Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބާރުގައި ބުރުވާލި ބާރަ ނިކުމެ ބާރުގެ އަހުވަ ރައީސް ޔާމީނަށް

ރައީސް ޔާމީން އަޒުލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2018 | ބުދަ 12:13
ރައީސް ޔާމިން: މިއަދު ވަނީ އެކަނިވެފައި

ރައީސް ޔާމިން: މިއަދު ވަނީ އެކަނިވެފައި

އަޑު އަހަނީ ކޮކަޑިކޭ މީދަލެއްގެ ވާހަކައެވެ. މީދަލުގެ އުނދަގޫ ބޮޑުވެގެން އެސޮރުމެން ހުސްކުރާން މީހަކު ލީ ވިހައެއްގެ ވާހަކައެވެ. އެލީ ކޮކަޑި ކައިގެން އެސޮރުމެން މަރު ނުވަނީސް ވެހުނު ވާރޭފެން ބޮއެގެން ދެން ކުރާންފެށި ކަންކަމުގެ ވާހަކައެވެ. ބައެއް ފަހަރަށް އެއީ ތުނޑު ހަސަނާ ޖެހުނު މީދަލޭ ވެސް ބުނެ އުޅެއެވެ.

ދައްކާން މިއުޅެނީކީ އެވާހަކައެއް ނޫނެވެ. ބޯދާ ޒަމާނުންސުރެ ދެކެވޭ އެވާހަކައަށް ވުރެ ފަހުތިބީންނަށް މިސާލު ޖަހާލަން މާ ސަޅި ވާހަކައެކެވެ. މަޝްހޫރު 12 މެމްބަރުންގެ ވާހަކައެވެ. ޕީޕީއެމުން ނުކުމެ އިސްލާހީ މަސައްކަތާ ގުޅުމާއެކު ރައްޔިތުން ހޮވި މެމްބަރުކަން ގެއްލުނު ވާހަކައެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން ޖަލުގެ ކުޑަގޮޅީގައި އޮންނަން ޖެހުނު ވާހަކައެވެ.

ގޮނޑިގެއްލުނު 12 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުންނަކީ ޕީޕީއެމަކުން ހޮވުނު ބައެއް ނޫނެވެ. އެމްޑީޕީއާއި ޖޭޕީގެ މެމްބަރުންނެވެ. ނޫންނަމަ އަމިއްލަ ގޮތުންނެވެ. އެމެމްބަރުން ގެންގޮސް މުލިއާގެ ތެރެކުޑަކޮށް ޕީޕީއެމަށް ސޮއިކުރުން ވެގެން ދިޔައީ ސުމާރެއް ނެތް ފަދަ ބާރުވެރިކަމެއް ރައީސް ޔާމީނަށް ލިބުނު ކަމަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕީޕީއެމްއަށް ބުރަވި ކަމަކަށެވެ. ދެނެކާ ދެނެއް ނެތެވެ. ރައީސް ޔާމީން ބާރުތައް ދަމައިގެންނެވީކީ ތިޔަހެނެއް ނޫނެވެ. މިނިވަން މުއައްސަސާތައް ރަނގަޅަށް ތަޅު އަޅުވާލިއެވެ. ކޯޓުތައް ހެޔޮވަރުކޮށްލާ ތަގުޅިއެޅުވިއެވެ.

ލިބުނު ބާރާއެކު ހިމަރޯނުން ފަށަކާފަށެއް ޖައްސާ ބަނދެލިހެން މެމްބަރުންކޮޅު ބަނދެލިއެވެ. އެމެމްބަރުން ހިރިނުލެވޭވަރަށް އެމެމްބަރުންގެ ކުޅިފަސް އަތުލިއެވެ. އިސާހިތަކު ސިޓީ އުރަ ބެހުމާ ޗޮކްލެޓާ ޕެނަޑޯލް ބަންދުކުރުމުގައި މެޑަމް އަރިހުގައި ތިބެން ޖެހުނީ ހަމަ އެނޫން ގޮތެއް ނެތިގެންނެވެ. މުޅި ދާއިރާގައި ހިނގައިގެން ހޯދި ގިނަ ވޯޓާއެކު ލިބުނު އިއްޒަތްތެރިކަމުގެ ހަޤީގީ ބާރު ކެނޑިގެން ދިޔައެވެ.

ދެންވާ ރައްޔިތު ކޮށާރުގެ ފޫވެސް ނޯވެދާނެ ވަރަށް ވައްކަމާއި ކޮރަޕްޝަން ބޮޑުވެ ޤައުމުގެ ބޮޑުބައި ހުރަގެއަކަށް ވެދާނެތީ ގަންނާ ކުރެއްވި ބިރުން ޤައުމު ހަމަމަގަށް އަޅުވަން ޖެހޭ ކަމަށް ބުނެ އިދިކޮޅު މީހުންނާ ބައި އަތު ހިފިއެވެ. މަރާލިއަސް ޗިސްޗިސް ކޮށްލިއަސް އަދި ކުދިކޮށް ކޮށާ ކާޅަށް އުކާލިއަސް ދެނެއް ނުތިބޭނަމޭ ބުނެ ކަށިން ހިތްވަރު ނަގާފައި 12 މެމްބަރުން ނުކުތެވެ.

އެކަން ވެގެން ދިޔައީ ރައީސް ޔާމީންގެ މައިބަދައަށް ހަރާލި ވަރުގަދަ ކަށްޓަކަށެވެ. ވެރިކަން ހިފަހައްޓަށް ވިއްދާފައިހުރި ކައްތިރި އޭގެ މަޤާމުން ކައްސާލި ކަމަކަށެވެ. ހީވީ ދަށްއުޑުން ބާރަށް ގުގުރާލި ހެންނެވެ. ބުއްރާސް ޖެހި ކުކުޅެއްހެން އަޅާ އިތިކޮށް ދުއްވައިގަތެވެ. ބާކީތިބި މެމްބަރުންކޮޅު ބޭނުންކޮށްގެން ބަސްބުނި ހިނދުން 12 މެމްބަރުންގެ ގޮނޑި އަތުލައި އެމެމްބަރުން މަގުމަތިކޮށްލިއެވެ. ޤާނޫނެއް ޤާނޫން އަސާސީއެއް އަދި އިންސާނީ ހަމައެއް ބެލުމެއްނެތިއެވެ. އެމެމްބަރުން ލައްވާ އެމެމްބަރުންގެ ކަރު ދަންމަޅިއެއްގެ ގޮތުގައި އެންޓި ޑިފެކްޝަން ޤާނޫނު ފާސްކޮށްގެންނެވެ. މީހަކު ކިޔާނެހާ އެއްޗެއް ކިޔަސް ލަވާނެހާ ހަޅޭކެއް ލެވިއަސް މަށަކުވާ ނުބަލާނަމޭ ބުނެ ކޯޓުތައް މެދުވެރިކޮށް މައްސަލަ އަހަރަކަށްވުރެ ގިނަ ދުވަހު ދިގު ދަންމާލީއެވެ. ރައީސް ޔާމީނަށް ލިބިދީފައި އޮތް ބާރުވެރިކަމުގައި އެމެމްބަރުންގެ ދުވަސް ގާތްގަނޑަކަށް ދުއްވާލީއެވެ.

އެއްކަމެއްވެސް އަބަދަކު އެއްގޮތަށް ނޯންނަ ބީދައިން ކޮޅު ބަދަލު ވެއްޖެއެވެ. ޖަހާނެހާ ސަކަރާތެއް ޖަހައިގެން ގަންނާނެހާ ގަނޑެއް ގަނެގެން ވެސް އެގޮތުގައި ހުއްޓަކަ ނުދިނެވެ. އިތުރު ދައުރަކަށް ނުބަހައްޓާނަމޭ ބުނެ ރައްޔިތުން ވޯޓުން ތަޅާ ބޮޑުތަނުން ބަލިކޮށްފިއެވެ. ކުޅިގަނޑު ބަދަލުވެ މަނާ މަންތިރިވިއެވެ. ކޯޓުތެރެއިން 12 މަންތިރި ހަޤީގީ ބާރުގައި ނިކުމެ ރަނގަޅަށް އެތުރިލައިފިއެވެ. ގަދަފައި ވިއްދާފައި ބޮނދުބުޑަށް ކިއަން އުޅުނު ސައި ނުކިއި އެޅުނު ޅަ އެއްޗާއެކު ރައީސް ޔާމީން ބަލިވި ވަގުތު 12 މަންތިރި ވަށާލައިފިއެވެ. އެރޭނެ ގޮޅި އެއްކޮށް ހުސްކޮށްލައިފިއެވެ. ރައްޔިތުން ނަގާ އެއްލާލި ބީދައިން 12 މެމްބަރުން އެފެށްޓެވީ ސީދާ ރައީސް ޔާމީނާ ކުޅޭށެވެ. ހިންދެމިލާނެ ވަގުތުކޮޅެއްވެސް ނުދޭނަމޭ ބުނެ އެމެމްބަރުން އެވަނީ އެމަނިކުފާނު އަޒުލުކުރުމުގެ މަސައްކަތް ފަށާފައެވެ. އަރުވާ ޖަހާފައި އެއް އަންބާއެއް ކިޔައިގެން ނޮވެމްބަރު 17 ގެ ކުރިން އެމަނިކުފާނު ވައްޓާލަން އެވަނީ ވާޖަހާފައެވެ. ދެންވާ ދަމައިގަންނަން ތައްޔާރަށް އޮތްއިރު ރައީސް ޔާމީންގެ ގާތުގައި ބާކީތިބި މެމްބަރުންކޮޅުވެސް އެވަނީ ވަލުގައި ހިފަން ލެފިލާފައެވެ. ފުރާޅަށް ފައިބާ އުހީގެ އުނދަގޫ ބޮޑުވެ ތިމަންމެންވެސް މިތިބީ މިރުއް ކަނޑާ ނުލެވިގެންނޭ ބުނާ ގޮތަށެވެ. މިއީ އަހަރެމެންގެ ފަހަރޭ ބުނެ ރައީސް ޔާމީންގެ އިތުބާރު ނެތްކަމަށް ނިންމުމުގައި އަތުކުރި އޮޅާލައިގެންނެވެ. ބާރު އޮތީތީ ބާރުގައި 12 މެމްބަރުންނަށާއި އެހެނިހެން މީހުންނަށް ދިން ލަގާގެ ހިތި ފިލުވާލައި ރައީސް ޔާމީނަށް އަހުވަ އެދައްކާލަނީ 12 މެމްބަރުންނަށް ލިބުނު ވަރުގަދަ ބާރުގައެވެ. މިފަހަރު ޖެހިވަޑައިގަންނަވާނީ ނިކަމެތިކަމުގައި ކުޅި ބައްލަވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ތިން ބާރުގައި ވެސް ގާސިމް!

ދައުލަތުގެ ތިން ބާރުގައި ވެސް ގާސިމް!

08 ނޮވެމްބަރު 2018
އިބޫ ހުވާކުރެއްވުން ރައްޔިތުންގެ ދަރުބާރަކަށް ހައްދަވާ!

އިބޫ ހުވާކުރެއްވުން ރައްޔިތުންގެ ދަރުބާރަކަށް ހައްދަވާ!

01 އޮކްޓޯބަރު 2018
ކެމްޕޭނުން ފެންނަ ދެ މަންޒަރު: އެކަކު ބާރުގައި، އަނެކަކު ހުސް އަތާ!

ކެމްޕޭނުން ފެންނަ ދެ މަންޒަރު: އެކަކު ބާރުގައި، އަނެކަކު ހުސް އަތާ!

25 އޯގަސްޓު 2018
ހުކުމްތައް ކުރީ ބުނިގޮތަށޯ! ދެން ބާރަށް އަތްޖަހާ.

ހުކުމްތައް ކުރީ ބުނިގޮތަށޯ! ދެން ބާރަށް އަތްޖަހާ.

03 މެއި 2018
ބަންދުގައި މިހާރު ތިބި މީހުން، މިހާރު ބާރުގައި ތިބި މީހުނަށް ފިލާވަޅަކަށް ނުވޭތަ؟

ބަންދުގައި މިހާރު ތިބި މީހުން، މިހާރު ބާރުގައި ތިބި މީހުނަށް ފިލާވަޅަކަށް ނުވޭތަ؟

26 މާރިޗު 2018

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު