Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

ކަރަން އަށް ދެ ކުދިން ލިބިފައިވަނީ ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 6 މާރިޗު 2017 | ހޯމަ 07:47
ކަރަން ޖޯހަރު

ކަރަން ޖޯހަރު

އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރ ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ.

ކަރަން އަށް ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށް ލިބިފައިވަނީ ދެ ޖިންސުގެ ދެ ކުދިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ މަހު މި ދެކުދިން ދުނިޔެއަށް އުފަން ވެފައިވަނީ ޝާހުރުކް ޚާންގެ ތިންވަނަ ދަރިފުޅު "އަބްރަހަމް" ވެސް ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށް އުފަންވި މުމްބާއީގައި ހުންނަ މަސްރާނީ ހޮސްޕިޓަލްގަ އެވެ.

ދެކުދިން ލިބުނުކަން ޔަގީންކޮށްދީ ކަރަން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެނާ އަށް ލިބިފައިވާ އަންހެން ދަރިފުޅުގެ ނަމަކީ "ރޫހީ" އަދި ފިރިހެން ދަރިފުޅުގެ ނަމަކީ "ޔަޝް" ކަމަށެވެ.

މި ދެ ކުދިން އުފަންވެފައިވަނީ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.

އުމުރުން 44 ގެ ކަރަން ބުނެފައިވަނީ މިއީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފާ ކަމަށާއި ބައްޕަ އެއްގެ ވާޖިބު އާދާކުރަން ހުރިހާ ގޮތަކުން ތައްޔާރަށްހުރި ކަމަށެވެ.

ކަރަންގެ ފިރިހެން ދަރިފުޅަށް ނަންދީފައި މިވަނީ އޭނާގެ ބައްޕަ ޔަޝް ޖޯހަރުގެ ނަމުންނެވެ.

ކަރްނަ ބުނެފައިވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި އޭނާގެ މަންމަގެ އަޅާލުމައި އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

"ކުޗްކުޗް ހޯތާހޭ، "މައި ނޭމް އިޒް ޚާން" އަދި މިދިޔަ އަހަރު ނިކުތް "އެއި ދިލްހޭ މުޝްކިލް" އުފައްދާފައިވާ ކަރަން ބުނެފައިވަނީ މިހާރު އޭނާއަށް އެންމެ މުހިންމީ ދަރިން ކަމަށާއި މަސައްކަތާއި އެހެނިހެން ކަންކަން އަންނާނީ އެކުދިންގެ ފަހުގައި ކަމަށެވެ.

ބަޔާން ނިންމާލަމުން ކަރަން ވަނީ އެނާގެ ހުވަފެން ހަގީގަތަކަށް ހަދައިދިން ސަރޮގޭޓް މަންމަ އާއި ޑޮކްޓަރަށް ޝުކުރު އަދާކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކަރަން ޖޯހަރްގެ ވެލަންޓައިންސް ޑޭގެ ޕާޓީއަށް ބޮލީވުޑްގެ ހުސްހަށިބައި ކުދިން

15 ފެބުރުއަރީ 2017
ކަރަން ޖޯހަރްގެ ވެލަންޓައިންސް ޑޭގެ ޕާޓީއަށް ބޮލީވުޑްގެ ހުސްހަށިބައި ކުދިން
14 ފެބުރުއަރީ 2017

މައިންބަފައިންގެ ހަރުކަށި އަމަލުތަކުން ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރޭ

14 ފެބުރުއަރީ 2017
މައިންބަފައިންގެ ހަރުކަށި އަމަލުތަކުން ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރޭ
13 ފެބުރުއަރީ 2017

ހަރްޝްވަރްދަން ރާނޭގެ "ގަރާޖް ސޭލް" އަންހެން ކުދިންގެ ތައުލީމަށް

13 ފެބުރުއަރީ 2017
ހަރްޝްވަރްދަން ރާނޭގެ "ގަރާޖް ސޭލް" އަންހެން ކުދިންގެ ތައުލީމަށް
12 ފެބުރުއަރީ 2017

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ
12 ފެބުރުއަރީ 2017

އަޖޭގެ ބަހުގެ ހަމަލާތައް ކަރަން އަށް

12 ފެބުރުއަރީ 2017
އަޖޭގެ ބަހުގެ ހަމަލާތައް ކަރަން އަށް
08 ފެބުރުއަރީ 2017

އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

08 ފެބުރުއަރީ 2017
އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ
02 ފެބުރުއަރީ 2017

ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ

02 ފެބުރުއަރީ 2017
ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ
31 ޖެނުއަރީ 2017

"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ

31 ޖެނުއަރީ 2017
"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ
14 ޖެނުއަރީ 2017

އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު

14 ޖެނުއަރީ 2017
އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު
09 ޖެނުއަރީ 2017

"އޭން އަންސުއިޓަބްލް ބޯއި": ކަރަން ޖޯހަރްގެ ޒާތީ ދިރިއުޅުމާއި ބެހޭ ގޮތުން ނޭނގޭ އާ ވަހަކަތަކެއް!

09 ޖެނުއަރީ 2017
 "އޭން އަންސުއިޓަބްލް ބޯއި": ކަރަން ޖޯހަރްގެ ޒާތީ ދިރިއުޅުމާއި ބެހޭ ގޮތުން ނޭނގޭ އާ ވަހަކަތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު