Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކެޓަލޯނިއާ

ސްޕެއިން އިން ކެޓަލޯނިއާ އަށް އިތުރު މުހުލަތެއް ދީފި! ދެން ވާނީ ކިހިނެއް؟

ކެޓަލޯނިއާގެ މިނިވަންކަން އިއުލާންކޮށްފިތޯ ބަލަން ދިން މުހުލަތު ހަމަވެގެން، ބުރާސްފަތި ދުވަހާ ހަމައަށް އިތުރު ފުރުސަތެއް ކެޓަލޯނިއާ އަށް ވަނީ ދީފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2017 | އަންގާރަ 11:48
ކެޓަލޯނިއާގެ މިނިވަންކަމަށް ގޮވާލާ ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ކެޓަލޯނިއާގެ މިނިވަންކަމަށް ގޮވާލާ ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ކެޓަލޯނިއާ ގެ މިނިވަންކަން 10 އޮކްޓޯބަރު ވީ އަންގާރަ ދުވަހު އިއުލާން ކުރަން މަސައްކަތް ކުރިއެވެ. ވަރަށް މަސައްކަތް ކުރިއެވެ. އެހެންނަސް އެކަން ނުވިއެވެ. ނޫނީ ޕްރެޝަރުގެ ސަބަބުން އެކަން ކުރަން ނުކެރުނީއެވެ.

ކެޓަލޯނިއާގައި އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓަށް، ކެޓަލޯނިއާގެ ރައްޔިތުންގެ ތާއިދު ލިބުނެވެ. މާބޮޑަށްވެސް ލިބުނެވެ. ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓުގައި، 90 ޕަސެންޓް މީހުން ސްޕެއިން އިން މިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައި ވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްޕެއިންގެ މައި ސަރުކާރުން ބުނެފައި ވަނީ އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓު ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމޮކްރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

10 އޮކްޓޯބަރު ވީ އަންގާރަ ދުވަހު ކެޓަލޯނިއާގެ މިނަވަންކަން އިއުލާން ކުރައްވަން ހަމަޖެހިފައި އޮތީ، ކެޓަލޯނިއާގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް އެވެ. އެހެންނަމަވެސް ޕުއިޖްޑެމޮންޓް ކަންކަން ކުރެއްވި ގޮތަށް ބަލާލަމާތޯއެވެ. ކެޓަލޯނިއާގެ ލީޑަރު ކުރެއްވި ކަމަކީ އެ ސަރަހައްދުގެ މިނިވަންކަން އިއުލާންކުރުމުގެ ގަރާރުގައި ސޮއެ ކުރެއްވުމެވެ. މަޝްވަރާކުރުމަށް ވަގުތު ދޭންކަމަށް ވިދާޅުވެ ގަރާރު ތަންފީޒު ކުރުން ވަނީ ފަސްކޮށްފައެވެ.

ކެޓަލޯނިއާގެ މިއަމަލާ ބެހޭ ގޮތުން ސްޕެއިން އިން ކަންކަން ކުރި ގޮތަށް ބަލާލަމާތޯއެވެ. ސްޕެއިން އިން ބުނީ ކެޓަލޯނިއާގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރައްވައިފިތޯ ނުވަތަ ނޫންތޯ ސާފުކޮށްދެއްވުމަށް ފަސް ދުވަހުގެ މުހުލަތެއް ދޭނެ ކަމަށެވެ. އަދި މިނިވަންކަން އިއުލާން ކުރައްވައިފި ކަމަށް ވިދާޅުވެއްޖެ ނަމަ، މިނިވަންކަން އަނބުރާ ގެންދިއުމަށް ޕުއިޖްޑެމޮންޓް އަށް އިތުރު ތިން ދުވަސް ދޭނެކަމަށެވެ. އަދި އެ ގޮތަށް އަމަލު ނުކޮށްފި ނަމަ ސްޕެއިންގެ ސަރުކާރުން ކެޓަލޯނިއާގެ މިނިވަންކަން ސަސްޕެންޑްކޮށް ސްޕެއިންގެ މައި ސަރުކާރުގެ ފުރިހަމަ ބާރު ހިންގާނެ ކަމަށެވެ.

ކޮންމެއަކަސް، ކެޓަލޯނިއާގެ މިނިވަންކަން އިއުލާންކޮށްފިތޯ ބަލަން ދިން މުހުލަތު ހަމަވެއްޖެއެވެ. ކެޓަލޯނިއާގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރައްވައިފިތޯ ނުވަތަ ނޫންތޯ ސާފުކޮށްދެއްވުމަށް ސްޕެއިންގެ ސަރުކާރުން ކެޓަލޯނިއާގެ ލީޑަރަށް ދިން ފަސް ދުވަހުގެ މުހުލަތުގައި އެކަން ކުރެވިފައިވާ ނުވާ ކަމަށް ސްޕެއިން އިން ބުނެފިއެވެ.

ކެޓަލޯނިއާގެ ލީޑަރު ޕުއިޖްޑެމޮންޓް ސްޕެއިންގެ މައި ސަރުކާރަށް ހޯމަ ދުވަހު ފޮނުއްވި ސިޓީފުޅެއްގައި ގޮވާލެއްވީ ކުރިއަށް އޮތް ދެމަސްތެރޭގައި ކެޓަލޯނިއާ އާއި ސްޕެއިންގެ މައި ސަރުކާރާ މަޝްވަރާ އަށް ގޮވާލާ ކަމަށެވެ. ޕުއިޖްޑެމޮންޓް، ސްޕެއިންގެ ބޮޑު ވަޒީރު މާރިއާނޯ ރަޚޮއި އަށް ފޮނުއްވި ސިޓީފުޅުގައި އިތުރަށް ވިދާޅުވީ މަޝްވަރާ ކުރުމަށްޓަކައި ވީހާވެސް އަވަހަކަށް ބައްދަލުވުމަކަށް އެދޭ ކަމަށާއި، ކަންކަން ގޯސްނުކުރެއްވުމަށް އެދޭ ކަމަށެވެ. އަދި އިޚްލާސްތެރިކަމާއެކު، މައްސަލަ ދެނެގަނެ އެކަމާ ކުރިމަތިލައިފި ނަމަ ރަނގަޅު މަގަށް ދެވި ހައްލެއް ފެންނާނެ ކަމަށެވެ.

ކެޓަލޯނިއާ އިން މިނިވަންކަން އިއުލާން ކޮށްފިތޯ ސްޕެއިން އަށް ސާފުކޮށްދީފައި ނުވާތީ އެކަމާ ގުޅިގެން ސްޕެއިންގެ ބޮޑު ވަޒީރުގެ ނައިބު ސޮރަޔާ ސައެންޒް ހޯމަ ދުވަހު ވިދާޅުވީ، ކެޓަލޯނިއާގެ ލީޑަރު އެ ސަރަހައްދުގެ މިނިވަންކަން އިއުލާންކޮށްފިތޯ ސާފުކުރަން ބުރާސްފަތި ދުވަހާ ހަމައަށް އިތުރު ފުރުސަތު ދޭ ކަމަށެވެ. އެކަމަނާ ވިދާޅުވީ ސްޕެއިންގެ މައި ސަރުކާރާއި ކެޓަލޯނިއާ ގެ ސަރުކާރާ އެކު ބާއްވާ މަޝްވަރާ ތައް ބާއްވަން ޖެހޭނީ "ގާނޫނުގެ ތެރެއިން ކަމަށެވެ."

އުފެދޭ ސުވާލަކީ ކެޓަލޯނިއާ އިން ސްޕެއިން ބުނާ ބަސް އަހާނެތޯއެވެ. ކަންކަން އެގި ސާފުވާކަށް މާގިނަ ދުވަހެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

10 އޮކްޓޯބަރު 2017
ކެޓަލޯނިއާ މިނިވަންވެއްޖެ ނަމަ ބާސާގެ ކުރިމަގަކީ ކޮބާ؟

ކެޓަލޯނިއާ މިނިވަންވެއްޖެ ނަމަ ބާސާގެ ކުރިމަގަކީ ކޮބާ؟

28 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު