Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކެޓަލޯނިއާ

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

ކެޓަލޯނިއާގެ ރައީސް ކާލެސް ޕުއިޖްޑެމޮންޓް އަންގާރަ ދުވަހު އެ ސަރަހައްދުގެ މިނިވަންކަން އިއުލާންކުރުމަށް ވަނީ ހަމަޖެހިފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2017 | އަންގާރަ 13:40
ކެޓަލޯނިއާގެ މިނިވަންކަމަށް ގޮވާލާ ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ކެޓަލޯނިއާގެ މިނިވަންކަމަށް ގޮވާލާ ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ސްޕެއިންގެ ކެޓަލޯނިއާއަކީ ސްޕެއިންގެ އެންމެ ފުދުންތެރި އަދި މުއްސަނދި ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ، އަމިއްލަ ބަހަކާއި، ސަގާފަތަކާއި އަދި އަމިއްލަ ތާރީޚެއް އޮތް ސަރަހައްދެކެެވެ. 7.5 މިލިއަން މީހުންގެ އާބާދީއެއްގެ މައްޗަށް އެކުލެވޭ ކެޓަލޯނިއާއަކީ 1000 އަހަރުގެ ދުވަހުގެ ތާރީޚެއް އޮތް ސަރަހައްދެކެވެ. ކެޓަލޯނިއާ، ސްޕެއިންގެ މިނިވަން ސަރަހައްދެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައީ، ސްޕެއިންގައި 1936 އިން 1939 ކަށް ކުރެވުނު ހަނގުރާމައެއް ކަމަށްވާ، "ސްޕެނިޝް ސިވިލް ވޯ" ގެ ތެރޭގައެވެ. ކެޓަލޯނިއާ އަށް މިނިވަންކަން ގެއްލުނުއިރު ސްޕެއިންގެ ވެރިކަމުގައި ހުންނެވީ އަސްކަރީ ޚުދުމުޚުތާރު ވެރިއެއް ކަމަށްވާ ފްރެންސިސްކޯ ފްރެންކޯ އެވެ. 1975 ގައި ފްރެންކޯ އަވަހާރަވުމަށްފަހު ކެޓަލޯނިއާ އަށް ސްޕެއިންގެ އަތްދަށުން ކޮންމެވެސްވަރެއްގެ މިނިވަންކަމެއް ލިބިގެން ދިޔައެވެ. އެހެނަސް ކެޓަލޯނިއާގެ އެތައް ބަޔަކަށް އެއީ، ފުދޭވަރުގެ މިނިވަން ކަމަކަށް ނުވިއެވެ.

ސްޕެއިން އަށް 2016-2008 އަށް ދިމާވި މާލީ ދަތިތަކުގެ ތެރޭގައި ކެޓަލޯނިއާގެ މިނިވަންކަމަށް އެދި ގޮވާލާ ގޮވާލުން އިތުރުވަމުން ދިޔައެވެ. މިނިވަން ކަމަށް އެދި ގޮވާލާ ގޮވާލުން އިތުރުވަމުން ގޮސް ނުރަސްމީ ވޯޓެއް ވެސް ބޭއްވިއެވެ. އަދި 2014 ވަނަ އަހަރު ބޭއްވި ވޯޓުގައި ވޯޓުލާން ނިކުތީ މަދުބައެކެވެ. ނިކުތީ ކެޓަލޯނިއާގެ އާބާދީގެ އެންމެ 40 އިންސައްތަ މީހުންނެވެ. އެހެންނަމަވެސް ވޯޓުލާން ނިކުތް މީހުންގެ 81 އިން ސައްތަ މީހުން ވަނީ ކެޓަލޯނިއާގެ މިނިވަން ކަމަށް ތާއިދުކޮށްފައެވެ.

އެންމެ ފަހުން ރަސްމީ ވޯޓެއް ބާއްވައިފިއެވެ. އެއީ ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯއެވެ. ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް ދާދިފަހުން ނެގި ވޯޓުގައި ނުވަތަ އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓުގައި، 90 ޕަސެންޓް މީހުން ސްޕެއިން އިން މިިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައި ވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްްޕެއިންގެ މައި ސަރުކާރުން ބުނެފައި އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓު ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމޮކްރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

ކެޓަލޯނިއާގައި އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓަށް ފަހު މިހާރު ކުރިއަށް އޮތީ ބޮޑުވެގެންވާ ކަމެކެވެ. އެއީ ކެޓަލޯނިއާގެ ރައީސް ކާލެސް ޕުއިޖްޑެމޮންޓް އަންގާރަ ދުވަހު އެ ސަރަހައްދުގެ މިނިވަންކަން އިއުލާންކުރުމަށް ނިންމި ނިންމުމެވެ. ކެޓަލޯނިއާގެ ރައީސް ކާލެސް ޕުއިޖްޑެމޮންޓް، އާންގާރަ ދުވަހު ރީޖަނަލް ޕާލަމަންޓުގައި ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރައްވަން ވަނީ ހަމަޖެހިފައެވެ. ކެޓަލޯނިއާގެ ރައިސް ޕުއިޖްޑެމޮންޓް އެ ސަރަހައްދުގެ މިނިވަންކަން އިއުލާން ކުރައްވަން މަސައްކަތްޕުޅު ކުރައްވާއިރު އެކަމަށް ދެކޮޅު ހެދުންތައް ވެސް ދަނީ ކުރިއަށެވެ. ސްޕެއިންގެ އެކި ސިޓީތަކަށް އެތައްހާސް ބަޔަކު ނިކުމެ ދަނީ ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ކެޓަލޯނިއާގެ ރައީސް ކާލެސް ޕުއިޖްޑެމޮންޓް އަންގާރަ ދުވަހު އެ ސަރަހައްދުގެ މިނިވަންކަން އިއުލާންކޮށްފި ނަމަ، ޖަލަށް ލާނެ ކަމަށް ސްޕެއިންގެ ރޫލިން ޕާޓީ ޕާރޓިޑޯ ޕޮޕިއުލާ ޕާޓީ (ޕީޕީ ޕާޓީ) އިން ވަނީ ބުނެފައެވެ. ޕީޕީ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ފޯ ކޮމިއުނިކޭޝަން ޕަބް ކަސާޑޯ ހޯމަ ދުވަހު ވިދާޅުވީ އެއްވެސް ފަރާތަކުން ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން އުޅެފި ނަމަ ވެގެން ދާނެ ގޮތަކީ މީގެ 83 އަހަރު ކުރިން ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން އުޅުނު މީހާއަށް ވިގޮތް ކަމަށެވެ. މީގެ 83 އަހަރު ކުރިން ކެޓަލޯނިއާގެ އޭރުގެ ލީޑަރު ޔޫއިސް ކޮމްޕެނީސް ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރައްވަން ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބުވެ، ވަަޑައިގަންނަވަން ޖެހިވަޑައިގަތީ ޖަލަށެވެ. ކެޓަލޯނިއާ އިން މިނިވަންކަން އިއުލާންކޮށްފި ނަމަ އެކަން ގަބޫލު ނުކުރާނެ ކަމަށް ފްރާންސް ސަރުކާރުން ވަނީ ބުނެފައެވެ. ކެޓަލޯނި އާއި ސްޕެއިން އިން ވަކިވެ މިނިވަންކަން އިއުލާން ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ފްރާންސް އިން ކެޓަލޯނިއާގެ މިނިވަންކަން ގަބޫލު ނުކުރާނެ ކަމަށް ބުނުމަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކެޓަލޯނިއާ ވަކިވާނެ ކަމެކެވެ.

ސްޕެއިންގެ ސަރުކާރުން ކެޓަލޯނިއާގެ މިނިވަންކަަމާ ދެކޮޅަށް އިންތިހާ އަށް ފިއްތުންތައް އޮތަސް ކެޓަލޯނިއާގެ ރައީސް ހުންނެވީ ވަރަށް ގޮތުގައެވެ. އަންގާރަ ދުވަސް މިއީ ބޮޑު ދުވަހެކެވެ. ނިންމާލުމުގެ ކުރިން ބަލާލާނީ ސްޕެއިންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ކެޓަލޯނިއާގެ މިނިވަންކަން އިއުލާންކޮށްފިނަމަ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ގޮތުގެ ވާހަކަފުޅަށެވެ. އޭނާ ވިދާޅުވީ ކެޓަލޯނިއާ އިން މިނިވަންކަން އިއުލާންކޮށްފިނަމަ ސްޕެއިންގެ ސަރުކާރުން ކެޓަލޯނިއާގެ ސަރުކާރުގެ ބާރުތައް ނަގާނެ ކަަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު