Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކުޑަކުދިން

މައިންބަފައިންގެ ހަރުކަށި އަމަލުތަކުން ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރޭ

14 ފެބުރުއަރީ 2017 | އަންގާރަ 10:08

ދަރިންނާއި ދިމާލަށް ހަޅޭލަވައި އަނިޔާ ކުރަންތަ؟ ކުރާކަމަށްވާނަމަ އަދި ތިކަންކުރެވެނީ ރަނގަޅަކަށްނޫން.

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 14 ފެބުރުއަރީ 2017 | އަންގާރަ 10:08
މަންމަ އޭނާގެ ދަރިފުޅަށް ނަސޭހަތް ދެނީ

މަންމަ އޭނާގެ ދަރިފުޅަށް ނަސޭހަތް ދެނީ

ދާދި ފަހުން އެމެރިކާގެ ޕެންސްލެވޭނިއާގެ ޔުނިވާސިޓީ އޮފް ޕިޓްސްބާރގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި ހަރުކަށިކޮށް ހަޅޭއްލަވައި އަނިޔާކޮށްގެން ބަލައިބޮޑުކުރާ ކުދިންނަށް، އެ ކުދިންގެ މައިންބަފައިންނަށްވުރެ އެކުގައި އުޅޭ ގާތް ރައްޓެހިން މާ މުހިންމުވެގެންދާކަން ސާބިތުވެއްޖެއެވެ.

ހަމައެހެންމެ މައިންބަފައިންގެ ހަރުކަށި އަމަލުތަކުގެ ސަބަބުން ކުދިންގެ ކިޔެވުމަށާއި ވިސްނުމާއި އަދިވެސް އެހެނިހެން މުހިންމު ކަންތައްތަކަށް ނޭދެވޭ އަސަރުތަކެއް ފޯރަމުންދާކަމަށް މި ދިރާސާގައި ފާހަގަވެފައިވެއެވެ.

އޭގެތެރޭގައި ކިޔެވުމަށް ފޫހިވެ، ސްކޫލްގައި ދޭ ފިލާވަޅުތައް ނުހަދައި، އެކުގައި އުޅޭ ރައްޓެހިންނާއި އެކު ގިނަ ވަގުތުތައް ހޭދަކުރުމަށް އެ ކުދިން އާދަވެގެންދެއެވެ. ހަމައެހެންމެ ރައްޓެހިންނާ އެކީގައި އުޅޭ އުޅުމުގައި ތަންތަނުގައި ހެދިފައި ހުންނަ ޤާނޫނާއި ޤަވާއިދުތަކަށް ބޯނުލެބުންފަދަ ކަންތައް ކުރަން އެކުދިން ޝަޢުޤުވެރިވެގެންދާކަމަށް ވެސް މި ދިރާސާއިންވަނީ ފާހަގަވެގެންގޮސްފައެވެ.

މި ދިރާސާގެ ލީޑަރު ރޮޝެލް އެފް ހެންޓެޗްސް ވިދާޅުވެފައިވާ ގޮތުގައި، މި ގޮތަށް ބަލައިބޮޑުކުރާ ކުދިންގެ ކިޔެވުމުގެ ފެންވަރު އިންތިހާ ދަރަޖައަކަށް ދަށްވެގެންދެއެވެ.

އަދި ހަމައެހެންމެ ސިދާ އަދި ނުސީދާކޮށް ވެސް މައިންބަފައިންނަށް ކުރެވޭ ކަމެއްގެ ސަބަބުން ކުއްޖާގެ އަޙުލާޤަށް ބަދަލު އައިސް، މައިންބަފައިންނާއި ކުއްޖާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހީނަރުވެގެން ދާކަމަށް ވެސް މި ދިރާސާއިން ފާހަގަވެގެން ގޮސްފައިވެއެވެ.

ހަމައެއާއިއެކު މައިންބަފައިންގެ ނޭދެވޭ އެކި އަމަލުތަކުގެ ސަބަބުން ކުއްޖާ ހެދިބޮޑުވަމުން އަންނައިރު، ތަފާތު އެކިވަރުގެ ކުށްތަކަށް ކުއްޖާ އަރައިގަތުމަށް މަގުފަހިވެގެންދާކަމަށް ވެސް މި ދިރާސާއިން ސާބިތުވެގެން ގޮސްފައިވެއެވެ. އެގޮތުން ފިރިހެން ކުއްޖެއްނަމަ ވައްކަންކުރުމާއި މާރާމާރީތަކުގައި ބައިވެރިވުން ހިމެނޭއިރު، އަންހެންކުއްޖެއްނަމަ ޅަ އުމުރުގައި ބަދު އަޚުލާޤީ ޢަމަލުތައް ހިންގުމުގައި ބައިވެރިވެގެން ދިޔުން ހިމެނިގެންދެއެވެ.

މި ދިރާސާ ކުރިއަށް ގެންދިޔުމަށްޓަކައި އެމެރިކާގެ ވޮޝިންގްޓަންގެ 1482 ކުދިން ބައިވެރިކޮށްފައިވާއިރު، މިއީ ތަފާތު އެކި އުނދަގޫ މަރުހަލާތަކެއް ކަޑައްތު ކުރުމަށްފަހު ހެދިފައިވާ ދިރާސާއެއްކަމަށް މި ދިރާސާގައި ބައިވެރިވި ބައެއް އިސް ލީޑަރުން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2023

އުރުދުންގެ ކުޑަކުދިންގެ ފަރާތުން ޣައްޒާގެ ކުޑަކުދިންނަށް ތަފާތު މެސެޖެއް!

24 އޮކްޓޯބަރު 2023
އުރުދުންގެ ކުޑަކުދިންގެ ފަރާތުން ޣައްޒާގެ ކުޑަކުދިންނަށް ތަފާތު މެސެޖެއް!
19 ސެޕްޓެމްބަރު 2023

މަރުގެ ތުންފަތްމައްޗަށް ހުށަހެޅުނު މޮރޮކޯގެ ކުޑަކުދިންގެ ހިތްތަކަށް އުފާވެރިކަމެއް

19 ސެޕްޓެމްބަރު 2023
މަރުގެ ތުންފަތްމައްޗަށް ހުށަހެޅުނު މޮރޮކޯގެ ކުޑަކުދިންގެ ހިތްތަކަށް އުފާވެރިކަމެއް
26 ޖުލައި 2023

ބަރުދަން ލުއި ކުރާ އިންޖެކްޝަނާއެކު އިރީނާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް

26 ޖުލައި 2023
ބަރުދަން ލުއި ކުރާ އިންޖެކްޝަނާއެކު އިރީނާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް
01 ޖުލައި 2023

ދުވަސް ނުފުރައި އިންތިހާއަށް ޅަފަތުގައި އުފަންވާ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް އާ އުއްމީދެއް!

01 ޖުލައި 2023
ދުވަސް ނުފުރައި އިންތިހާއަށް ޅަފަތުގައި އުފަންވާ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް އާ އުއްމީދެއް!
25 މެއި 2023

ލޯފާން ކުދިންގެ ޙައްޤުގައި ހިލޭ ސާބަހަށް ޚިދުމަތް ކުރާ ލޯފާން މުދައްރިސަކީ 'ކުޅެދޭ' މީހުންނަށް ހުރި މިސާލެއް!

25 މެއި 2023
ލޯފާން ކުދިންގެ ޙައްޤުގައި ހިލޭ ސާބަހަށް ޚިދުމަތް ކުރާ ލޯފާން މުދައްރިސަކީ 'ކުޅެދޭ' މީހުންނަށް ހުރި މިސާލެއް!
23 ފެބުރުއަރީ 2023

ބިންހެލުމުގައި ހިތް ކުދިކުދިވި މައުސޫމު ކުދިންގެ ޙައްޤުގައި ހީވަގި ވޮލަންޓިއަރުން އަވަދިނެތި!

23 ފެބުރުއަރީ 2023
ބިންހެލުމުގައި ހިތް ކުދިކުދިވި މައުސޫމު ކުދިންގެ ޙައްޤުގައި ހީވަގި ވޮލަންޓިއަރުން އަވަދިނެތި!
08 ސެޕްޓެމްބަރު 2022

އޯޓިސްޓިކް ކުދިންގެ މެދުގައިވެސް މަޤުބޫލު ކާޓޫނަކަށް ފުރަތަމަ ފަހަރަށް އޯޓިސްޓިކް ކެރެކްޓަރެއް!

08 ސެޕްޓެމްބަރު 2022
އޯޓިސްޓިކް ކުދިންގެ މެދުގައިވެސް މަޤުބޫލު ކާޓޫނަކަށް ފުރަތަމަ ފަހަރަށް އޯޓިސްޓިކް ކެރެކްޓަރެއް!
02 އޮކްޓޯބަރު 2017

ސެލީނާ ޖެއިޓްލީ އަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ

02 އޮކްޓޯބަރު 2017
ސެލީނާ ޖެއިޓްލީ އަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ
13 ފެބުރުއަރީ 2017

ހަރްޝްވަރްދަން ރާނޭގެ "ގަރާޖް ސޭލް" އަންހެން ކުދިންގެ ތައުލީމަށް

13 ފެބުރުއަރީ 2017
ހަރްޝްވަރްދަން ރާނޭގެ "ގަރާޖް ސޭލް" އަންހެން ކުދިންގެ ތައުލީމަށް
14 ޖެނުއަރީ 2017

އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު

14 ޖެނުއަރީ 2017
އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް