Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެޓަލޯނިއާގެ މިނިވަންކަން

ކެޓަލޯނިއާގެ މަޖިލީސް އުވާލައްވައި އަވަސް އިންތިޚާބެއް ބޭއްވުމަށް ސްޕެއިންގެ ބޮޑުވަޒީރު ނިންމަވައިފި

ބޮޑުވަޒީރުވަނީ ކެޓަލޯނިއާގެ ފުލުހުންގެ ވެރިޔާވެސް މަގާމުން ވަކި ކުރައްވާފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2017 | ހޮނިހިރު 05:22
ބޮޑުވަޒީރުވަނީ ކެޓަލޯނިއާގެ ފުލުހުންގެ ވެރިޔާވެސް މަގާމުން ވަކި ކުރައްވާފަ

ބޮޑުވަޒީރުވަނީ ކެޓަލޯނިއާގެ ފުލުހުންގެ ވެރިޔާވެސް މަގާމުން ވަކި ކުރައްވާފަ

މިނިވަންކަން އިއުލާނުކުރުމަށް ފެންނަ ކަމަށް ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސް ކުރުމާއެކު އެ މަޖިލީސް އުވާލައްވައި އަވަސް އިންތިޚާބެއް ބޭއްވުމަށް ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޮއި ނިންމަވައިފިއެވެ.

ރަޚޮއި ވިދާޅުވީ އާއްމު ހާލަތަށް ރުޖޫއަވުމަށްޓަކައި މައި ސަރުކާރުން ކެޓަލޯނިއާގެ ކަންކަން ހިންގަން ފަށަން މަޖުބޫރުވެފައިވާކަމަށެވެ.

މީގެ އިތުރުން ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުޖްޑިމޮންޓް ވަކިކޮށް އޭނާގެ ކަބިނެޓް އުވާލުމަށްވެސް ރަޚޮއި ވަނީ ނިންމަވާފައެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ސްޕެއިންގެ ދުސްތޫރީ ކޯޓުން ޣައިރު ގާނޫނީ ކަމެއް ކަމަށް ކަނޑައަޅާފައިވަނިކޮށް ކެޓަލޯނިއާގެ ލީޑަރުން ކެޓަލޯނިއާގެ މިނިވަންކަމަށް ނެގި ފެންނަ ނުފެންނަ ވޯޓާ ގުޅިގެންނެވެ.

ކެޓަލޯނިއާގެ މިނިވަންކަމާމެދު އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވި މީހުންގެ 90 އިންސައްތަ މިނިވަންކަމަށް ތާއީދުކޮށްފައިވާ ކަމަށް ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުން ބުނެ އެވެ.

ސްޕެއިންގެ މައި ސަރުކާރުން ކެޓަލޯނިއާ ވަކިވުމަށް ތާއީދު ނުކުރާ ކެޓަލޯނިއާގެ ރައްޔިތުން ބޯއިކޮޓް ކުރި މި ވޯޓުގައި ބައިވެރިވެފައިވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 43 ސައްތަ އެވެ. ޣައިރު ގާނޫނީ ވޯޓެއް ކަމަށް ކޯޓުން ކަނޑައެޅުމުން އެއްބަޔަކުވަނީ ވޯޓް ބޮއިކޮޓް ކޮށްފައެވެ.

ސްޕެއިން ގެ ގާނޫނުހަދާ މަޖިލީހުން ހުކުރު ދުވަހުވަނީ ބޮޑުވަޒީރު ރަޚޮއިއަށް ކެޓަލޯނިއާގެ މައްޗަށް މައިސަރުކާރުން ބާރުހިންގުމުގެ ހުއްދަ ދީފައެވެ. އޭގެ ފަހުން ކެބިނެޓްގެ ކުއްލި ބައްދަލުވުމަކަށްފަހު ރަޚޮއިވަނީ ކެޓަލޯނިއާއަށް ލިބިގެންވާ ބާރުތަކަކީ ކޮބައިކަން ކަނޑައަޅާފައެވެ.

"ރައީސް "ކާލްސް ޕުޖްޑިމޮންޓް" އަށް އެބަ އޮތް ފުރުސަތު ގާނޫނުގެ މަގަށް ރުޖޫއަވެ އަދި އިންތިޚާބަކަށް ގޮވާލުމުގެ" އޭނަ ވިދާޅުވިއެވެ.

ސަރަހައްދީ އިންތިޚާބު ތާވަލު ކުރެވިފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހަށެވެ.

މީގެ އިތުރުން ބޮޑުވަޒީރު ރަޚޮއިވަނީ ކެޓަލޯނިއާގެ ފުލުހުންގެ ވެރިޔާ ވަކިކުރެއްވިކަންވެސް އިއުލާނު ކުރައްވާފައެވެ.

135 މެމްބަރުންގެ މައްޗަށް އެކުލެވޭ ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީހުގައި ހުކުރު ދުވަހު ނެގި ވޯޓުގައި، 70 މެމްބަރަކު ވަނީ ކެޓަލޯނިއާ އިން މިނިވަންކަން އިއުލާން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ 10 މެމްބަރަކު ވަނީ މިކަމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އަދި ދެ މެމްބަރަކު ވޯޓަށް ހާޒިރުވެވަޑައިނުގަންނަވައެވެ. މީގެއިތުރުން އިދިކޮޅު މެމްބަރުންވަނީ ވޯޓް ބޮއިކޮޓް ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެޓަލޯނިއާގެ މިނިވަންކަން އިޢުލާން ކުރުން ފަސްކޮށްފި

ކެޓަލޯނިއާގެ މިނިވަންކަން އިޢުލާން ކުރުން ފަސްކޮށްފި

10 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަން ގަބޫލު ނުކުރާނެ ކަމަށް ފްރާންސް އިން ބުނެފި

ކެޓަލޯނިއާގެ މިނިވަންކަން ގަބޫލު ނުކުރާނެ ކަމަށް ފްރާންސް އިން ބުނެފި

09 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ ރައީސް މިނިވަންކަން އިއުލާންކޮށްފި ނަމަ ވަޑައިގަންނަވަން ޖެހޭނީ ޖަލަށް: ސްޕެއިންގެ ރޫލިން ޕާޓީ

ކެޓަލޯނިއާގެ ރައީސް މިނިވަންކަން އިއުލާންކޮށްފި ނަމަ ވަޑައިގަންނަވަން ޖެހޭނީ ޖަލަށް: ސްޕެއިންގެ ރޫލިން ޕާޓީ

09 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަން: ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް ބާސެލޯނާގައި ބޮޑު އެއްވުމެއް

ކެޓަލޯނިއާގެ މިނިވަންކަން: ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް ބާސެލޯނާގައި ބޮޑު އެއްވުމެއް

09 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް އެތައް ހާސް ބަޔަކު ސްޕެއިންގެ ސިޓީތަކަށް އެއްވެއްޖެ

ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް އެތައް ހާސް ބަޔަކު ސްޕެއިންގެ ސިޓީތަކަށް އެއްވެއްޖެ

07 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު