Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކެޓަލޯނިއާ

ސްޕެއިން އިން ބާރުގެ ބޭނުންކޮށްފި! ކެޓަލޯނިއާ އިން ދެން ހަދާނީ ކިހިނެއް؟

ސްޕެއިން އިން ވަނީ ކެޓަލޯނިއާ، އެގައުމުގެ ފުރިހަމަ ބާުރުގެ ދަށަށް ގެނެސްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 28 އޮކްޓޯބަރު 2017 | ހޮނިހިރު 21:50
ކެޓަލޯނިއާގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް، ސްޕެއިންގެ މައި ސަރުކާރުން ވަނީ އެނާ މަގާމުން ދުރުކޮށްފައި

ކެޓަލޯނިއާގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް، ސްޕެއިންގެ މައި ސަރުކާރުން ވަނީ އެނާ މަގާމުން ދުރުކޮށްފައި

ސްޕެއިންގެ އެންމެ މުއްސަނދި ސަރަހައްދުތަކުގެތޭރޭގައި ހިމެނޭ ކެޓަލޯނިއާ އިން މިނިވަންކަން ބޭނުންވާތާ ދުވަސްތަކެއްވެއްޖެއެވެ. ކެޓަލޯނިއާ، ސްޕެއިންގެ މިނިވަން ސަރަހައްދެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައީ، ސްޕެއިންގައި 1936 އިން 1939 ކަށް ކުރެވުނު ހަނގުރާމައެއް ކަމަށްވާ، "ސްޕެނިޝް ސިވިލް ވޯ" ގެ ތެރޭގައެވެ. ކެޓަލޯނިއާ އަށް މިނިވަންކަން ގެއްލުނުއިރު ސްޕެއިންގެ ވެރިކަމުގައި ހުންނެވީ އަސްކަރީ ޚުދުމުޚުތާރު ވެރިއެއް ކަމަށްވާ ފްރެންސިސްކޯ ފްރެންކޯ އެވެ. 1975 ގައި ފްރެންކޯ އަވަހާރަވުމަށްފަހު ކެޓަލޯނިއާ އަށް ސްޕެއިންގެ އަތްދަށުން ކޮންމެވެސްވަރެއްގެ މިނިވަންކަމެއް ލިބިގެން ދިޔައެވެ. އެހެނަސް ކެޓަލޯނިއާގެ އެތައް ބަޔަކަށް އެއީ، ފުދޭވަރުގެ މިނިވަން ކަމަކަށް ނުވިއެވެ.

ކޮންމެއަކަސް، ކެޓަލޯނިއާގައި އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓަށް، ކެޓަލޯނިއާގެ ރައްޔިތުންގެ ތާއިދު ލިބުނެވެ. މާބޮޑަށްވެސް ލިބުނެވެ.ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓުގައި، 90 ޕަސެންޓް މީހުން ސްޕެއިން އިން މިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައި ވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްޕެއިންގެ މައި ސަރުކާރުން ބުނެފައި ވަނީ އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓު ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމޮކްރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

އެންމެފަހުން، 27 އޮކްޓޯބަރުވީ ހުކުރު ދުވަހު ކެޓަލޯނިއާ އިން މިނިވަންކަން އިއުލާންކޮށްފިއެވެ.

135 މެމްބަރުންގެ މައްޗަށް އެކުލެވޭ ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީހުގައި ހުކުުރު ދުވަހު ނެގި ވޯޓުގައި، 70 މެމްބަރަކު ވަނީ ކެޓަލޯނިއާ އިން މިނިވަންކަން އިއުލާން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ 10 މެމްބަރަކު ވަނީ މިކަމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އަދި ދެ މެމްބަރަކު ވޯޓަށް ހާޒިރުވެވަޑައިނުގަންނަވައެވެ.

ކެޓަލޯނިއާ އިން މިނިވަންކަން އިއުލާން ކުރުމާ ގުޅިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި، ސްޕެއިންގެ ބޮޑު ވަޒީރު ވަނީ އެކަމާ ދެކޮޅަށް ޓްވީޓް ކުރައްވާފައެވެ. ބޮޑު ވަޒީރު މާރިއާނޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ގާނޫނުގެ ހުކުމް ކެޓަލޯނިއާގައި ގާއިމުކުރައްވާނެ" ކަމަށެވެ.

ކެެޓަލޯނިއާގެ މައްސަލާގައި އެމެރިކާ އިން ތާއިދު ކުރަނީ ސްޕެއިންގެ ސަރުކާރަށެވެ. އެގޮތުން ކެޓަލޯނިއާ އިން މިނިވަންކަން އިއުލާންކުރިތާ މާގިނައިރުތަކެއް ނުވެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސްޕެއިންގެ ސަރުކާރުން، ސްޕެއިން އެއްބައިވަންތަކޮށް ބޭއްވުމަށް ކުރާ މަސައްކަތްތަކަށް އެމެރިކާ އިން ތާއިދު ކުރާ ކަމަށެވެ. އަދި ކެޓަލޯނިއާ އަކީ ސްޕެއިންގެ ސަރަހައްދެއް ކަމަށެވެ.

ހޮނިިހިރު ދުވަހު އިވިގެން ދިޔައީ ބާރުގަދަ ސްޕެއިން އިން ކެޓަލޯނިއާ އަށް ދީފައި އޮތް ކޮންމެވެސްވަރެއްގެ މިނިވަންކަން، އެއްކޮށް ނިގުޅައިގަތް ވާހަކައެވެ. އަދި ކެޓަލޯނިއާގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް މަގާމުން ދުރުކޮށްފައެވެ. މިކަމާ ގުޅޭގޮތުން ޕުއިޖްޑެމޮންޓް ވިދާޅުވީ ކެޓަލޯނިއާ، ސްޕެއިންގެ ފުރިހަމަ ބާުރުގެ ދަށަށް ގެނައުމާ ދެކޮޅަށް ސުލްހަވެރިކަމާއެކު އިހްތިޖާޖް ކުރަން ޖެހޭ ކަމަށާއި މަގާމުން ދުުުރުކުރި ފަރާތްތައް އެކުވެގެން "މިނިވަން ކެޓަލޯނިއާ އެއް ބިނާކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ." އުފެދޭ ސުވާލަކީ ކެޓަލޯނިއާ މައްސަލައިގައި ދެން ވާނީ ކިިހިނެއްތޯއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2020

ޑްރަންކް އެންޑް ޑިސްއޯޑަލީ: މި ހާލަތު ދިމާވުމުން އެހެން ގައުމުތަކުގައިވެސް ބާރުގެ ބޭނުންކުރޭ

09 ފެބުރުއަރީ 2020
ޑްރަންކް އެންޑް ޑިސްއޯޑަލީ: މި ހާލަތު ދިމާވުމުން އެހެން ގައުމުތަކުގައިވެސް ބާރުގެ ބޭނުންކުރޭ
31 އޮކްޓޯބަރު 2018

ބާރުގައި ބުރުވާލި ބާރަ ނިކުމެ ބާރުގެ އަހުވަ ރައީސް ޔާމީނަށް

31 އޮކްޓޯބަރު 2018
ބާރުގައި ބުރުވާލި ބާރަ ނިކުމެ ބާރުގެ އަހުވަ ރައީސް ޔާމީނަށް
02 މާރިޗު 2018

ހަތިޔާރެއް ނެތް އާއްމުންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން

02 މާރިޗު 2018
ހަތިޔާރެއް ނެތް އާއްމުންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން
29 ޖެނުއަރީ 2018

ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.

29 ޖެނުއަރީ 2018
ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.
08 ޑިސެމްބަރު 2017

ޗައިނާ އަށް ރާއްޖެ "ވިއްކާލައިފި"، އިންޑިއާ ދެން ހަދާނީ ކިހިނެއް؟

08 ޑިސެމްބަރު 2017
ޗައިނާ އަށް ރާއްޖެ "ވިއްކާލައިފި"، އިންޑިއާ ދެން ހަދާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު