Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ

އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ

އަވަސްކުރާނީ ފިއްތުންތައް އިތުރުކުރާނަމަ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 2 މެއި 2017 | އަންގާރަ 00:44
އުތުރު ކޮރެއާ އިން އުދުއްސާލަން ތައްޔާރުކޮށްފައިވާ މިސައިލެއްގެ ކައިރީގައި އެގައުމުގެ ލީޑަރު މަޑުކޮށްލައިގެން

އުތުރު ކޮރެއާ އިން އުދުއްސާލަން ތައްޔާރުކޮށްފައިވާ މިސައިލެއްގެ ކައިރީގައި އެގައުމުގެ ލީޑަރު މަޑުކޮށްލައިގެން

ނިއުކްލިއަރ މިސައިލްތައް ޓެސްޓު ކުރުން އިތުރުކޮށް އަވަސް ކުރާނެ ކަމަށް އުތުރު ކޮރެއާގެ ކަމާއިބެހޭ އިދާރާތަކުން ބުނެފިއެވެ.

އުތުރު ކޮރެއާގެ ސަރުކާރުގެ ރަސްމީ ނިއުސް އެޖެންސީން އާންމުކުރި އެގައުމުގެ ޚާރިޖީ ވުޒާރާގެ ބަޔާނެއްގައި ވާގޮތުން އެމެރިކާގެ އިން އެގައުމަށް ފިއްތުންތައް އިތުރުކުރާނަމަ ނިއުކްލިއަ ޓެސްޓް ކުރުންތައް އަވަސް ކުރާނެއެވެ.

ނިއުކްލިއަރ ހަތިޔާރު ޓެސްޓު ކުރުމުގެ އިތުރުން ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވާ ގޮތުން އުތުރު ކޮރެއާގެ ލީޑަރުން ނިންމައިފި ނަމަ ކޮންމެ ހިނދެއްގައި ވެސް ނިއުކްލިއަ ބާރު އެންމެ ވަރުގަދަ މަސައްކަތްކުރާއެވެ.

އުތުރު ކޮރެއާގެ ފަރާތުން މިފަހަރު ހަރުކަށި ބަޔާނެއް ނެރިފައި މިވަނީ މެއިމަހުގެ 3 އިން 22 އަށް ޖަޕާނުކަނޑުގައި ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށްގެންދަން ތައްޔާރުވަމުންދާ އަސްކަރީ ހަރަކާތުގައި ޖަޕާނު ސިފައިންނާއި، ފަރަންސޭސިވިލާތް، އެމެރިކާ އަދި އިނގިރޭސި ބައިވެރިވާނެ ކަމަށް ޚަބަރުތައް ފެތުރިފައި ވަނިކޮށެވެ.

މީގެ އިތުރުން އުތުރު ކޮރެއާއަށް އިންޒާރު ދިނުމުގެ ގޮތުން އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ކާލް ވިންސަން ދެ ކޮރެއާ ގުޅޭ ޕެނިންގްސިއުލާއަށް ފޮނުވާފައިވެއެވެ.

އުތުރު ކޮރެއާ އިން ރުޅިގަދަވެގެން އުޅެނީ އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރުތައް ފާސްކޮށް، އުތުރު ކޮރެއާއަށް އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން މަސައްކަތްކުރާތީއެވެ.

އުތުރުކޮރެއާއިން ނިއުކްލިއަ ޓެސްޓްތައް ކޮށް، ނުރައްކާތެރި ނިއުކްލިއަ ހަތިޔާރެއް އުފެއްދުން ހުއްޓުވުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ގަރާރުތައް ފާސްކޮށްފައެވެ.

މީގެ ކުރިން އެމެރިކާގެ މަނަވަރު ދެކޮރެއާ ގުޅޭ ސަރަހައްދަށް ފޮނުވުމުން އުތުރު ކޮރެއާ އިން ވަނީ އެ އުޅަނދު ފައްތާލެވޭހާ ބާރު ހުރި ކަމަށް ބުނެ އިންޒާރު ދީފައެވެ.

މީގެ އިތުރުން އެމެރިކާގެ ޝަހަރެއް އަންދާ އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން އާންމުކޮށްފައިވެސް ވެއެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު