Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިއާ އާއި ރާއްޖެ

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

ޗައިނާ އަށް ރަށްތައް ދޭ މައްސަލައިގަ އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2017 | ހޮނިހިރު 16:05
އިންޑިއާ އާއި ޗައިނާގެ އޮފިޝަލުން ރައީސް ޔާމީނާ ބައްދަލުކުރައްވަނީ

އިންޑިއާ އާއި ޗައިނާގެ އޮފިޝަލުން ރައީސް ޔާމީނާ ބައްދަލުކުރައްވަނީ

ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށް ވިޔަސް އިންޑިއާ ކަނޑުގައި ވެސް އަދި ދުނިޔޭގެ ބައްރުތައް ބެހިފައިވާ ގޮތުން ވެސް ރާއްޖޭގެ މުހިންމުކަން ބޮޑެވެ. އިކުއެޓާގައި ކުދި މުތްތަކެއްހެން ހާރެއް ގޮތަށް ދެމިފައި އޮތް ރާއްޖެ މުހިންމުވާ އެއް ސަބަބަކީ ދުނިޔޭގެ އެއްފަޅިން އަނެއް ފަޅިއަށް އުޅަނދުފަހަރު ދަތުރުކުރުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކުރަން ޖެހުމެވެ. މި ސަބަބާ ހުރެ ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް ރާއްޖެ މުހިންމުވެއެވެ. ހާއްސަކޮށް އިންޑިއާ ކަނޑުގައި ރަސްކަންކުރުމަށް ބޭނުންވާ، އިގްތިސާދީ ގޮތުން އެންމެ ބޮޑު ދެ ވާދަވެރިން ކަމަށްވާ ޗައިނާ އާއި އިންޑިއާ އަށް ރާއްޖެއަކީ ރަން މުތަކަށް ވުރެ ވެސް މުހިންމު ތަނެކެވެ. އެހެން ކަމުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި ވިސްނަންޖެހޭ ގިނަ ކަންކަން ހުރެއެވެ.

ދުނިޔޭގެ ގައުމުތަކަށް ރާއްޖެ ބޮޑަށް ހުޅުވިގެން ދިޔައީ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގެ ތެރޭގައެވެ. ރައީސް މައުމޫނު ދިގު މުއްދަތަކަށް ވެރިކަން ކުރުމުގައި ގެންގުޅުއްވި އެއް ހިކުމަތަކީ ޚަރިޖީ ތިލަފަތް ހަމަހަމަކުރުމެވެ. ހާއްސަކޮށް އަވަށްޓެރިން ރުޅި އަރުވާނުލައި، މާގާތް ނުކޮށް އަދި މާދުރު ވެސް ނުކޮށް ރާއްޖެއިން އޭރު ގެންގުޅުނު ސިޔާސަތު ގިނަ ބަޔަކަށް ކަމުދިޔައެވެ. އޭގެ ނަތީޖާ ވެސް ރަނގަޅެވެ.

ނަމަވެސް ރައީސް މައުމޫނުގެ ވެރިކަން ނިމި ދެން ވެރިކަމާ ހަވާލުވެއްވަޑައިގެންނެވި މުހައްމަދު ނަޝީދުގެ ސިޔާސަތު އެއްބަޔަކަށް ކަމަކު ނުދިޔައެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ރައީސް ނަޝީދު އިންޑިއާ އަށް ވަރަށް ބޮޑަށް ފޭވާކުރައްވާ ކަމަށެވެ. ސަބަބުތައް ވެސް ގިނައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި އިންޑިއާގެ ކުންފުނިތަކުގެ ހިއްސާ ވަރަށް ބޮޑެވެ. އޭގެ ތެރެއިން ވެސް ބައިނަލްއަގުވާމީ އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ދިނުން ފާހަގަކޮށްލެވެއެވެ. އެމަނިކުފާނުގެ ވެރިކަން ދައުރު ހަމަވުމުގެ ކުރިން އިދިކޮޅު ފަރާތްތަކުން ބަދަލުކުރި މައިގަނޑު ސަބަބެއް ގޮތަށް އެ ފަރާތްތަކުން ދެއްކީ ވެސް ރާއްޖޭގެ މައި ދޮރާށި އިންޑިއާގެ ކުންފުންޏަކަށް ދޫކޮށްލައި އިގްތިސާދީ ގޮތުން އިންޑިއާ އަށް އަޅުވެތިވަމުން ދިޔުމެވެ. ފޮރުވިފައި އޮތް އެހެން ސަބަބުތަކެއް ހުރި ކަމަށް ތުހުމަތުކުރެވުނަސް އެ ފަރާތްތަކުން އޭރު ބުނަމުން ދިޔައީ އެފަދައިންނެވެ. އިންޑިއާއާ ބަދަހިކުރި ގުޅުމުގެ ސަބަބުން ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔުމަކީ ވެސް މި ސަރަހައްދުގައި ރާއްޖޭގެ މުހިންމުކަން ހާމަކޮށްދޭ ވަރުގަދަ ހެއްކެކެވެ.

ރައީސް ނަޝީދަށް ފަހު ރައީސް ކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދުގެ ކުރު ވެރިކަމުގައި ޚާރިޖީ ސިޔާސަތު ވަކި އަތަކަށް ދީލާލުމަށް ވުރެ ވަކި ގޮތަކަށް ބައްޓަންކުރުމަށް ވުރެ މުޅި ވެރިކަމުގެ ދެ އަހަރެއްހާ ދުވަސް ހޭދަވެގެން ދިޔައީ އެއީ ސައްހަ ވެރިކަމެއްތޯ ނުވަތަ ނޫންތޯ ބޭރުގެ ފަރާތްތަކުން ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ދިނުމުގައެވެ.

މާޒީން ވަރަށް ބޮޑު އިބުރަތްތަކެއް ހާސިލްކުރައްވައިގެން މިހާރުގެ ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ވެސް ފުރަތަމަ ވިދާޅުވަމުން ގެންދެވީ ބެލެންސް ފޮރިން ޕޮލިސީއެއް ނަވަތަ ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށެވެ. ނަމަވެސް ވަކި ހިސާބަކުން މިސްރާބު ބަދަލުވެ އިރުމައްޗަށް ދަތުރުކުރުމުން ގޮސް މިހާރު ވަނީ ރާއްޖޭގެ އޮޑި ފަރަށް އަރާފައޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ. ދޭތެރެއަކުން އިންޑިއާއަކީ އެންމެ މުހިންމު ބައިވެރިޔާއޭ ވިދާޅުވެ ޕޯޑިއަމްތަކުގައި ވާހަކަ ދެއްކެވި ނަމަވެސް އިންޑިއާގެ ހިތް ރުއްސުމުގެ ބަދަލުގައި މިސަރުކާރުން މިހާތަނަށް އެޅި ގިނަ ފިޔަވަޅުތަކުގެ ނަތީޖާއަކަށްވީ ޚާރިޖީ ސިޔާސަތު އިންޑިއާއާ ފެއަށް ޖެހުމެވެ.

ހިކުމަތްތެރި ގޮތެއްގައި ޗައިނާ އިން ވަނީ މި ރާއްޖޭގެ ސަރުކާރުގެ ހިތް އަތުލާފައެވެ. ރާއްޖެއިން ބޭނުން ކޮންމެ އެހީއަކަށް ޗައިނާ އިން އާބަސް ބުނަމުންދަނީ ވަރަށް ހިކުމަތްތެރި ގޮތެއްގައެވެ. އިގްތިސާދީ ގޮތުން ރާއްޖެ އަށް ބުރަ ނުއުފުލޭ ވަރުގެ ބޮޑެތި ބިޔަ މަޝްރޫއުތަކަށް ޗައިނާ އިން ވަނީ ފަންޑްކޮށްފައެވެ. މީގެ ތެރޭގައި ގިނައީ ލޯނު އެހީގެ ދަށުން ނުވަތަ ރާއްޖެއިން މަންފާ ލިބޭ ކޮންމެވެސް ކަމެއް ބަދަލުގައި ކޮށްދޭ ގޮތަށެވެ. އޭގެ ތެރޭގައި ޗައިނާގެ ކުންފުނިތަކަށް ރިސޯޓް ތަރައްގީކުރުމަށް ރަށްތައް ދިނުން ހިމެނެއެވެ.

ރާއްޖޭގައި ޗައިނާގެ ނުފޫޒު ގަދަވުމަކީ އަވަށްޓެރި އިންޑިއާ އަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ކިތަންމެ މަތި އޮމާންކުރުމުގެ ގޮތުން އިންޑިއާ އިން ރާއްޖެއާ މެދު ބަދު ބަހެއް ނުބުންޏެއް ކަމަކު އިންޑިއާ އިން ސީދާ ގޮތެއްގައި ވެސް ސަރުކާރަށް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ އެއް ހެއްކަކީ ހަމަ ކުއްލިއަކަށް ފުލުފުލުގައި ދެ ގައުމުގެ އިސް ފަރާތްތަކެއް ރާއްޖެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވި ކަމެވެ. މި މަހުގެ 20 ވަނަ ދުވަހު ޗައިނާގެ އެސިސްޓެންޓް މިނިސްޓަރު އޮފް ފޮރިން އެފެއާޒް ކޮން ޒުއަންޔޫ ވަނީ ރާއްޖެ ވަޑައިގެން ރައީސް ޔާމީނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެ އާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށާއި، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށްޓަކައި ޗައިނާއިން ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފަ އެވެ.

އޭގެ ދެ ދުވަސް ފަހުން އިންޑިއާ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެކްސްޓާނަލް އެފެއާޒް، އެމް.ޖޭ އަކްބަރު ވަނީ ރާއްޖެ ވަޑައިގެން ރައީސް ޔާމީނާ ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އިންޑިއާގެ ސްޓޭޓް މިނިސްޓަރުގެ ޒިޔާރަތުގެ ބޭނުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ. އަދި "އިންޑިއާ ފަސްޓް ޕޮލިސީ"އާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށާއި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އިންޑިއާ އިން އެއްބާރުލުން ދޭނެ ކަން ވެސް ހާމަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ނަމަވެސް ހަގީގަތަކީ އެއީ ހެއްޔެވެ؟ ޗައިނާގެ ކުންފުނިތަކަށް ރާއްޖެ އިން ރަށްތަކާއި ފަޅުތައް ދީ، ޗައިނާގެ ނުފޫޒު ރާއްޖޭގައި ގަދަވަމުންދާ ދަނޑިވަޅެއްގައި ޗައިނާގެ އިސް އޮފިޝަލަކު ރާއްޖެ އަށް ވަޑައިގެންނެވުމުން ހަމަ ކުއްލިއަކަށް އިންޑިއާގެ އެ ފެންވަރުގެ އޮފިޝަލަކު ރާއްޖެ އަށް ވަޑައިގަންނަވާނީ ކަމެއް ވެގެންނެވެ. ނުރަސްމީ މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ޗައިނާ އަށް ރަށްތައް ދޭ މައްސަލާގައި އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޮފިޝަލްގެ ކުއްލި ދަތުރުފުޅަކީ ސީދާ އެކަމާ ބެހޭ ގޮތުން އިންޑިއާގެ ކަންބޮޑުވުން ފާޅުކޮށް ރާއްޖެ އަށް ޕްރެސަރ ކުރުމެވެ.

އިންޑިއާ އަށް ބިރަކަށް ވެފައި ވަނީ ރާއްޖޭގައި ޗައިނާގެ ނުފޫޒު އެކަނި ގަދަވުމެއް ނޫނެވެ. ސައޫދީގެ ރަސްގެފާނު ފ. އަތޮޅު ގަންނަން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ވެސް އިންޑިއާގެ ކަންބޮޑުވުމަކަށް ވާނެކަން ޔަގީނެވެ. އެއީ ރާއްޖޭގެ ބިމުން އިންޗިއެއްގެ ކޮންޓްރޯލް ވެސް ބޭރުގެ އެހެން ފަރާތަކަށް ދާ ނަމަ އެކަން ގުޅިފައި ވަނީ ހަމައެކަނި ރާއްޖޭގެ ރައްޔިތުންގެ އިހްސާސްތަކާ އެކަނި ނޫން ކަމަށް ވުމެވެ. އެއީ އިންޑިއާގެ މަސްލަހަތު ވެސް އެކަމުގައި އޮތް ކަމެކެވެ. އެހެން ކަމުން ބިދޭސީން ބާރުތަކުގެ ނުފޫޒު ރާއްޖޭގައި ގަދަވެ އިގްތިސާދީ އަޅުވެތިކަމެއްގެ ތެރެއަށް ރާއްޖެ ވެއްޓިގެންދާތަން ބަލަން އިންޑިއާ ހަޖަމެއް ނުވާނެއެވެ. ޗައިނާގެ މުށުތެރެއަށް އަވަށްޓެރި ލަންކާ ވެއްޓިގެންދާން ފުރުސަތު ދެވުމަކީ އިންޑިއާ އަށް ހެދުނު ގޯހަކަށް ވުމުން މި ސަރަހައްދުގައި ޗައިނާގެ ނުފޫޒު އިތުރަށް ގަދަކޮށް ހަންފަތުރާތަން ބަލަން އިންޑިއާ އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާ: ނަމުން ބޮޑުބޭބެ، ކަމުން ދޮންދަރި!

އިންޑިއާ: ނަމުން ބޮޑުބޭބެ، ކަމުން ދޮންދަރި!

28 ޑިސެމްބަރު 2017
ޗައިނާ އަށް ރާއްޖެ \"ވިއްކާލައިފި\"، އިންޑިއާ ދެން ހަދާނީ ކިހިނެއް؟

ޗައިނާ އަށް ރާއްޖެ "ވިއްކާލައިފި"، އިންޑިއާ ދެން ހަދާނީ ކިހިނެއް؟

08 ޑިސެމްބަރު 2017
ތޫފާން އޮކި: ލަންކާއިން 7 މަރު، އިންޑިއާއިން 8 މަރު

ތޫފާން އޮކި: ލަންކާއިން 7 މަރު، އިންޑިއާއިން 8 މަރު

01 ޑިސެމްބަރު 2017
 ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

14 އޮކްޓޯބަރު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު