Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބާސާ - ކެޓަލޯނިއާ

ކެޓަލޯނިއާ މިނިވަންވެއްޖެ ނަމަ ބާސާގެ ކުރިމަގަކީ ކޮބާ؟

އޮކްޓޯބަރު 1 ގައި ކެޓަލޯނިއާގެ މިނިވަން ގައުމަކަށް ވުމަށް ވޯޓު ލާންވަނީ ހަމަޖެހިފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 12:50
ބާސެލޯނާގެ ސްޓޭޑިއަމް ކެޓަލޯނިއާގެ ކުލަތަކުން ޖަރި ކުރެވިފައި

ބާސެލޯނާގެ ސްޓޭޑިއަމް ކެޓަލޯނިއާގެ ކުލަތަކުން ޖަރި ކުރެވިފައި

ސްޕެއިންގެ މިނިވަން ސަރަޙައްދެއް ކަމުގައިވާ ކެޓަލޯނިއާއިން ފުރިހަމަ މިނިވަންކަމަށް ކުރަމުންދާ މަސައްކަތުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި އެ ސަރަހައްދަށް މިނިވަންކަން ލިބިއްޖެނަމަ އަންނާނީ ކޮންކަހަލަ ބަދަލެއްތޯ މިއީ ގިނަ ބަޔަކު ކުރަމުންދާ ސުވާލެކެވެ. ދިވެހިރާއްޖޭގަ ވެސް މަގްބޫލު ޓީމެއް ކަމަށްވާ ބާސެލޯނާއަކީ ކެޓަލޯނިއާއަށް ނިސްބަތްވާ ޓީމެކެވެ.

ސުވާލަކީ ކެޓަލޯނިއާއަށް މި އިންތިހާބު މެދުވެރިކޮށް ފުރިހަމަ މިނިވަންކަން ލިބިއްޖެނަމަ ބާސެލޯނާ ލަލީގާއިން ވަކިވާނެތޯއެވެ. ފުޓްބޯޅައިގެ ދުނިޔޭގައި އޮތް އެންމެ ވާދަވެރި މެޗު ކަމަށްވާ "އެލް ކްލްސިކޯ" އަށް ނިމުމެއް އަންނާނެ ބާވައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ކުޅުން ފެންނަލެއް މަދުވާނެތޯއެވެ.

ބާސެލޯނާގެ މެނޭޖްމެންޓުން ކެޓަލޯނިއާ މިނިވަންވެއްޖެ ނަމަ ލަލީގާ ދޫކޮށްލާނެ ކަމަށް އެ ޓީމުން މިހާތަނަށް ބުނެފައިނުވާއިރު އެ ޓީމުން މިކަމުގައި އަދި އެއްވެސް ކޮޅެއް ނަގާފައެއް ނުވެއެވެ. އެގޮތުން މި މައްސަލައިގައި ފާޅުގައި އެ ޓީމުން އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ. އެހެން ނަމަވެސް އެ ޓީމުގެ މެނޭޖްމަންޓުން ވަނީ މި މައްސަލައިގައި ވޯޓު ނެގެން ޖެހޭނެ ކަމަށް ބުނެފައެވެ.

ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓަމޯ ބުނެފައިވަނީ ޑިމޮކްރަސީގެ އުސޫލުތަކުގެ ދަށުން ކޮންމެ ބަޔަކަށްވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިފައިވާތީ ކެޓަލޯނިއާގެ ރައްޔިތުންނަށްވެސް މި މައްސަލައިގައި ވޯޓު ނެގެން ޖެހޭނެ ކަމަށެވެ. އެހެނަސް އޭނާ ބުނެފައިވަނީ އޭގެ މާނައަކީ އެ ކްލަބުން މި ކަމުގައި އެއްވެސް ކޮޅަކަށް ޖެހުން ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމަށް ޑިމޮކްރަޓިކް އުސޫލްތަކުގެ ދަށުން އެންމެން ވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އޮގަސްޓް މަހުގެ ތެރޭގައި ބާސެލޯނާގެ ނައިބް ރައީސް ކާލްސް ވިލާރުބީ ބުނެފައި ވަނީ ކެޓަލޯނިއާއަށް މިނިވަންކަން ލިބިއްޖެ ހާލަތެއްގައި އެ ޓީމު ކުޅޭނީ އެސްޕަންޔޯލްއާ އެއް ލީގެއްގައި ކަމަށެވެ. އެސްޕަންޔޯލްއަކީ ކެޓަލޯނިއާގެ ދެވަނައަށް އެންމެ ބޮޑު ފުޓްބޯޅަ ކްލަބެވެ.

މިކަމާއި ރައްދު ދެމުން ލަލީގާގެ ރައީސް ހަވިޔާ ޓޭބާސް ބުނެފައިވަނީ ކެޓަލޯނިއާއަށް މިނިވަންކަން ލިބުނަސް ނުވަތަ ނުލިބުނަސް ބާސެލޯނާ ކުޅޭ ލީގު ނިންމާނީ އެ ޓީމުން ނޫން ކަމަށާއި ބާސެލޯނާ ލަލީގާގައި ދެމިއޮތުމުގެ ބާރު ލިބިގެންވަނީ ސްޕެއިންގެ ފުޓްބޯޅަ އިދާރާއަށް ކަމަށެވެ.

ބީބީސީއިން ހާމަކޮށްފައިވާ ގޮތުގައި ކެޓަލޯނިއާއަށް މިނިވަންކަން ލިބިއްޖެ ހާލާތެއްގައި ލަލީގާއިން ވަކިވުމަށް އެ ޓީމަށް ނިންމޭނީ އެ ޓީމުގެ އާންމު މެމްބަރުންގެ ތެރޭގައި ނެގޭ ސިއްރު ވޯޓަކުންނެވެ. އަދި މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ބާސާ ލަލީގާގައި މަޑުކުރުވުމަށް ސްޕެއިންގެ ފުޓްބޯޅަ އިދާރާއިން މަސައްކަތް ކުރާނެ ކަމަށްވެސް ބީބީސީއިން ބުނެފައިވެއެވެ. އެއީ ބާސާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބަށް ވެފައި އެ ޓީމަކީ ދުނިޔޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިން ކުޅޭ ޓީމަށް ވީމައެވެ.

ސްޕެއިންގެ ކެޓަލަން ރިޕަބްލިކްގެ ވާތު ފިޔައިގެ ޕާޓީގެ ކޮންގްރެސް މެމްބަރެއްވެސް ވަނީ ބާސާ ލަލީގާގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ އޭއެސް މޮނާކޯ ފްރެންޗް ލީގުގައި ކުޅޭ އުސޫލުން ބާސާއަށްވެސް ލަލީގާގައި ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މޮނާކޯއަކީ ވަކި ގައުމަކަށްވާ އިރު އެގައުމަށް ނިސްބަތްވާ އެންމެ ބޮޑު ފުޓްބޯޅަ ޓީމު ކަމަށްވާ އޭއެސް މޮނާކޯ ކުޅެނީ ފްރެންޗް ލީގުގައެވެ.

މިދިޔަ ހަފްތާގައި ކެޓަލޯނިއާގެ ސަރަޙައްދީ ސަރުކާރުގެ އޮފީސްތަކުން، އިސް 14 އޮފިޝަލަކު ހައްޔަރު ކުރުމާ ވިދިގެން ބާސެލޯނާއިން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެގޮތުން އެ ޓީމުން ބުނެފައިވަނީ މިއީ ޑިމޮކްރަސީއާ ހިޔާލް ފާޅުކުރުމުގެ މިނިވަންކަމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ކެޓަލޯނިއާގެ ރައްޔިތުންނާ ދެކޮޅަށް މިފަދަ ޖަރީމާތަށް ހިންގުން ކުއްވެރި ކުރާ ކަމަށެވެ.

ކެޓަލޯނިއާގެ ދިދަ ބޭނުން ކުރުމާ ވިދިގެން މީގެ ކުރިން ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ޔުއެފާއިން ވަނީ އެތަކެއް ފަހަރެއްގެ މަތިން ބާސެލޯނާ ޖޫރިމަނާ ކޮށްފައެވެ. އަދި 1900 އިގެ އަހަރުތަކުގައި ކުރިޔަށް ދިޔަ ސްޕެއިންގެ ދާހިލީ ހަނގުރާމައިގައި އެ ގައުމުގައި މިލިޓަރީ ވެރިކަން ކުރެއްވި ފްރޭންސިސްކޯ ފްރޭންކޯ ވެސް ވަނީ ބާސެލޯނާއަށް އެތަކެއް ފިއްތުންތަކެއް ކުރިމަތި ކުރުވާފައެވެ.

ފުޓްބޯޅައިގެ ދުނިޔެއާ މި ވޯޓު ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ އިރު މިހާރު ގިނަ ސަޕޯޓަރުންނާ ކުޅިބަލާ މީހުން އިންތިޒާރު ކުރަމުން އަންނަނީ މި ވޯޓުގެ ނަތީޖާ ނުކުންނަ ގޮތަކުން ބާސެލޮނާއިން އަޅާނީ ކޮންކަހަލަ ފިޔަވަޅެއްތޯ ބެލުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

18 ސެޕްޓެމްބަރު 2017
"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

09 ސެޕްޓެމްބަރު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017
ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ

ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ

15 ޖޫން 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު