Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަން ކޮމިޝަން

ގޮނޑި ހުސްވެފައިވާނަމަ އެކަން އަންގައިދިނުމަށް އެދުމުން، އެއީ ކޮމިޝަނާއިބެހޭ ކަމެއް ނޫންކަމަށް އިލެކްޝަނުން ބުނެފި

29 އޮކްޓޯބަރު 2017 | އާދީއްތަ 12:06

މެމްބަރުން ފޮނުވި ސިޓީގެ ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ "ތިމައްސަލާގައި ކަމާ ގުޅުންހުރި އިދާރާގައި ދެންނެވުން ރަނގަޅުވާނެކަމަށް ދެކޭ" ކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 29 އޮކްޓޯބަރު 2017 | އާދީއްތަ 12:06
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިލްހާމް އަހުމަދާއި، މެމްބަރު އަބްދުﷲ ސިނާން - ދެ ބޭފުޅުންގެ ގޮނޑިވެސް ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިލްހާމް އަހުމަދާއި، މެމްބަރު އަބްދުﷲ ސިނާން - ދެ ބޭފުޅުންގެ ގޮނޑިވެސް ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައި، ދާއިރާތަކުގެ ބައި-އިލެކްޝަންސް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާނަމަ އެކަން އަންގަވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ފޮނުވި ސިޓީއާއި ގުޅިގެން އެކަމަކީ އިލެކްޝަންސް ކޮމިޝަނާއި ބެހޭކަމެއް ނޫން ކަމަށް ބުނެ ޖަވާބުދިނުމަށް ކޮމިޝަނުން ދެކޮޅު ހަދައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި، ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި މެމްބަރުން އެދިލައްވައިފައި ވަނީ، އެ ބޭފުޅުން ތަމްސީލް ކުރައްވަމުންގެންދެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާކަމުގައިވާނަމަ އެކަން އަންގަވައިދެއްވުމަށެވެ.

Advertisement - newsAdvertisement

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވަކިވަކިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ހުސްވެއްޖެކަމާއިމެދު ހިލާފެއް އުފެދިއްޖެނަމަ އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންކަމުގައި ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ސަރީހަ ނައްސުން ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އެ މެމްބަރުން ވަކިވެފައިވާކަމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވަމުންދިޔަ ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ކޮމިޝަނުން ނިންމަވާފައިވާނަމަ އެ ނިންމުންގެ ޝަރީއަތުގައި ކަނޑަ އެޅުމަށެވެ.

އޭގެއިތުރުން އިލެކްޝަންސް ކޮމިޝަނުން އެފަދަ ނިންމުމެއް ނިންމާފައިވާކަމުގައިވާނަމަ އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މެދުވެރިކޮށް ފައިސަލާކުރަނިވި ހުކުމެއް ނެރުމަށްޓަކައި ކޮމިޝަނުން އެ މެމްބަރުން ތަމްސީލްކުރައްވަމުންދިޔަ ގޮޑި ހުސްވެފައިވާކަމަށް ކަނޑައަޅާނަމަ އެކަން އެނގޭނެފަދަ ލިޔުމެއް ލިބޭނެގޮތެއް ހަމަޖައްސަވައި ދެއްވުންއެދޭ ކަމަށެވެ. އަދި އެފަދަ ނިންމުމެއްގައި އެ ނިންމުން ބިނާކުރެވޭ ޤާނޫނީ އަސާސްތަކާއި ސަބަބުތައް ހިމަނައިދެއްވުމަށް ވެސް އެ މެމްބަރުން އިލެކްޝަންސް ކޮމިޝަނަށްގެ ރައީސަށް ފޮނުވި ސިޓީގައި އެދިލައްވައިފައިވެއެވެ..

ކޮމިޝަނަށް ފޮނުއްވި އެ ސިޓީގެ ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުން ބައެއް މެމްބަރުންނަށް ފޮނުވި ޓީގައި ބުނެފައިވަނީ "ތިމައްސަލާގައި ކަމާ ގުޅުން ހުރި އިދާރާގައި ދެންނެވުން ރަނގަޅުވާނެކަމަށް ދެކޭ" ކަމަށެވެ. އިތުރަށް އެ ސިޓީގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޕާޓީ ބަދަލުކުރި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ 7 ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެކަމަށް އެ ކޮމިޝަނުން އަމިއްލަ އަމިއްލައަށް ނިންމާލާފަ އެވެ. އެގޮތުން ގޮނޑިގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދާއި، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންނާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި، ތިނަދޫ ދެކުނު ދާއިރަގެ މެމްބަރު އަބްދުﷲ އަހުމަދު އަދި ގެމަނަފުށި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެވެ. ނަމަވެސް މި މެމްބަރުންގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވާކަމަށް ޤާނޫނު އަސަސީގެ 74 ވަނަ މާއްދާގެ ދަށުން މިހާތަނަށް ވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

31 މާރިޗު 2017

ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު

31 މާރިޗު 2017
ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު
19 މާރިޗު 2017

ސައުދީ އަށް ފ. އަތޮޅު މިލްކުކޮށްދޭން ކަމަށް ނުބުނޭ، އެއީ އޮޅުވާލުމެއް: އަމީތު

19 މާރިޗު 2017
ސައުދީ އަށް ފ. އަތޮޅު މިލްކުކޮށްދޭން ކަމަށް ނުބުނޭ، އެއީ އޮޅުވާލުމެއް: އަމީތު
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް