Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޗައިނާ ދަތުރުފުޅު

ޗައިނާ އަށް ރާއްޖެ "ވިއްކާލައިފި"، އިންޑިއާ ދެން ހަދާނީ ކިހިނެއް؟

ޖޮއިންޓް އޮބްޒަވޭޝަން ސްޓޭޝަނެއް އުފެއްދުމަށް ޗައިނާއާއެކު ރާއްޖެއިން ވަނީ ސޮއިކޮށްފަ

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2017 | ހުކުރު 14:10
ޗައިނާ އާއި ރާޢްޖޭގެ ރައީސުން ބައްދަލު ކުރައްވަނީ

ޗައިނާ އާއި ރާޢްޖޭގެ ރައީސުން ބައްދަލު ކުރައްވަނީ

އިންޑިއާ ކަނޑުގައި ދުނިޔެ ދެބައިވާ ގޮތަށް ހާރެއްހެން ދަމާލެވިފައި މި ކުޑަކުޑަ ދިވެހިރާއްޖެ, މި ސަރަހައްދުގެ ގައުމުތަކަށް މުހިންމުވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ދެކުނު އޭޝިއާ އާއި އިރުމަތީ އޭޝިއާ އަދި މުޅި އިންޑިއާ ކަނޑުގައި ގަދަބަދަވިކަން ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި އަތްގަދަކުރުން މުހިންމެވެ. މި ސަރަހައްދުގެ "ރަސްކަލަކަށް" ވުމަށް މަސައްކަތްކުރާ އިންޑިއާ އާއި ޗައިނާ އަށް ރާއްޖެ މުހިންމު ވަނީ މި ސަބަބަށްޓަކައެވެ.

ކުރިން ނުފެންނަ ބޮޑު ވާދަވެރިކަމެއްގެ ތެރެއަށް ޗައިނާ އާއި އިންޑިއާ އިން ވެއްޓުނުއިރު އެ ދެ ގައުމަށް ވެސް އެންމެ މުހިންމު އެއް މަންޒިލަކަށް ވެފައި އޮތީ ލަންކާ އާއި ރާއްޖެއެވެ. ޒަމާންތަކެއް ކުރިން ފެށިގެން ތަމަޅައިގެން ގިނަ ބަޔަކު އާބާދުކޮށްގެން ލަންކާގައި އިންޑިއާ އިން ހަންފަތުރަމުން ގެންދިޔަނަމަވެސް، އެ އުޅުން ނާކާމިޔާބުކޮށްލައި ފަހުގެ ތާރީހުގައި އިގްތިސާދީ ގޮތުން ޗައިނާ ވަނީ ލަންކާ އަޅުވެތި ކުރުމުގައި އިންޑިއާގެ މައްޗަށް ކުރިހޯދާފައެވެ.

ލަންކާ އަށް ފަހު މި ސަރަހައްދުގައި މި ދެ ގައުމުގެ ވާދަވެރިކަން ބޮޑުވީ ރާއްޖެއާ މެދުއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ތެރޭގައި ގެންގުޅުއްވި މެދުމިނުގެ އަދި ހަމަހަމަކަމުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން އިންޑިއާ އާއި ޗައިނާއާ މެދުވެސް ގެންގުޅުއްވީ މުޅިން ތަފާތު ސިޔާސަތެކެވެ. ތާރީހުގައި ހިނގާފައިވާ، ގައުމަށް ކުރިމަތިވި ބޮޑެތި ކަންކަމުގައި އެންމެ އަވަހަށް އެންމެ ކުރީ ސަފުގައި އިންޑިއާގެ އެހީތެރިކަން ރާއްޖެ އަށް ލިބުނު ކަމުގައި ވިޔަސް ރާއްޖޭގެ ޚާރިޖީ ސިޔާސަތު އަވަށްޓެރިންނަށް ހިތަކަށް ލަންބުވާލައްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ރައީސް މައުމޫނު ގެންގުޅުއްވީ އަވަށްޓެރިންނާއި މޫނު ނުކެނޑި އަރަބި ގައުމުތަކާއި ގާތް ގުޅުން އޮންނަ ފަދަ ޚާރިޖީ ސިޔާސަތެކެވެ.

ނަމަވެސް 2008 ވަނަ އަހަރު ރާއްޖެ އައި ސިޔާސީ ބަދަލުތަކަށްފަހު ޑިމޮކްރަސީގެ ތެރެއިން ޚާރިޖީ ސިޔާސަތު ވެސް ވަރަށް ބޮޑަށް ހުޅުވިގެން ދިޔައެވެ. އަދި އޭރު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދު އިސްކުރެއްވީ "ބިގް ބްރަދަރ" ނުވަތަ އިންޑިއާއާ އޮތް އެކުވެރިކަން އިތުރަށް ބަދަހިކުރުމުގެ ސިޔާސަތެކެވެ. އިންޑިއާގެ އިންވެސްޓްމަންޓްތަކަށް ވަރަށް ބޮޑަށް ރާއްޖެ ހުޅުވާލެވިގެން ދިޔައެވެ. އެގޮތުން ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު އިންޑިއާގެ ޖީއެމްއާރަށް ކުއްޔަށް ދިނެވެ. ގެދޮރުގެ މަޝްރޫއުތަކާއި، ކުނި ނައްތާލުން ފަދަ ބޮޑެތި މަސައްކަތްތަކުގެ ބައިވެރިއަކަށް ނަޝީދު ހެއްދެވީ އަވަށްޓެރި އިންޑިއާއެވެ. އެންމެ ފަހުން ވެރިކަން ފުރޮޅިގެން ދިޔުމުގައި ސަބަބަކަށްވީ ވެސް ޖީއެމްއާރު އެއާޕޯޓެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތައް އަމާޒު ހިފާފައި ވަނީ ވެސް ޖީއެމްއާރު ބޭރުކޮށް، އިންޑިއާ ލަދުގެންނެވުމަށެވެ.

ނަޝީދުގެ ވެރިކަމުގައި ޗައިނާ އާއި އަރަބިން ކަޅި އަޅައިގެން ތިބީ ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް ދެމިގަނެ އަތްގަދަކުރާނެ ފުރުސަތަކަށެވެ. ނަޝީދުގެ ވެރިކަމަށް ފަހު ވެރިކަމަށް ވަޑައިގެންނެވި އެ މަނިކުފާނުގެ ނައިބު، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ޚާރިޖީ ސިޔާސަތު ބައްޓަންކުރެއްވުމަށް ވުރެ ބޮޑަށް، އުޅެންޖެހިވަޑައިގެންނެވީ ވެރިކަމަށް ވަޑައިގެންނެވީ ބަގާވާތަކުން ނޫންކަން ސާބިތުކޮށްދެއްވުމުގައެވެ. އެހެންކަމުން މި ގައުމުގެ އިގްތިސާދާއި މި ގައުމުގެ އިގްތިސާދީ މިނިވަން ކަމަށް ދަހިވެތިވެފައި ތިބި ފަރާތްތަކަށް މާ ބޮޑު ފުރުސަތެއް، އެ ވެރިކަމުގައި ލިބިގެން ގޮސްފައެއް ނުވެއެވެ.

މިހާރުގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމާއިއެކު ޚާރިޖީ ސިޔާސަތުގެ މިސްރާބު އިރުމައްޗަށް ދީލައިލެއްވިއެވެ. އަދި ދިވެހި ޚާރިޖީ ސިޔާސަތުގެ ނައު ސީނުކަރައާ ދިމާއަށް މިސްރާބު ޖެހިކަން ފާޅުގައި ހާމަކުރެއްވިއެވެ. އޭގެ ފަހުން ފަސްއެނބުރި ބެއްލެވުމެއް ނެތެވެ. އަވަށްޓެރިން ދަމައިގެން ތިބި ތުންގަޑަށް ބެއްލެވުމެއް ނެތި ރައީސް ޔާމީން ގެންދެވީ ޗައިނާއާ ހިތާހިތުގެ ގުޅުން ބަދަހިކުރައްވަމުންނެވެ. ސަބަބުތައް ގިނައެވެ. ޗައިނާގެ ސްޓްރެޓެޖީ ބިނާކޮށްފައި އޮތީ ހުޅަނގު ބިތުން އިރުމަތީ ބިތާއި ދެމެދު ޗައިނާއާ ހަމައަށް އޮތް ލައިންގައި އެ ގައުމުގެ އާރާއި ބާރު ގަދަކުރުމަށެވެ. ޒިންބާބުވޭ އާއި މިޔަންމާ އާއި ލަންކާ އަށް ފަހު އިގްތިސާދީ ގޮތުން ރާއްޖެ އަޅުވެތިކުރުމަށް ޗައިނާ އިން ގެންގުޅުނީ "މެޓާ ދީގެން ކުޑަކުދިން ރުއްސުން" ފަދަ ސިޔާސަތެކެވެ. ވަގުތީ އުފާތައް ހާސިލްކޮށްދިނުމުގެ ސިޔާސަތެކެވެ.

ކަންދިމާކުރި ގޮތުން ރާއްޖޭގައި މިހާރު އޮތް ސަރުކާރަކީ އެކަމަށް މަރެކެވެ. މުސްތަގުބަލަށް ބެލުމެއް، ވިސްނުމެއް ނެތި އެވަގުތަކުން ލިބެން އޮތް އެއްޗެއް ހޯދުމުގެ ދަހިވެތިކަން އިންތިހާ އަށް އޮތް މިސަރުކާރުގެ މުހުތާދުތައް ޗައިނާ އިން ފުއްދައިދެމުން ގެންދިޔައީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. އެނގުމާއި ނޭނގުމުގެ ތެރެއިން ވެސް ސަރުކާރުން ގެންދިޔައީ އިގްތިސާދީ ލަގަން ޗައިނާގެ އަތްމައްޗަށް ދޫކޮށްލަމުންނެވެ. ގައުމަށް ނުކަތާ ވަރުގެ ބޮޑެތި ބިޔަ މަޝްރޫއުތަކަށް ޗައިނާ އިން ގެންދިޔައީ ފަންޑު ކޮށްދެމުންނެވެ. ނަމަވެސް ހިލެއަކު ނޫނެވެ. ބަދަލުގައި ޗައިނާގެ އަސްލު މަގުސަދު ހާސިލްވާ ގޮތަށެވެ. އިގްތިސާދީ ފައިދާތަކެއްގެ ބަދަލުގައި މުޅި ސަރަހައްދުގައި އިންޑިއާގެ މައްޗަށް ގަދަވެގަތުމަށް ކުރާ "ފިނި ހަނގުރާމަ" ކާމިޔާބު ވާނެ ގޮތެއްގެ މަތިންނެވެ.

އެންމެ ފަހުން ރައީސް ޔާމީން މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ޗައިނާ އިން އެ ވަނީ ރާއްޖެ ފަތަހަކުރުމުގައި އިންޑިއާގެ މައްޗަށް ކުރި ހޯދާފައެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ނަމުގަ އާއި އިންޑިއާ ކަނޑު މޮނީޓާކުރުން ފަދަ ތަފާތު ނަންނަމުގައި އެއްބަސްވުންތައް އެ ވަނީ ހަދައި ސިއްކަ ޖަހާފައެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ނަމުގައި އިގްތިސާދީ ގޮތުން އަޅުވަތިކުރީއެވެ. މި ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި އިންޑިއާ އަށް ވުރެ ކުރި "ޖޮއިންޓް އޮބްޒަވޭޝަން ސްޓޭޝަން"ގެ ނަމުގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް އެ ވަނީ އެއްބަސްވެފައެވެ. މިއީ އިންޑިއާގެ މީޑިއާތަކުން އެތައް ދުވަހެއް ކުރިން ދައްކަމުން އައި އަދި އިންޑިއާ ސަރުކާރުން ކަންބޮޑުވުން ފާޅުކުރަމުން އައި ކަމެކެވެ.

ހަގީގަތަށް ބަލާ ނަމަ ރާއްޖެއާ ޖެހިގެން އޮތީ އިންޑިއާ އާއި ލަންކާއެވެ. ޗައިނާ އަންނަނީ ޕާކިސްތާނާއި ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާން ވެސް ފަހަނައަޅާ ފަހުންނެވެ. އެހެންކަމުން އިންޑިއާ ކަނޑު މޮނީޓާކޮށް ބެލެހެއްޓުމުގެ ޒިންމާ އޮތީ މި ގައުމުތަކުގެ މައްޗަށެވެ. އަސްކަރީ ގޮތުން ގާބިލްކަން ލިބިފައި އޮތީ އިންޑިއާ އަށް ކަމަށްވުމުން އެފަދަ ކަމެއް ކުރާނަމަ އިންޑިއާގެ ބައިވެރިވުން އެކަމުގައި އޮންނަންނުޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މީގެ ކުރިން ވެސް އެކަން އޮތީ އެހެންނެވެ. ނަމަވެސް މާ ދުރުން މި ސަރަހައްދަށް އަތްގަދަކުރަން ބޭނުން ވެގެން އުޅޭ ޗައިނާގެ އަސްކަރީ ބޭސްއަކަށް ރާއްޖެއިން ފުރުސަތު ދިނުމަކީ މުޅި ސަރަހައްދުގެ ސަލާމަތަށް ވެސް ހުރި ނުރައްކަލެކެވެ.

އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ޗައިނާ އިން ރާއްޖެ އަޅުވެތިކުރުމަކީ ހަމައެކަނި ރާއްޖޭގެ މަސްލަހަތު ހިމެނޭ ކަމެއް ނޫނެވެ. އެއީ މުޅި މި ސަރަހައްދުގެ މަސްލަހަތު ހިމެނޭ ކަމެކެވެ. އެ މައްސަލަ ހަމައެކަނި ގާދޫކޮލާ ހަމައިން ނިމޭކަން ނެތެވެ. އަދި އެއީ ހަމައެކަނި ރާއްޖޭގެ ވެރިކަމުގައި ތިބި ފަރާތްތަކާއި ހަމައިން ވެސް ނިންމެން އޮތް ކަމެއް ނޫނެވެ. އެއީ ކޮންމެ ދިވެއްސެއްގެ ރުހުން ހޯދަން ޖެހޭ ކަމެކެވެ. އިންޑިއާ މަތިން ހަނދާން ނައްތާލައި ނުވަތަ ރުޅި އަރުވާލައި، ރާއްޖޭގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ގާއިމުކުރަން ފުރުސަތު ހުޅުވާލުމަކީ ބޮޑު ގޯހެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

19 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު