Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޝާހުރުކް ޚާން

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

ފިލްމްފެއަރ އެވޯޑް ޙަފްލާ ހޮސްޓު ކޮށްދެނީ ޝާހުރުކް

އާލާ އިބުރާހިމް
އާލާ އިބުރާހިމް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2017 | ބުދަ 12:38
ޝާހުރުކް ޚާން

ޝާހުރުކް ޚާން

ބޮލީވުޑްގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޝާހުރުކް ޚާންގެ ޞިއްޙީ ޙާލަތާއި މެދު ފަރުވާލެއް ނެތި، އޭނާގެންދަނީ މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ މަސައްކަތް ފުރިހަމަ ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިޖެނުއަރީ މަހު ރާހުލް ދޮލާކިއާ ޑައިރެކްޓްކޮށް ފަރްހާން އަޚްތަރާއި ރިތޭޝް ސިދްވާނީ ޕްރޮޑިއުސްކުރާ ފިލްމު "ރައީސް" ރިލީޒްކުރުމަށް ތައްޔާރުވެފައިވައި އޮތްއިރު، މި އަހަރުގެ އޮގަސްޓް މަހުވެސް ޝާހުރުކް ޚާންގެ ފިލްމެއް ފެނިގެންދާނެއެވެ. އެގޮތުން، އިމްތިއާޒް އަލީ ޑައިރެކްޓްކޮށް ގޯރީ ޚާން ޕްރޮޑިއުސްކުރާ ފިލްމު "ދަ ރިންގް" ގެ މަސައްކަތްތައް ދަނީ ހަލުވިކަމާއެކު ކުރިއަށް ކަމަށް ޚަބަރުތައް ބުނެއެވެ.

"ދަ ރިންގް" ގެ ޝޫޓިންގް ގައި ޝާހުރުކް ޚާން ހަރަކާތްތެރިވަމުން ދާއިރު، އޭނާ އުޅެނީ ވަރަށް ބޮޑަށް ހުންއައިސްގެން ކަމަށް ޚަބަރުތައް ބުނެއެވެ. އޮގަސްޓް މަހުގެ އެގާރަ ވަނަ ދުވަހު ރިލީޒްކުރުމަށް ރާވާފައިވާ މިފިލްމުގެ ލީޑް ރޯލުން ޝާހުރުކް ޚާނާއެކު އަނުޝްކާ ޝަރްމާއާއި އީވްލީން ޝަރްމާވެސް ފެނިގެންދާނެއެވެ. މިއީ 2008 ވަނަ އަހަރު ނެރުނު ފިލްމު "ރަބްނޭ ބަނާދޭ ޖޯޅީ" އާއި 2012 ވަނަ އަހަރު ނެރުނު ފިލްމު "ޖަބް ތަކް ހޭ ޖާން" އަށްފަހު ޝާހުއާއި އަނުޝްކާ އެކުއެކީގައި ފެނިގެންދާ ތިންވަނަ ފިލްމެވެ.

މިއަހަރު ތެރޭގައި ނެރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން މި ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ރައީސް" ގައި ޝާހުއާއެކު ލީޑް ރޯލުން ފެނިގެންދަނީ ޕާކިސްތާނުގެ އެކްޓްރެސް މާހިރާ ޚާންއެވެ. އޭގެ އިތުރުން ނަވާޒުއްދީން ޞިއްދީޤީވެސް ފިލްމުން ފެނިގެންދާއިރު، ސަނީ ލިއޯންގެ ޚާއްޞަ ފެނިލުމެއް ހިމަނާފައިވެއެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ޝާހު ވަނީ ފިލްމުގެ މަސައްކަތްތަކުގައި ބަލިވެ އުޅެމުންވެސް އަވަދިނެތި މަސައްކަތް ކުރުމަށްފަހު، މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 62 ވަނަ ޖިއޯ ފިލްމްފެއާރ އެވޯޑްސްގެ ނޮމިނޭޝަން ޕާޓީގައި ބައިވެރިވެފައެވެ. ޚަބަރުތައް ބުނާ ގޮތުގައި މިއަހަރުގެ ފިލްމްފެއަރ އެވޯޑް ޙަފްލާ ހޯސްޓު ކުރުމުގެ އިތުރުން ޝާހުރުކްގެ ހުށަހެޅުންތައްވެސް އެޙަފްލާގައި ފެނިގެންދާނެއެވެ.

މިޙަފްލާގައި ބައިވެރިވުމަށް ކަރަން ޖޯހަރުވެސް ދެ ހަފްތާގެ ޗުއްޓީއެއްގައި ނިއުޔޯކްގައި ހުރެފައި ވަނީ އެނބުރި އައިސްފައެވެ. ޖިއޯ ފިލްމް ފެއަރ އެވޯޑްސް ޙަފްލާ ކަރަންވެސް ހޯސްޓުކޮށްދޭއިރު، އޭނާ ބުނީ މިއީ ހިންދީ ފިލްމީ ދާއިރާގެ ތާރީޚުގައި ފާހަގަކުރާ އެންމެ ކުލަގަދަ ޙަފްލާ ކަމަށްވާ ފިލްމްފެއާރ އެވޯޑް ޙަފްލާ ހޯސްޓުކުރާތާ ނުވަ ވަނަ ފަހަރު ކަމަށާއި، ކަޕިލް ޝަރްމާއާއި ޝާހުރުކް ޚާނާއެކު ސްޓޭޖް މަތީގައި ހުށަހެޅުމުގެ ފުރުޞަތު މިފަހަރުވެސް ލިބިގެން ދިއުމުން އެކަމާއި އިންތިހާއަށް އުފާވާ ކަމަށެވެ.

އިންޑިޔާ ސިނަމާތަކުން ފެނިގެންދާ ބުރަ މަސައްކަތާއި ހުނަރުގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމަށް ބާއްވާ އެވޯޑް ޝޯވގެ 62 ވަނަ އެޑިޝަން މިމަހުގެ 14 ވަނަ ދުވަހު މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެވޯޑުތަކަށް ވާދަކުރާ ފަރާތްތައް މިހާރު ވަނީ އިޢުލާންކޮށްފައެވެ. އެގޮތުން ލީޑް ރޯލުތަކުން ބެސްޓް އެކްޓަރަށް ވާދަކުރާ ފަންނާނުންނަކީ ސަހާހް ޚާނާއި ސަލްމާން ޚާންގެ އިތުރުން އާމިރު ޚާނާއި ޝާހުރުކް ޚާނެވެ. މީގެ އިތުރުން ޝާހިދް ކަޕޫރާއި ސުޝާންތް ސިންގް ރާޖްޕޫތުވެސް މި ކެޓެގަރީއިން ވާދަކުރެއެވެ. ބެސްޓް އެކްޓްރެސްގެ ރޯލުން އާލިއާ ބަޓްގެ ދެ ފިލްމު ކަމަށްވާ "އުޅްތާ ޕަންޖާބް" އަދި "ޑިއަރ ޒިންދަގީ" އިން އޭނާ ނޮމިނޭޓްވެފައިވާއިރު، ސޯނަމް ކަޕޫރާއި، އައިޝްވާރިޔާ ރާއީ ބައްޗަންއާއި، އަނުޝްކާ ޝަރްމާގެ އިތުރުން ވިދްޔާ ބާލަންވެސް ވަނީ އެ ކެޓެގަރީއިން ނޮމިނޭޓްވެފައެވެ.

އެންމެ ގިނަ އެވޯޑުތަކަށް ނޮމިނޭޓްވެފައިވަނީ ނުވަ ނޮމިނޭޝަނާއެކު 2016 ވަނަ އަހަރު ނެރުނު "އުޅްތާ ޕަންޖާބް" އެވެ. ޓޮޕް 10 ކެޓެގަރީގައި ހިމެނޭ "އުޅްތާ ޕަންޖާބާ"އި ވާދަކުރަނީ ކަރަން ޖޯހަރްގެ "އޭ ދިލް ހޭ މުޝްކިލް" އެވެ. މިފިލްމަށްވެސް ނުވަ ނޮމިނޭޝަން ލިބިފައިވާއިރު، ސަލްމާން ޚާންގެ ފިލްމު "ސުލްޠާން" ހަތް ކެޓެގަރީއަކުން ވާދަކުރެއެވެ.

އެންމެ މޮޅު ފިލްމަށް ވާދަކުރާ ފިލްމުތަކަކީ "ޑަންގަލް"، "ކަޕޫރު އެންޑް ސަންސް"، "ނީރްޖާ"، "ޕިންކް"، "ސުލްޠާން" އަދި "އުޅްތާ ޕަންޖާބް"އެވެ.

މީގެއިތުރުންވެސް އެތަކެއް އެވޯޑުތަކެއް ފެނިގެންދާ މި ޙަފްލާގައި މިފަހަރު އާ ސެގްމެންޓްތަކެއްވެސް ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ

އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ

06 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ

ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ

02 ފެބުރުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު