Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމާފުށިން ހައްޔަރުކުރި ފަތުރުވެރިޔާ

ޑްރަންކް އެންޑް ޑިސްއޯޑަލީ: މި ހާލަތު ދިމާވުމުން އެހެން ގައުމުތަކުގައިވެސް ބާރުގެ ބޭނުންކުރޭ

މާފުށިން ހައްޔަރުކުރި އަންހެން ފަތުރުވެރިޔާ ވަނީ ހަމަ އެރޭ ދޫކޮށްލާފައި

އަމަން ހަލީމް
އަމަން ހަލީމް | 9 ފެބުރުއަރީ 2020 | އާދީއްތަ 11:05
ފުލުހުންގެ ވެހިކަލެއް

ފުލުހުންގެ ވެހިކަލެއް

ދާދި ފަހުން މާފުށީގައި ނިވާކަން ކުޑަކޮށް ހެނދުން އަޅައިގެން ހުރި އަންހެން ފަތުރުވެރިޔަކު ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރާ ވީޑިއޯއެއް މީސް މީޑިއާގައި ވައިރަލްވެ، ގިނަ ބަޔެއްގެ ފާޑުކިޔުންތަކެއް އެ ފުލުހުންނަށާއި، މުޅި މުއައްސަސާއަށް ޢަމާޒުވިއެވެ. ފެންމަތިވެގެން އައި ފުރަތަމަ ވީޑިއޯއިން ފެންނަނީ، ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ފުލުހުން އޭނާ ހައްޔަރުކުރަން މަސައްކަތްކުރާ މަންޒަރެވެ. ތިމަންނާއަށް ޖިންސީ ގޯނާކުރަނިއްޔޭ ކިޔާ އަންހެން މީހާ ހަޅޭއްފަޅޭއް ޖަހާއިރު، ގަދަބާރުން ފުލުހުން އޭނާ ހައްޔަރުކުރަން މަސައްކަތްކުރާ މަންޒަރެވެ.

މި ޙާދިސާއާއި ގުޅިގެން ފުލުހުންގެ ޢަމަލުތަކަށް ފުލުހުންގެ ކޮމިޝަނަރު މުޙައްމަދު ހަމީދު މަޢާފަށް އެދިވަޑައިގަތެވެ. ފަތުރުވެރިކަމުގެ ވުޒާރާއިން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި މިކަން ކުށްވެރިކުރިއެވެ. ސިޔާސީ ފަރާތްތަކުން މިކަން ކުށްވެރިކޮށް ޓްވީޓްތައް ކުރެއްވިއެވެ. ބައިނަލްއަޤުވާމީ މީޑިއާތަކުގެ ފަލަ ސުރުޚީތަކަށް މި ޚަބަރު އެރިއެވެ.

މި ބަޔާންކުރީ ފުރަތަމަ ފެންމަތިވީ ވީޑިއޯގެ ވާހަކައެވެ. އެ ވީޑިއޯއާ ގުޅިގެން އެއްބަޔަކު އެކަމަށް ތާއީދުކޮށް ވާހަކަދެއްކިއިރު، އަނެއް ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. ކަންބޮޑުނުވާންވީ ސަަބަބެއްވެސް ނެތެވެ. ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކަށް ވެފައި، ފަތުރުވެރިން ހައްޔަރުކުރުމުގައި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމަކީ މުޅި ސިނާޢައަތަށް އޭގެ ޒާތުގައި ނޭދެވޭ އަސަރުކުރާނެ ކަމަކަށް ވާތީއެވެ.

އިސްވެ ބަޔާން ކުރީ 24 ގަޑިއިރުގެ ތެރޭގައި ހިނގައިގެން ދިޔަހާ ކަންކަމެވެ. އަނެއް ދުވަހު ފެންމަތިވީ ވީޑިިއޯތަކުން މުޅި މަންޒަރު ބަދަލުކޮށްލިއެވެ. އެ ވީޑިއޯގައި ފެންނަނީ ފުރަތަމަ ވައިރަލްވީ ވީޑިއޯގެ ކުރިން ހިނގައިދިޔަ ޙާދިސާތައް ދައްކުވައިދޭ ވީޑިއޯއެކެވެ. އޭގެން ފެންނަނީ ނިވާކުރަން ބުނުމުންވެސް، ފުލުހުންނަށް ގަދަ ދައްކައި، އެ އަންހެން މީހާ އިންކާރުކުރާ މަންޒަރެވެ. އަދި ރަސްމީކޮށް އެއްވެސް އިދާރާއަކުން ކަށަވަރު ނުކޮށް ދިން ނަމަވެސް، ބެލެވޭ ގޮތުގައި އޭނާ ހުރީ މަސްތުވެގެންނެވެ.

އޭނާ ނިވާވުމަށް ފުލުހުން ބުނަމުން ދިޔައިރު، އޭނާގެ ފިރިމީހާ ކަމަށް ބެލެވޭ މީހަކު ތުވާލި ގަނޑެއް ހިފައިގެން އެ ފުލުހުން ކައިރީ ޙަރަކާތްތެރިވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި ނިވާވާން އިންކާރުކޮށް، އެތަނުން އެއް ފުލުހެއްގެ އައިނުވެސް ޖަހައިގަންނަ މަންޒަރު ފެނެއެވެ. މިއީ ކަން ހިނގައިދިޔަ ގޮތެވެ.

މިކަމުގައި ޙާލަތާ ނުބައްދަލު ވަރަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާކަމަށް ބުނުމުގެ ކުރިން، ޙާލަތައް ރިޢާޔަތްކުރަން ޖެހެއެވެ. ޚާއްޞަކޮށް ފަތުރުވެރިޔާ ހުރީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤަވައިދުތަކާއި ޚިލާފުވެގެން ކަމުގައި ވީހިނދު، އެކަން އިޞްލާޙުކުރަން އޭނާއަށް ފުލުހުން ފުރުޞަތުދޭ ތަންވެސް ވީޑިއޯތަކުން ފެނެއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި، ބަނގުރާ ވިއްކަން ހުންނަ އަދި ބަނގުރާ ބުއިން ހުއްދަ ޤައުމުތަކުގައިވެސް، މަސްތުގެ ޙާލަތުގައި ހުރެގެން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާނަމަ ބާރުގެ ބޭނުންކުރާނެއެވެ. އެއީ އެމީހެއްގެ ސަލާމަތަށާއި މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ، ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގެންފައިވާ ބެސްޓް ޕްރެކްޓިސްގެ މިންގަނޑުތަކެވެ.

ތެދެކެވެ. ފަތުރުވެރިންނަށް މިހެން އަނިޔާކުރާކަމަށް ދައްކުވާ ވީޑިއޯތައް ފެންމަތިވުމުން ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. ނަމަވެސް، ބޮޑު މަންޒަރަށް ބަލާއިރު، އެޤައުމެއްގެ ޘަޤާފަތާއި އާދަކާދައަށް އިޙުތިރާމުކުރުމަކީ ޒިޔާރަތްކުރާ ފަތުރުވެރިންގެވެސް ޒިންމާއެކެވެ. ހެދިފައިވާ ޤާނޫނުތަކައި ޤަވައިދުތަކަށް ބޯލަނބަން ޖެހޭނެއެވެ. ދިވެއްސަކު އެހެން ޤައުމަކަށް ދިޔަ ނަމަވެސް، އެތަންތަނުގެ ޤަވައިދުތަކަށް ބޯލަނބަން ޖެހޭނެއެވެ.

ފަހަރުގައި އެއްވެސް ރަށެއްގައި، ޚާއްޞަކޮށް ފަތުރުވެރިން ގިނައިން ގޮސް އުޅޭ، ލޯކަލް ޓޫރިޒަމްގައި މަޤުބޫލު ރަށްތަކުގައި އަންހެން ފުލުހަކު ނެތުން މިއީ މައްސަލައެކެވެ. އަދި އެކަމުގެ ސަބަބުން ތިން ފިރިހެން ފުލުހަކު އަންހެނެއްގެ ގައިގަައި އޮޅު ލައިގަނެގެން، ބައްދައިގެން އުޅޭ މަންޒަރު ފެނުމުން ހަޑިއެވެ. އެ ނޫން އިތުރު ގޯހެއް މިކަމުގައި ނެތެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2018

ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

05 ފެބުރުއަރީ 2018
ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
28 ޖެނުއަރީ 2018

ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

28 ޖެނުއަރީ 2018
ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!
18 ޑިސެމްބަރު 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟

18 ޑިސެމްބަރު 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟
23 އޮކްޓޯބަރު 2017

ޑިވައިޑް އެންޑް ރޫލް: ބައިބައިކޮށްގެން ވެރިކަން ކުރުމުގެ ފަލްސަފާ!

23 އޮކްޓޯބަރު 2017
ޑިވައިޑް އެންޑް ރޫލް: ބައިބައިކޮށްގެން ވެރިކަން ކުރުމުގެ ފަލްސަފާ!
18 ސެޕްޓެމްބަރު 2017

ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް

18 ސެޕްޓެމްބަރު 2017
ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް
13 ސެޕްޓެމްބަރު 2017

ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދައްކާއިރު ކޮމިޝަނުގެ ހާލަތު!

13 ސެޕްޓެމްބަރު 2017
ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދައްކާއިރު ކޮމިޝަނުގެ ހާލަތު!
17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
11 އެޕްރީލު 2017

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!
14 ފެބުރުއަރީ 2017

އެ މަޖުބޫރީ ހާލަތު

14 ފެބުރުއަރީ 2017
އެ މަޖުބޫރީ ހާލަތު
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު