Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިލްސިލާ މުޒާހަރާ

ހަތިޔާރެއް ނެތް އާއްމުންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން

2 މާރިޗު 2018 | ހުކުރު 14:50

ޕެޕަރ ސްޕްރޭ ޖަހަނީ ބޮޑީ ސްޕްރޭ ޖަހާހެން ފޫޓެއްހާ ކައިރިން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 2 މާރިޗު 2018 | ހުކުރު 14:50
ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ

ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ

މުޒާހަރާ ކުރާ މީހުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަނީ އެވެރިންނަށް ޤާނޫނު އަސާސީން ލިބިދޭ ޙައްޤުގެ ތެރެއިންނެވެ. އެންމެމަތީ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު ކޯޓު އަމުރު ތަންފީޒް ކުރުމަށް ގޮވާލާ ސިލްސިލާކޮށް މުޒާހަރާ ކުރާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވީއެވެ.

މިހާލަތަށް އައިރު ތަފާތު މަންޒަރުތައް ދަނީ ފެންނަމުންނެވެ. ޤާނޫނާ ޚިލާފަށް އަދި ޤާނޫނު އަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ނުކުރާން ހިންގާ ކަންކަމުގެ ތެރެއިން ނެރޭ ފުލުހުންގެ ފަރާތުން ވެސް ތަފާތު ކަންކަން ދަނީ ފެންނަމުންނެވެ.

ހުކުރު ދުވަހު ކުރި މުޒާހަރާގެ ތެރެއިން މުޒާހަރާގެ ބައިވެރިން މަގުމަތީގައި ސުލްހަވެރިކަމާއެކު އަޑުއުފުލަމުން ދަނިކޮށް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަދެގަނެފައެވެ. އަދި ބޮޑީ ސްޕްރޭ ޖަހާހެން ބައެއް ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން ޕެޕަރ ސްޕްރޭ ޖަހާފައެވެ. އަދި ފޫޓަކަށް ވުރެ ކައިރީގައި ހުރެ ސީދާ ލޮލަށް އަމާޒުކޮށްގެން ވެސް ބައެއް ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ.

ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ހުކުރު ދުވަހު އަނިޔާވި ފަރާތްތަކުގެ ތެރޭގައި ރައީސް ނަޝީދުގެ މަންމާފުޅާއި ކާނަލް ނާޒިމްގެ އަނބިކަނބަލުން އަދި ޝައިޚް އިމްރާންގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވައެވެ.

އެއްވެސް ހަތިޔާރަކާ ނުލައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުން ދިޔަ މީހުންގެގާތު ބައެއް ފުލުހުން ހަމަޖެހިލައިގެން ތިބޭއިރު އަނިޔާވެރި ގޮތަކަށް އަމަލު ކޮށްފައިވަނީވެސް އެތަނަށް އަންނަ ވަކިވަކި ބައެއް ފުލުހުން ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. އަދި އެގޮތަށް ކަން ކުރަނީ އެފުލުހުންގެ ތެރޭގައި ޢާއްމުކޮށް އެގޮތަށް ޢަމަލް ކުރަމުންދާ ފުލުހުންކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ކުއްލިއަކަށް ކޮޅުފައިން ޖެހުމާއި ކޮއްޕާލުމުގެ އިތުރުން ކަރުގައި ހިފުންފަދަ ބައެއް ޢަމަލްތައް ވެސް ވަނީ އެފަދަ ފުލުހުންގެ ފަރާތުން ފެނިފައެވެ.

ޢާއްމު ގޮތެއްގައި މީހުން ހައްޔަރު ކުރުމާއި މީހުން މައިތިރި ކުރުމުގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވާތީއެއް ނުފެނެއެވެ. އެމީހުންގެ ކަމަކީ މަގުމަތީގައި އުޅަނދު ދުއްވާނޭގޮތް ބުނެދިނުމާއި މަގުމަތި ޓްރެފިކް ޖޭމް ނުވާނޭ ގޮތަކަށް ކަންކުރުމެވެ.

ނަމަވެސް ހުކުރު ދުވަހު ކުރި މުޒާހަރާގެ ތެރެއިން ބައިވެރިއަކު ހައްޔަރުކުރުމުގައި ޓްރެފިކް ފުލުހުންގެ ތެރެއިންވެސް ބަޔަކު ވަނީ އެމީހުން ފެންވަރު ދައްކާލާފައެވެ.

ސިލްސިލާ މުޒާހަރާ ކުރާތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ބައެއް ފުލުހުންގެ ފަރާތުން އަނިޔާވެރި ފުލުހުން އަދި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާކަން ފާހަގަ ކުރެވިފައިވާއިރު އެއާ ދިމާ އިދިކޮޅު ފުލުހުންވެސް ދަނީ ފެންނަމުންނެވެ. އެއްވާ މީހުންނާ ސުލްހަވެރިކަމާއެކު ވާހަކަ ދައްކާ ފުލުހުންނެވެ. ކިޔަމަންތެރިކަމާއެކު މުއާމަލާކޮށް ހިނިތުންވެ ހުރެ މީހުންނާ މެދު ޢަމަލް ކުރާ ފުލުހުންނެވެ. އަމުދުން އަނިޔާވެރިވާ ފުލުހުން މައިރތިރިކުރުމުގައި ހަރަކާތްތެރިވާ ފުލުހުންވެސް ހިސާބަކަށް ވަނީ ފެންނަން ފަށާފައެވެ.

ކޮންމެއަކަސް މުޒާހަރާގެ ތެރެއިން ދެކުލަ ވެސް ފެންނަމުންދާއިރު ރައްޔިތުން ބުނަމުންދަނީ ޤާނޫނު އަސާސީއާ އެއްގޮތަށް ކަންކަން ރުޖޫއަ ނުވާހާ ހިނދު މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ. ކޯޓު އަމުރު ތަންފީޒް ނުކުރަނީސް ގެއަށް ވަދެވެން ނެތް ކަމަށެވެ. ޖަވާބުގައި ޤާނޫނީ ޖަވާބެއް ދެވެން ނެތި ފުލުހުން ވަނީ އަނގަ ބަންދުވެފައެވެ.

އިތުރަށް ކިޔާލަން

08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
12 އެޕްރީލު 2017

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"
01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
18 ފެބުރުއަރީ 2017

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ސިޔާސަތެއް ނެތް ވެރިކަން!
10 ފެބުރުއަރީ 2017

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް