 13.20 ކަރޯޑް ރުޕީސް ލިބުނު

ލީވާން އަލީ
ލީވާން އަލީ | 12 ފެބުރުއަރީ 2017 | އާދީއްތަ 13:07
ޖޯލީ އެލްއެލްބީ 2 ގެ ޕޯސްޓަރު

ޖޯލީ އެލްއެލްބީ 2 ގެ ޕޯސްޓަރު

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30.51 ކްރޯޑް ރުޕީސް ލިބިފައިވާ ކަމަށް ޓްރޭޑް އެނަލިސްޓެއް ކަމަށްވާ ޓަރަން އަދާޝް ބުނެފި އެވެ.

ޓަރަންގެ ރަސްމީ ޓުވީޓާ އެކައުންޓުން ކުރި ޓުވީޓެއްގައި އޭނާ ބުނީ ޖޯލީ އެލްއެލްބީގެ ދެވަނަ ފިލްމު ޕްރިމިއާ ކުރި ދުވަހު 13.20 ކަރޯޑް ރުޕީސް ލިބިފައިވާ ކަމަށާއި، ހޮނިހިރު ދުވަހު އެ ފިލްމަށް 17.31 ކަރޯޑް ރުޕީސް ލިބިފައިވާ ކަމަށެވެ.

އިންޑިއާގެ އެކި ކަންކޮޅުގައި މި ފިލްމު ޕްރިމިއާ ކޮށްފައިވާއިރު، މި ފިލްމު ރާހުލް ދޮލަކާގެ ރައީސް އަދި ސަންޖޭ ގުޕްތާގެ ކާބިލްއާ ވާދަކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އެގޮތުން މި ފިލްމަށް ލިބެމުންދާ މަގުބޫލުކަން އިތުރުވަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޖުމްލަ 45 ކަރޯޑް ރުޕީސްގެ ބަޖެޓަކާ އެކު އުފެއްދި މި ފިލްމުގެ ހަރަދު ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ހަމަވާނެ ކަމަށް ބެލެވެއެވެ. އެގޮތުން މި ފިލްމަށްވެސް ބޮޑު ފައިދާއެއް ވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އަހަރު ރިލީޒްކުރި ފިލްމް ރައީސް އާއި ފިލްމް ކާބިލް އަށް 100 ކަރޯޑް ރުޕީސް އަށްވުރެ ގިނަ ފައިސާ ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެއިތުރުން މި ދެ ފިލްމު ވަނީ ބޮލީވުޑްގެ ގިނަ ރެކޯޑްތަކެއްވެސް މުގުރާލާފައެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އަކްޝޭ ކުމާރުގެ "ޖޯލީ އެލްއެލް ބީ 2" ޕާކިސްތާނުގައި ދެއްކުން މަނާ

13 ފެބުރުއަރީ 2017
އަކްޝޭ ކުމާރުގެ "ޖޯލީ އެލްއެލް ބީ 2" ޕާކިސްތާނުގައި ދެއްކުން މަނާ
13 ފެބުރުއަރީ 2017

އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

13 ފެބުރުއަރީ 2017
އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
02 ފެބުރުއަރީ 2017

ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ

02 ފެބުރުއަރީ 2017
ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ
23 ޖެނުއަރީ 2017

"ޖޯލީ އެލް.އެލް.ބީ 2" ގެ ނަމުގައި އެކުލެވޭ "އެލް.އެލް.ބީ" ކަނޑާލުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި

23 ޖެނުއަރީ 2017
 "ޖޯލީ އެލް.އެލް.ބީ 2" ގެ ނަމުގައި އެކުލެވޭ "އެލް.އެލް.ބީ" ކަނޑާލުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު